ދެ ވަނަ މެޗުން ޕެރޫ އަތުން ބްރެޒިލަށް ބޮޑު މޮޅެއް

Jun 18, 2021, 3:22 AM
ލަނޑު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ.

ސައޮ ޕައޮލޯ (ޖޫން 18) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލުން ކުޅުނު ދެ ވަނަ މެޗުގައި ރޭ 4-0 އިން ޕެރޫ ބަލިކޮށް ފެންވަރު ދައްކާލައިފި އެވެ.

ބްރެޒިލުން މުބާރާތް ފެށީ ވެނެޒުއޭލާ އަތުން 3-0 އިން މޮޅުވެގެންނެވެ. ރޭގެ މެޗަށް ނުކުތީ އެ މެޗަށް ނުކުތް ފުރަތަަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްގެންނެވެ. އެކަމަކު ބްރެޒިލް ފެނުނީ އަސްލު ފެންވަރުގައި ކުޅެލިތަނެވެ. ބްރެޒިލް އިން ވަނީ މި މެޗުގައި ޕެރޫ ކައިރީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް ދިން ބޯޅަ އަކުން ބްރެޒިލަށް ލީޑުނަގައިދިނީ ވާތު ފުލްބެކް އަލެކްސް ސަންޑްރޯ އެވެ. ދެ ވަނަ ލަނޑެއް ޖަހަން ފުރަތަމަ ހާފުގައި ބްރެޒިލް އިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ދިޔައީ ކާމިޔާބުނުވެ އެވެ. އެ ޓީމުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. ފްރެޑް ހުސްކޮށްލާފައި ދިން ބޯޅަ ނޭމާ ވަނީ ޕެރޫގެ ގޯލްކީޕަރު ޕެޑްރޯ ގަލޭސީ ކައިރިން ނައްޓާފައި ގޮސް ގޯލަށް ފޮނުވާލައިފަ އެވެ.

Advertisement

ބްރެޒިލްގެ ދެ ވަނަ ގޯލާ އެކު ޕެރޫ ކުރިއަށް ޖެހިގެން ކުޅެން ފެށި ނަމަވެސް މާ ބޮޑު ނުރައްކަލެއް ބްރެޒިލަަށް ކުރިމަތިނުވެ އެވެ. ބްރެޒިލް އިން ތިން ވަނަ ގޯލު ޖެހީ 89 ވަނަ މިނިޓްގައި ރިޗާލިސަން ދިން ބޯޅައަކުން އެވަޓަން ރިބޭރޯ އެވެ. އިތުރު ވަގުތުގައި ރިޗާލިސަން ވަނީ ބްރެޒިލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭނާ ކުޅެން އެރީ ދެ ވަނަ ހާފްގައި ގަބްރިއެލް ބާބޯސާގެ ބަދަލުގަ އެވެ.

މެޗަށް ފަހު ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ބަދަލުތައް މެޗުތަކުގައި ގެންނަން ބޭނުންވާ ސަބަބަކީ އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެން ހުރިހާ ކުޅުންތެރިންނަށް ވެސް ވާދަވެރި މެޗުތަކުގައި ފުރުސަތު ދިނުމަށް ކަމަށެވެ.

މި މޮޅާ އެކު ބްރެޒިލް އޮތީ ގްރޫޕް ބީގެ އެއް ވަަނައިގައި ކުޅުނު ދެ މެޗުން ހަ ޕޮއިިންޓާ އެކު އެވެ. ރޭ މި ގްރޫޕްގައި ވެނެޒުއޭލާއާ އެއްވަރުވި ކޮލަމްބިއާ ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox