އިންޑިއާ ކަނޑުގެ އެންމެ މޮޅު ކަލިނަރީ ސްކޫލްތަކުގެ ތެރޭގައި އެމްއެންޔޫގެ އެެފްއެޗްޓީއެސް ހިމެނިއްޖެ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް: މި ފެކަލްޓީގައި ޓޫރިޒަމާއި ގުޅުންހުރި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރެވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް: މި ފެކަލްޓީގައި ޓޫރިޒަމާއި ގުޅުންހުރި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރެވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވޯލްޑް ކަލިނަރީ އެވޯޑްސްގެ އިންޑިއާ ކަނޑުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޝަންތަކުގެ ތެރޭގައި ގައުމީ ޔުނިވާސިޓީ އެމްއެންޔޫގެ ފެކަލްޓީ ފޯ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ސްޓަޑީޒް (އެފްއެޗްޓީއެސް) ހިމެނިއްޖެ އެވެ.

ވޯލްޑް ކަލިނަރީ އެވޯޑްސްއަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ސިސްޓާ އެވޯޑެއް ގޮތަށްދޭ އެވޯޑެކެވެ. މި އެވޯޑަކީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ މުހިއްމު ކޮމްޕޮނެންޓެއް ކަމުގައިވާ ކަލިނަރީ ސިނާއަތަށް ހާއްސަ ކުރެވިގެން މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ.

މިއީ އެމްއެންޔޫ އެފްއެޗްޓީއެސް އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޝަން ކެޓެގަރީން މި އެވޯޑަށް ނޮމިނޭޓްވީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ އެވޯޑް ކާމިޔާބުކުރީ މޮރިޝަސްގެ އޮލިވިއޭ ކަލިނަރީ ސްކޫލެވެ.

މި އަހަރުގެ އެވޯޑުގައިވެސް އެމްއެންޔޫއާ ވާދަކުރަނީ ކުރީ އަހަރު ވާދަކުރި އިންސްޓިޓިއުޝަންތަކެވެ. އެއީ ކުރިން އަހަރު އެވޯޑް ކާމިޔާބުކުރި އިންސްޓިޓިއުޓްގެ އިތުރުން ޝީޝެލްސްގެ ޓޫރިޒަމް އެކެޑެމީ އާއި މޮރިޝަސްގެ ކަލިނަރީ މާސްޓާސް އެވެ.

މި އެވޯޑު ލިބޭ ނޮމިނީ ހޮވަނީ އޮންލައިންކޮށް ވޯޓުލައިގެންނެވެ. އަދި މިހާރު މި އަހަރުގެ އެވޯޑަށް ވޯޓު ލުން ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

ވޯލްޑް ކަލިނަރީ އެވޯޑަށް ވޯޓު ހޯދަން އެމްއެންޔޫއިން ބާއްވާ ހަރަކާތްތަކާއި ގުޅިގެން އެފްއެޗްޓީއެސްގެ ލެކްޗަރާ އައިމިނަތު ޝާނީ "އަދަދު" އަށް ވިދާޅުވީ ޝޯޝަލް މީޑިއާއިންނާއި ރިސޯޓްތަކާއި ގުޅިގެން ވޯޓު ހޯދަން މަސައްކަތް ކުރަމުންދާ ކަަމަށެވެ. އަދި އެމްއެންޔޫގެ ކުރީގެ ދަރިވަރުންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަަމަށް ވިދާޅުވި އެވެ.

އެމްއެންޔޫ އާއި ފެކަލްޓީގެ ފަރާތުން ޝާނީ ވަނީ މިއީ އެމްއެންޔޫއަށާއި ގައުމަށް ލިބޭ ބޮޑު ޝަރަފަކަށް ވާތީ ވީހާ ވެސް ގިނަ ބަޔަކު އެމްއެންޔޫއަށް ވޯޓު ލާން އެދިފަ އެވެ.

އެމްއެންޔޫއަށް ވޯޓު ލާން ކަނޑައެޅިފައިވާ ލިންކަށް ޒިޔާރަތްކުރުމަށް ފަހު އީމެއިލް ނުވަތަ ފޭސްބުކްގެ ޒަރިއްޔާއިން ސައިން އަޕް ކުރުމުން ވޯޓު ލެވޭނެ އެވެ. ވޯޓުލުން ކުރިޔަށް ދަނީ ސެޕްޓެމްބަރު މަހުގެ 17 ވަަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox