އިސްތިއުނާފަށް ހުށަހެޅުމަކީ ހުކުމް ތަންފީޒުކުރުން އޮޓޮމެޓިކުން ފަސްކުރަންޖެހޭ ކަމެއް ނޫން: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު: އިސްތިއުނާފުކުރުމުން ހުކުމް ތަންފީޒުކުރުން ފަސްކުރަން ނުޖެހޭ ކަމަށް މިއަދު ވަނީ ހުކުމްކޮށްފައި.

ސުޕްރީމް ކޯޓު: އިސްތިއުނާފުކުރުމުން ހުކުމް ތަންފީޒުކުރުން ފަސްކުރަން ނުޖެހޭ ކަމަށް މިއަދު ވަނީ ހުކުމްކޮށްފައި.

މަދަނީ މައްސަލައެއް އިސްތިއުނާފަށް މަތީ މަރުހަލާގެ ކޯޓަކަށް ހުށަހެޅުމަކީ، ހުކުމް ތަންފީޒުކުރުން ފަސްކުރަން އަންގަން ޖެހޭ ކަމެއް ނޫން ކަމަށާއި ހުކުމް ތަންފީޒުކުރުން ފަސް ކުރެވޭނީ އެކަމަށް ވަކި ކޯޓު އަމުރެއް ނެރެގެން ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

މީގެކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ "ރިޓް އޮފް ޕްރޮހިބިޝަން"ގެ ދަށުން މަތީ ކޯޓަކަށް އިސްތިއުނާފުކޮށްފި ނަމަ، އެ މައްސަލައެއްގައި ދަށު ކޯޓުން އިއްވާފައިވާ ހުކުމް ފަސްކުރުމަށް އަންގަ އެވެ. މި ރިޓް ސުޕްރީމް ކޯޓުން ނެރެފައިވަނީ ހުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުމަށް އެދުމުން އެ އަމުރު ހައިކޯޓުން ނެރެނުދިން މައްސަލައެއްގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުންނެވެ.

އެ ރިޓަށް އެގޮތަށް އަމަލުކުރަމުން ދަނިކޮށް، ހައިކޯޓުގައި ޓްރިބިއުނަލްގެ ނިންމުމެއް ތަންފީޒުކުރުން ފަސްކޮށްދިނުމަށް މީރާއިން އެދުމުން، އެ އަމުރު ނެރެނުދޭން ހައިކޯޓުން ނިންމި އެވެ. އެހެންވެ، މީރާއިން އެ މައްސަލައެއްގައި ސުޕްރީމް ކޯޓަށް ދިޔަ އެވެ.

އެ މައްސަލާގައި މީރާއިން ބުނެފައިވަނީ ރިޓްގައި ކަނޑައަޅާފައިވާ ފަދައިން އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުން ހުކުމް ތަންފީޒުކުރުން ފަަސްކުރަން ޖެހޭ ކަމާއި އެކަން ނުކޮށްފިނަމަ، މީރާގެ އިސްތިއުނާފުކުރުމުގެ ހައްގަށް އުނިކަން ލިބޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މީގެކުރިން މި ރިޓް ނެރެފައިވަނީ އިސްތިއުނާފުކުރުމުގެ ހުއްދައަކާ ނުލައި މައްސަލަ ރަޖިސްޓަރީ ކުރުމަކާ ނުލައި އަޑުހުމެއް ވެސް ނުބާއްވަ އެވެ.

އެހެންވެ، އެ ރިޓަކީ ކޯޓުތަކުގެ ގާނޫނުގައި ސުޕްރީމް ކޯޓުގެ އިހްތިސޯސް ކަމުގައި ކަނޑައަޅާފައިވާ ކަންކަމުގެ ބޭރުން އަދި މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތުގެ ވެސް ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް މިއަދު ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމެއްގައި ވަނީ ކަނޑައަޅާފަ އެވެ.

އެ ހުކުމްގައި ބުނި ގޮތުގައި، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން އޮޓޮމެޓިކުން ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ.

"ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނީ އިސްތިއުނާފީ ކޯޓަކުން އެފަދައިން އަމުރު ކުރުމުން،" ހުކުމްގައިވެ އެވެ.

"އަދި އިސްތިއުނާފީ ކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރު ކުރަން ވާނީ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް މައްސަލާގެ ވާގިޔާތަކާއި އެފަަދަ އަމުރެއް ނެރުމުގަ އާއި އެފަދަ އަމުރެއް ނުނެރުމުގައި ހުރި ފައިދާއާ ނުރައްކާ އަޅާކިޔުމަށްފަހު،" ހުކުމްގައިވެ އެވެ.

އެހެންކަމުން "ރިޓް އޮފް ޕްރޮހިބިޝަން"އަކީ މަތީ މަރުހަލާއެއްގެ ކޯޓަކުން ކަނޑައަޅާފައިވާ ގާނޫނީ އުސޫލެއްގެ ގޮތުގައި ބެލިގެންވާނެ އެއްޗެއް ނޫން ކަމަށް ފަނޑިޔާރު އައިޝާ ޝުޖޫން ނެރުއްވި ހުކުމްގައިވެ އެވެ.

ހުކުމް ތަންފީޒުކުރުން ފަސްނުކޮށްފި ނަމަ ހައްގެއް ގެއްލޭ؟

މީރާ އާއި މޯލްޑިވްސް ކޮލިޓީ ސީފުޑް ކުންފުންޏާ ދެމެދު އޮތް މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ދެން ވާހަކަ ދައްކާފައިވަނީ ހައިކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ނުދިނުމުން މީރާގެ އިސްތިއުނާފު ކުރުމުގެ ހައްގަށް އަސަރުކުރާނެ ކަމަށް ބުނާ ބުނުމުގެ މައްޗަށެވެ.

މީރާއިން ބުނެފައިވަނީ ހުކުމް ތަންފީޒުކުރުމުގެ އަމުރު ނެރުމަކާ ނުލައި މައްސަލަ ކުރިއަށް ގެންދާ ނަމަ، އެ އިދާރާއަށް ލިބިފައިވާ އިސްތިއުނާފީ ހައްގަށް އުނިކަން އަންނަ ކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ގާޏޫނުގެ އިމުގެ ތެރެއިން، އެ ކޯޓަށް ލިބިގެންވާ ބާރެއްގެ ބޭނުންކޮށްގެން ކަމުގައިވާތީ އެކަމަކީ އަސާސީ ހައްގަކަށް އުނިކަން އަންނަ ފަދައިން ކޮށްފައިވާ ކަމެއް ކަމުގައި ބެލުމުގެ ޖާގައެއް ނެތް ކަމަށެވެ.

އަދި، ނިންމުމެއް އިސްތިއުނާފުކުރުމަކީ އެ އަމަލުން އިސްތިއުނާފު ކުރެވުނު ނިންމުން ތަންފީޒުކުރުން ފަސްކުރަން ޖެހޭ ސަބަބެއް ކަމުގައިވާނަމަ ހުމުމް ތަންފީޒުކުރުން ފަސްކުރުމަކީ އިސްތިއުނާފުކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ބުރެވެވޭ ކަމަށެވެ.

"...ވަކި ފަރާތަކުން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަށް ކޯޓުން ގޮތް ކަނޑަނޭޅުމަކީ އެ ފަރާތަށް ލިބިގެންވާ އިސްތިއުނާފުކުރުމުގެ ހައްގަށް އުނިކަން އަންނަ ސަބަބެއް ވެސް ނޫންމެ،" ހުކުމްގައިވެ އެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން ނެރުއްވި ރައުޔަށް ދެން މައްސަލާގެ ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ތާއިދު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox