ވާނުވާއަށް ގާނޫނުން ހައްލެއް ހޯދަން ވެސް ފެއިލްވެއްޖެ: ޝަމީމް

މާލޭ ޖަލު: ވާނުވާއަށް ގާނޫނުން ވެސް ހައްލެއް ނުލިބުނު ކަމަށް ވިދާޅުވި

މާލޭ ޖަލު: ވާނުވާއަށް ގާނޫނުން ވެސް ހައްލެއް ނުލިބުނު ކަމަށް ވިދާޅުވި

ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫން ނަމަ، ޖަލުގެ ބަހުރަވައިން "ވާނުވާ" ޖެހުމަށް އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމީމް، ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވަޑައިގަތީ ޝަރުއީ ނިޒާމްގެ ތެރޭގަ އާއި ޖަލުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް "ވާނުވާ"ގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަމާ އެކު އެވެ.

އެގޮތުން، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަށް ހުށަހަޅަން ސިޔާސަތަށް ބަދަލު ގެންނެވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ ކޮންމެ މީހެއްގެ ވެސް ބަންދު ކޮންމެ 30 ދުވަހަކުން ރިވިއުކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

Advertisement

ގާނޫނުގައި އެހެން ގޮތުމުން ކޮންމެ 30 ދުވަހަކުން ބަންދު ކޯޓުން ރިވިއު ކުރި ނަމަވެސް، އެކަން ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް ކޮންމެ ފަހަރަކު ނުބާއްވަ އެވެ. އެހެންވުމާއެކު، ޝަރީއަތްތައް ކުރިއަށްދާ މިންވަރު ވަކި އަވަހެއް ނުވި އެވެ. ބަންދުގައި ތިބެންޖެހޭ މީހުންގެ ބަންދަށް ދުވަސްތައް އިތުރުވެގެން ދިޔުން ނޫން ނަތީޖާއެއް އެކަމުން ނުނުކުތެވެ.

އެކަން، ޝަމީމް ވެސް ފާހަގަ ކުރައްވައި ވިދާޅުވީ، "އަޅުގަނޑު އުއްމީދުކުރީ ސިޔާސަތަށް ގެނައި ބަދަލާއެކު ހައްލުވާނެ ކަމަށް، އެކަމެއް ނުވި، ގާނޫނަށް ގެނައި ބަދަލާއެކު ހައްލުވާނެ ކަމަށް، އެކަމެއް ނުވި،" ކަމަށެވެ.

"އެ ދެ ކަންތަކުގައި އަޅުގަނޑުމެން ފޭއިލްވެއްޖެ!" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ރިވިއު ކުރުމަކީ އޭގެ ޒާތުގައި ހައްލެއް ނޫން ކަމަށާއި ހައްލެއް އައި ކަމަށްވާނީ ރިވިއު ކުރުމާއެކު ޝަރީއަތްތައް ވެސް ހިންގިގެންނެވެ. އޭނާ އުއްމީދު ކުރައްވަނީ ޝަރީއަތްތައް 75 ދުވަސް ތެރޭ ނިމިގެން ދިޔުން ކަމަށެވެ. އޭރަށް މައްސަލައަށް ހައްލެއް ލިބިގެންދާނެކަން ޝަމީމް އުއްމީދު ކުރައްވަ އެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި، "ވާނުވާ" މައްސަލައަށް އެކަށީގެންވާ ހައްލެއް އައި ކަމަށް ގަބޫލު ކުރެވޭނީ އެގޮތަށް ބަންދުގައި ތިބޭ މީހުންގެ އަދަދު ދަށް ކުރެވިގެންނެވެ. އަދި، ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ އާންމު އުސޫލު ނޫން ކަމާއި އިސްތިސްނާ ހާލަތްތަކުގައި މެނުވީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ބަދަލުވެގެން ދިޔުމުން ކަމަށެވެ.

"އަޅުގަނޑު މި މަގާމުން ވަކިވާއިރު ވެސް ހާސިލުވާން ބޭނުންވާ ކަމަކީ އެއީ،" ޝަމީމް ވިދާޅުވި އެވެ.

މިހާތަނަށް އެކަން ކާމިޔާބު ނުވި ނަމަވެސް، ޝަމީމް ވިދާޅުވި ގޮތުގައި "ވާނުވާ" މައްސަލައަށް ހެއްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވަ އެވެ. އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާ ކަމަށާއި އެހެންކަމުން، މައްސަލައަށް ހައްލު އަންނާނީ މަހަކު 16 މައްސަލަ ކުރިމިނަލް ކޯޓުން ނިމިގެން ކަމަށެވެ.

"ހޯދަން ޖެހޭ ނަންބަރު މިވަނީ އެނގިފަ، ދެން އޮތީ އެ ނަންބަރާ ހަމައަށް ދާނެ ގޮތެއް،" ޝަމީމް ވިދާޅުވި އެވެ.

އެކަމަށް ވާސިލްވުމުގެ ގޮތުން ހުރިހާ ފަރާތެއް ވެސް ގުޅިގެން މަސައްކަތްކޮށް، މައްސަލައަށް އަވަސް ހެއްލެއް ގެނައުމަށް އުއްމީދު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox