ރޮނާލްޑޯ އެދުނީ ކާމިޔާބު ހޯދަން ސަޕޯޓަރުން ޓީމާ އެކު ތިބެން

Jun 15, 2021, 5:01 AM
ރޮނާލްޑޯ އެދުނީ ކާމިޔާބު ހޯދަން ސަޕޯޓަރުން ޓީމާ އެކު ތިބެން

ބުޑަޕެސްޓް، ހަންގޭރީ (ޖޫން 15) - މީގެ ފަސް އަހަރު ކުރިން ޕޯޗުގަލް އިން ދުނިޔެ ހައިރާންކޮށްލުމަށް ފަހު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއިއިރު، ސަޕޯޓަރުން ދިން ހިތްވަރު މި ފަހަރު ވެސް ޓީމަށް ދޭން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެދިއްޖެ އެވެ.

ޕޯޗުގަލް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާ އަށް މެސެޖެއް ދޫކޮށްލައިފަ އެވެ.

ރޮނާލްޑޯ ބުނީ 2016 ވަނަ އަހަރު ދުނިޔެ ހައިރާން ކޮށްލުމަށް ފަހު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލްގެ ޓީމުގެ ތެރެއިން 11 ކުޅުންތެރިން މި ވަގުުތު ވެސް ޕޯޗުގަލް ސްކޮޑުގައި އެބަތިބި ކަމަށެވެ. އަދި ޕޯޗުގަލްގެ އެ ޓީމަކީ ފުޓްބޯޅައިގެ ތާރީހުގައި ރަން އަކުރުން ނަން ފަވާލެވުނު ކުޅުންތެރިންތަކެއް ކަމަށާއި އޭގެ ތެރެއިން މި ފަހަރު ސްކޮޑުގައި ނެތް ކުޅުންތެރިން ވެސް ތިބީ ޓީމާ އެކުގައި ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ތި ތިބީ އަހަރެމެންނާ އެކުގައިކަން. އަހަރެމެންނަށް އެކަން އިހުސާސް އެބަ ކުރެވޭ. ތި ސަޕޯޓަރުންނަށްޓަކައި އަހަރެމެން ދަނޑަށް މި ނުކުންނަނީ. ތި ސަޕޯޓަރުންނަށްޓަކައި ގައުމީ ސަލާމް ކިޔަނީ. ތި ސަޕޯޓަރުންނަށް ޓަކައި އަހަރެމެން ކޮންމެ ޕޮއިންޓަކަށް ކޮންމެ މޮޅަކަށް އަދި ކޮންމެ ބޯޅަ އަކަށް މި ފައިޓްކުރަނީ،" ރޮނާލްޑޯ ލިޔެފައިވެ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ބުނީ އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން މުބާރާތަކަށް ނުކުންނައިރު ޒިންމާ ބޮޑު ކަމަށާއި އެ ޒިންމާ ނަގާނީ ކާމިޔާބީ ހޯދަން ލިބޭ ހިތްވަރެއްގެ ގޮތުގައި ކަމަށެވެ.

ގައުމީ ޓީމާ އެކު ފަސް ވަނަ ޔޫރޯ ކުޅެން ނުކުންނަން ތައްޔާރުވަމުން އަންނަ ރޮނާލްޑޯ ބުނީ މި ފަަހަރުގެ ޓިމަކީ 2016 ވަނަ އަހަރަށް ވުރެ ޒުވާން ޓީމެއް ކަމަށާއި މި ފަހަރުގެ ޓީމާ މެދު ގޮތެއް ނިންމަން އެނގޭނީ މުބާރާތް ކުރިއަށްދާ ވަރަކުން ކަމަށެވެ.

"މީގެ ކުރިއަށްދާ ވަރަކަށް އެނގޭނީ ޓީމާ މެދު އެއްޗެއް ބުނަން. ދެން ކުރުކޮށް ބުނަންޏާ އަހަންނަކީ މީގެ 10 އަހަރު ކުރިން ހުރި ލެވަލްގައި ހުރި ކުޅުންތެރިޔާ އެއް ނޫން. ތަފާތު ތަކެއް ހުންނާނެ،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން އެދެން ސަޕޯޓަރުން އަހަރެެމެންގެ މި ދަތުރުގައި ސާބިތުކަންމަތީ ޓީމާ އެކު ތިބެން،"

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ޔޫރޯ އަށް ވެދާނެތޯ ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބުދީފަ އެވެ. ރޮނާލްޑޯ ބުނީ ފުޓްބޯޅައިގެ ހާލަތްތަކަށް ހޭނި ވީހާވެސް ގިނަ ދުވަހަކު ކުޅޭ ކުޅުންތެރިންނަކީ މޮޅު ކުޅުންތެރިން ކަމަށެވެ.

އުމުރުން 18 އަހަރުން ފެށިގެން 36 އަހަރާ ހަމައަށް އަހަރެން މި އަންނަނީ ކޮންމެ ހާލަތަކަށް ބޭނުންވާ ބަދަލަށް ހޭނެމުން. ދެން ކުރިއަށް ވެސް އޮތީ އެހެން - ރޮނާލްޑޯ

މި ވަގުތު ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެެއިން އެންމެ ގިނަ ގޯލު ޖެހީ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް 104 ގޯލު ޖަހައިދީފަ އެވެ. ފުޓްބޯޅަ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ އަތުގަ އެވެ. އޭނާ ވަނީ 109 ގޯލު ޖަހައިފަ އެވެ.

ހަންގޭރީއާ ދެކޮޅަށް ކުޅުނު 13 މެޗުން ޕޯޗުގަލް ބަލިވެފައިނުވެ އެވެ. ނުވަ މެޗުން މޮޅުވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޕޯޗުގަލް އިން މި ފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަނޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox