ދިގު އިންތިޒާރަކަށް ފަހު "ގެދޮރުވެރިޔަކަށް" ވާން ލުއި ލޯން ސްކީމެއް

މާފުށި: ގެދޮރުވެރިޔާ ލޯން ސްކީމް މިރޭ ތައާރަފްކޮށްފައިވާ އިރު މި އަހަރު ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ.

މާފުށި: ގެދޮރުވެރިޔާ ލޯން ސްކީމް މިރޭ ތައާރަފްކޮށްފައިވާ އިރު މި އަހަރު ފަހުކޮޅު ލޯނު ދޫކުރަން ފަށާނެ.

މާލީ ތަނަވަސްކަން ނެތިގެން އަމިއްލަ ބޯހިޔާވަހިކަމަށް ހުރަސްއެޅިފައި ތިބި އާއިލާތަކަށް ހާއްސަކޮށްގެން "ގެދޮރުވެރިޔާ" ލޯން ސްކީމް ސަރުކާރުން މިރޭ އިއުލާންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި ވައުދުވެވަޑައިގަތް މި ލުއި ލޯން ސްކީމަކީ ރަށްރަށުގައި އަމިއްލަ ގޯތީގައި ގެއެއް އަޅަން ނުވަތަ ހަދަން ފަށައި ނުނިމި ހުރި ގެ އިމާރާތްކުރަން ނުވަތަ މަރާމާތުކޮށް ނިންމައި ދިރިއުޅެން އަރާސްތުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

މި ސްކީމުން ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ކަށަވަރުކޮށްދިނުމެވެ.

އަމިއްލަ ބޯހިޔާވަހިކަމަކަށް އެދި ދިގު އިންތިޒާރެއްގައި ތިބި ފަރާތްތަކަށް ހުޅުވާލާ މި ފުރުސަތުގައި، އެކަކަށް ގިނަވެގެން 700,000ރ.އާ ހަމައަށް ލޯން ދޫކުރާނެ އެވެ. ކުޑަ އިންޓްރެސްޓެއްގައި ދޫކުރާ މި ލޯން ދައްކައި ހަލާސްކުރަން ޖެހޭނީ ދިގު މުއްދަތަކުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހުރިހާ ރަށަކަށް އަމާޒުކޮށްގެން މިރޭ މިވަނީ ލޯން ސްކީމެއް ހުޅުވާލާފައި. -- ފޮޓޯ/ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހުރިހާ ރަށަކަށް އަމާޒުކޮށްގެން މިރޭ މިވަނީ ލޯން ސްކީމެއް ހުޅުވާލާފައި. -- ފޮޓޯ/ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ހުރިހާ ރަށަކަށް އަމާޒުކޮށްގެން މިރޭ މިވަނީ ލޯން ސްކީމެއް ހުޅުވާލާފައި. -- ފޮޓޯ/ރައީސް އޮފީސް

އެޗްޑީއެފްސީ މެދުވެރިކޮށް ކުރިއަށް ގެންދާ ސްކީމްގައި, ހަ ޕަސެންޓުގެ އިންޓްރެސްޓެއްގައި ދޫކުރާ މި ލޯން ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގަ އެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭއިރު މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭނެ އެވެ.

ގެދޮރުވެރިޔާ ލޯންގެ ތަފްސީލް

- ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަން.

- ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.

- އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ.

- 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,907ރ.

- 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680ރ.

- 17 އަހަރަށް ބަހާލުމުން މަހަކު ޖެހޭނީ 5,485ރ.

- 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,307ރ.

- 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,153ރ.

- 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.

މި ލޯނަށް އެދުމުގައި މަދުވެގެން ދެ ފަރާތް ބައިވެރިވާނެ ޖެހެ އެވެ. ލޯނަށް އެދެނީ އަލަށް އިމާރާތް ކުރުން ކަމުގައި ވާ ނަމަ ލޯނަށް އެދޭ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ޕްރޮޖެކްޓަށް ލާން ޖެހެ އެވެ. ނަމަވެސް މި ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއްގައި ހުރުން ލާޒިމެއް ނުވެ އެވެ.

މި ލޯނަށް އެދޭ މީހާގެ ނަންމަތީގައި އަމިއްލަ ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހެ އެވެ. އަދި އެ ބިން ލިބިފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި އެ ރަށުގައި އާއިލާއެކު ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާން ޖެހެ އެވެ.

މާލީ ތަނަވަސްކަމެއް ނެތިގެން އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބި ތިބި އާއިލާތަކަށް މި ސްކީމަކީ ވަރަށް ބޮޑު ލުޔެއް -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
މާލީ ތަނަވަސްކަމެއް ނެތިގެން އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބި ތިބި އާއިލާތަކަށް މި ސްކީމަކީ ވަރަށް ބޮޑު ލުޔެއް -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު

މާލީ ތަނަވަސްކަމެއް ނެތިގެން އަމިއްލަ ބޯހިޔާވަހިކަމެއް ނުލިބި ތިބި އާއިލާތަކަށް މި ސްކީމަކީ ވަރަށް ބޮޑު ލުޔެއް -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު

ސަރުކާރުން ބުނިގޮތުގައި މި ސްކީމާ އެކު އަމިއްލަ ބޯހިޔާވަހިކަމަށް ނުވަދެވި ތިބި އެތައް ބަޔަކަށް ލުއި ފަސޭހަކޮށް އެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. ގެދޮރު ލޯންތައް ބޭންކްތަކުން ދޫކުރަމުން އަންނަނީ ބޮޑު އިންޓްރެސްޓް ރޭޓުގަ އެވެ. މިކަމާ ހެދި, އެތައް ބަޔަކަށް ލޯނު ނުލިބި އަމިއްލަ ގެދޮރަށް ނުވަދެވި ތިބެން ޖެހިފައި އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox