ރޯވި ބޯޓުގެ ސަބަބުން ލަންކާގައި ކަނޑުގެ ދިރުންތައް މަރުވުން އިތުރުވެއްޖެ

ލަންކާގެ ގޮނޑުދޮށަށް މަރުވެގެން ލައްގާފައި އޮތް ބޮޑު ބަހެއް.-- ފޮޓޯ: އޭއެފްޕީ

ލަންކާގެ ގޮނޑުދޮށަށް މަރުވެގެން ލައްގާފައި އޮތް ބޮޑު ބަހެއް.-- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ޖޫން 18) - ސްރީ ލަންކާ ކައިރިން ރޯވެ ފެތިފައިވާ ބޯޓުގެ ސަބަބުން ލިބެމުންދާ ތިމާވެށީގެ ގެއްލުމުގެ ތެރެއިން ކަނޑުގެ ދިރުންތައް މަރުވެގެން ގޮނޑުދޮށަށް ލެއްގުން އިތުރުވެއްޖެ އެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ އެކްސް-ޕްރެސް ޕާލް ބޯޓުގައި މިދިޔަ މަހު ރޯވިއިރު، އޭގައި އެތައް ސަތޭކަ ޓަނުގެ ކެމިކަލާއި ޕްލާސްޓިކް ހުއްޓެވެ. ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދެ ހަފްތާ ފަހުންނެވެ. އަދި ޖޫން ދެ ވަނަ ދުވަހުން ފެށިގެން ބޯޓުގެ އެއް ބައި އޮތީ ކޮލޮމްބޯއާ ދިމާލުން ކަނޑަށް ފެތިފަ އެވެ.

ކަނޑުގެ ދިރުންތަކާއި ޖަނާވަރު ރައްކާތެރި ކުރުމަށް އުޅޭ އޮފިޝަލުން ބުނީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ އިން ރައްކާތެރިކޮށްފައިވާ އޮލިވް ރިޑްލީ ބާވަތުގެ ވެލައެއް ކޮލޮމްބޯގެ 80 ކިލޯމީޓަރު ދެކުނުން ބެންތާރާ ރިސޯޓުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ހަމަ އެ ބާވަތުގެ އިތުރު ވެލައެއް މަރުވެފައި އޮއްވާ ފެނުނީ ބެންތާރާގެ ދެކުނުން އޮންނަ އިންދުރުވާ ގޮނޑުދޮށުގަ އެވެ. އޮފިޝަލުން ބުނީ އެ ސަރަހައްދަށް މަރުވެގެން ލައްގާފައިވާ އޮލިވް ރިޑްލީ ވެލާގެ އަދަދު މިހާރު 15 އަށް އަރާފައިވާ ކަމަށެވެ.

"މަރުވަމުންދާ ވެލާތަކާއި އެ ބޯޓާ ސާފު ގުޅުމެއް އޮތް މަންޒަރު އެބަ ފެނޭ،" ނަން ހާމަ ނުކުރާ އިސް އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.

އޮފިޝަލް ބުނީ މި ހާދިސާ ދިމާވެފައިވަީ ވެލާތައް ބިސް އަޅާ މޫސުމާ ދިމާކޮށްފައި ކަމަށެވެ. އެ މޫސުމުގައި ވެލާ މަރުވުން އާދައިގެ މަތިން އިތުރު ނަމަވެސް މި އަހަރު ފެންނަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ވިއްސަކަށް ގުނަ އިތުރަށް ވެލާ މަރުވަމުންދާ ތަން ކަމަށް އޮފިޝަލް ބުންޏެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މޭ 20 ވަނަ ދުވަހު ބޯޓުގައި އަލިފާން ރޯވި ފަހުން 50 އަށް ވުރެ ވެލަ އާއި އަށް ކޯމަސް މަރުވެގެން ގޮނޑުދޮށްތަކަށް ލައްގާފައި ވެ އެވެ.

ބޯޓުގައި އަލިފާންގަނޑު ފެތުރެން ފެށުމުން، ދެ ގޮވުމެއް ގޮވައި، ގިނަ އަދަދެއްގެ ކޮންޓެއިނަރު ކަނޑަށް ވެއްޓުނެވެ. އެ ކޮންޓެއިނަރުތަކުގައި ހުރި ޕްލާސްޓިކް ޕެލެޓުތައް ކަނޑަށް ފެތުރި، ލަންކާގެ ގޮނޑުދޮށަށް ވެސް ލެއްގި އެވެ.

ލަންކާގެ ތިމާވެށީގެ ކަންކަމާ ގުޅޭ އެންމެ އިސް އޮފިޝަލް އަނިލް ޖަސިންގޭ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ކަނޑުގެ ދިރުންތައް މަރުވުމާއި ބޯޓާ ގުޅުމެއްވާ ކަމަށެވެ. ނަމަވެސް އެކަން ޔަގީން ކުރުމަށް އޮޓޮޕްސީގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ގޮނޑުދޮށުން ނެގި 1،200 ޓަނުގެ ޕްލާސްޓިކް ޕެލެޓާއި އެހެން ކުނިތައް މިހާރު ރައްކާކޮށްފައި ހުރީ 45 ޝިޕިން ކޮންޓެއިނަރުގައި ކަމަށް އޮފިޝަލުން ބުނެ އެވެ.

އެ ހާދިސާއާ ގުޅިގެން ބޯޓު އޮޕަރޭޓް ކުރާ އެކްސް-ޕްރެސް ފީޑާޒްގެ އަތުން ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ލަންކާގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ނުރައްކާވާ ގޮތަށް ދިމާވި އެންމެ ބޮޑު ހާދިސާ ހުއްޓުވަން ސަރުކާރާއި އެކްސް-ޕްރެސް ފީޑާޒް ފެއިލްވި ކަމަށް ބުނެ ތިމާވެށީގެ އެކްޓިވިސްޓުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު އަދި ޗީފް އޮފިސަރާ ދެކޮޅަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ވެސް ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox