މުސްލިމަކަށް ހަމަލާދޭ ވީޑިއޯއެއްގެ މައްސަލައިގައި އިންޑިއާގައި ހުންނަ ޓްވިޓާގެ ވެރިޔާ ފުލުހަށް ހާޒިރުކުރަނީ

އިންޑިއާ ސަރުކާރުން ދަނީ ޓްވިޓާ އާއި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަމުން.--

އިންޑިއާ ސަރުކާރުން ދަނީ ޓްވިޓާ އާއި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަމުން.--

ނިއު ދިއްލީ، އިންޑިއާ (ޖޫން 18) - އިންޑިއާގައި މުސްލިމަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވިޓާގައި ދައުރުވަމުން ދާތީ އެ ގައުމުގައި ހުންނަ ޓްވިޓާގެ އެންމެ އިސްވެރިޔާ ފުލުހަށް ހާޒިރު ވާން އަންގައިފި އެވެ.

އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ތުހުމަތު ކުރާ ގޮތުގައި ޓްވިޓާއިން އަންނަނީ އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ގޮތަކަށް އަމަލު ކުރަމުންނެވެ.

އިންޑިއާ ސަރުކާރުން އަލަށް ތަންފީޒު ކުރަން ފެށި ގަވާއިދުތަކެއްގެ މައްސަލާގައި ސޯޝަލް މީޑިއާ ކުންފުނިތަކާ މެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އާ ގަވާއިދުގެ ދަށުން ގާނޫނާ ހިލާފު ނުވަތަ ހަމަނުޖެހުމަށް ހިތްވަރުދޭ ކަމަށް ފެންނަ ޕޯސްޓުތައް ނަގައި، އެ ޕޯސްޓު ކުރީ ކޮން ބަޔެއްތޯ ދެނެގަންނަން ޖެހެ އެވެ.

Advertisement

މިދިޔަ ބުރާސްފަތު ދުވަހު ޓްވިޓާއަށް ފޮނުވި ނޯޓިސްގައި ބުނީ މެނޭޖިން ޑިރެކްޓަރު މަނީޝް މަހޭޝްވަރީ ހަފްތާއެއްގެ ތެރޭގައި ފުލުހަށް ހާޒިރުވެ ބަޔާން ދޭން ޖެހޭނެ ކަމަށެވެ.

"ޓްވިޓާއިން ވަނީ މި ދައުލަތާއި ގައުމުގައި އުޅޭ ތަފާތު އެކި ކޮމިއުނިޓީތަކުގެ މެދުގައި ނަފްރަތާއި ހަމަނުޖެހުން ކުރިއަރުވާ ފަދަ ކޮންޓެންޓު ވައިރަލް ވާން ދޫކޮށްލާފައި،" އުއްތަރް ޕްރަދޭޝްގެ ފުލުހުން ފޮނުވި ނޯޓިސްގައިވާ ކަމަށް އޭއެފްޕީން ރިޕޯޓުކުރި އެވެ.

އެކަމާ މެދު ޓްވިޓާއިން ވަކި އެއްޗެއް ބުނަން ދެކޮޅު ހަދާފައި ވާއިރު، ފުލުހުން އިޝާރާތް ކުރި ވީޑިއޯ ރޭ ވެސް އެ ޕްލެޓްފޯމުގައި ދައުރުވަމުން ދިޔަ އެވެ.

މިދިޔަ މަހު ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވަނީ އޮޅުވާލާފައިވާ ކޮންޓެންޓުގެ ގޮތުގައި ލޭބަލް ކުރުމުން ވެސް ފުލުހުން ޓްވިޓާގެ އޮފީހަށް ގޮސްފައި ވެ އެވެ.

އެމެރިކާއަށް ނިސްބަތްވާ ޓްވިޓާއިން ފަހުން ފުލުހުންނަށް ތުހުމަތު ކުރީ ބިރު ދައްކަމުންދާ ކަމަށެވެ.

މުސްލިމަކަށް ހަމަލާދޭ ވީޑިއޯއެއް

އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ހިތްހަމަނުޖެހިގެން އުޅޭ ވީޑިއޯއިން ފެންނަނީ އުމުރުން ދުވަސްވީ މުސްލިމް ފިރިހެނެއްގެ ތުނބުޅi ގަދަކަމުން ބާލާ މަންޒަރެވެ.

ޓްވިޓާގައި އިންޑިއާގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އެ ވީޑިއޯ ދައުރު ކުރިއިރު، ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ހިންދޫ ކަލާނގެއަކަށް ތައުރީފުގެ ބަސްތައް ގޮވުމަށް ވެސް އެ މީހާއަށް މަޖުބޫރުކޮށްފައި ވެ އެވެ.

ފުލުހުން ބުނީ އެ ހާދިސާއަކީ ނަފުރަތުގެ ކުށެއް ނޫން ކަމަށާއި އެއީ ޒާތީ މައްސަލައެއް ކަމަށެވެ. އެ ފިރިހެން މީހާއަށް ހަމަލާ ދިނީ ހަމައެކަނި ހިންދޫ ދީނުގެ މީހުން ނޫން ކަމަށާއި މުސްލިމުން ވެސް އޭނާއަށް ހަމަލާ ދިން ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި މި ހަފްތާގެ ކުރީކޮޅު ފުލުހުން ވަނީ ޓްވިޓާ އާއި ތިން ނޫސްވެރިންނާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ތިން މެމްބަރުންނާއި ތަހުގީގީ ނޫސްވެރިކަން ކުރާ ދަ ވަޔާ ވެބްސައިޓާ ދެކޮޅަށް ތަހުގީގު ފަށާފަ އެވެ.

އެ މީހުންނަށް ކުރާ ތުހުމަތުގެ ތެރޭގައި ކޮމިއުނިޓީތަކުގެ މެދުގައި ނަފުރަތު ޕްރޮމޯޓު ކުރުމާއި، ދޮގު ހަބަރު ފެތުރުމާއި "ކްރިމިނަލް ކޮންސްޕިރެސީ" ގެ ބައިވެރިއަކަށްވުން ހިމެނެ އެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒް ޖަމިއްޔާއިން ވަނީ މައްސަލަ އަނބުރާ ގެންގޮސް، ގާނޫނީ ނިޒާމުގެ ތެރެއިން ނޫސްވެރިންނަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

އެންމެ ފުރަތަމަ ޕޯސްޓު ކުރި މީހާ ހޯދުން

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ޓްވިޓާ ނޫން އެހެން ހުރިހާ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިހާރު ދަނީ މިދިޔަ މަހު އަމަލު ކުރަން ފެށި އާ ގަވާއިދާ އެއް ގޮތަށް އަމަލު ކުރަމުންނެވެ.

ގަވާއިދުގެ ދަށުން އިންޑިއާގެ އިސްތިގްލާލާއި، ދައުލަތުގެ ސެކިއުރިޓީ އާއި އާއްމު ހަމަޖެހުމަށް ބުރޫ އަރާ ފަދަ ކޮންޓެންޓު ދައުރުވާ ނަމަ، އެ ކޮންޓެންޓެއްގެ އެންމެ ފުރަތަމަ ޕޯސްޓު ކުރި މީހަކު ދެނެގަނެ، އެ މައުލޫމާތު ސަރުކާރަށް ފޯރުކޮށްދޭން ޖެހެ އެވެ.

ސޯޝަލް މީޑިއާ ކުންފުނުތަކާއި ޒާތީ މައުލޫމާތު ހާމަކުރުމާ ދެކޮޅު އެކްޓިވިސްޓުން ދެކޭ ގޮތުގައި މި ގަވާއިދަކީ ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ދެނެގަތުމަށް ވޭނުން ކުރެވިދާނެ ގަވާއިދެކެވެ.

ޓެކް ކުންފުނިތަކުން އެ ގަވާއިދު ތަންފީޒު ކުރަން ޗީފް ކޮމްޕްލަޔަން އޮފިސަރަކާއި ގްރީވަން ރީޑްރެސަލް އޮފިސަރެއް އައްޔަން ކުރަން ޖެހެ އެވެ. އެ ދެ މީހުން ވެސް ތިބެން ޖެހެނީ އިންޑިއާގަ އެވެ.

މިދިޔަ ބުދަ ދުވަހު ޓްވިޓާއިން ބުނީ އާ ގަވާއިދާ އެއް ގޮތަށް އަމަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އާ ގަވާއިދުގެ މައްސަލަ ވަޓްސްއެޕުން ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. ވަޓްސްއެޕްގެ މެސެޖުތަކަކީ ފޮނުވާ މީހާ އާއި މެސެޖު ލިބޭ މީހާ ނޫން ތިން ވަނަ މީހަކަށް ނުބެލޭނެ ގޮތަށް އެންކްރިޕްޓުކޮށްފައިވާ މެސެޖުތަކަށް ވާއިރު، އެ ޕްލެޓްފޯމުގެ އެންމެ މުހިއްމު ސިފައަކީ ވެސް އެންކްރިޕްޝަން އެވެެ. އެހެންވެ، ގަވާއިދުގެ ދަށުން އެކަމަށް ބުރޫ އަރާނެ ކަމަށް ވަޓްސްއެޕުން ގަބޫލުކުރެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ފޭސްބުކްއިން ހިންގާ ވަޓްސްއެޕް ކުންފުނިން ބުނީ އާ ގަވާއިދަކީ އިންޑިއާގައި "ވަޓްސްއެޕް ބޭނުން ކުރާ އެތައް މިލިއަން މީހުންގެ ޒާތީ މިނިވަންކަމާއި މިނިވަންކަމާއެކު ބަސް ބުނުމުގެ ހައްގަށް އުނިކަން ލިބޭ" ގަވާއިދެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox