ކޮޕަ އެމެރިކާ: ޗެމްޕިއަން ބްރެޒިލް މޮޅަކުން މުބާރާތް ފަށައިފި

Jun 14, 2021, 3:10 AM
ކޮޕަ އެމެރިކާ: ޗެމްޕިއަން ބްރެޒިލް މޮޅަކުން މުބާރާތް ފަށައިފި

ބްރެޒީލިއާ (ޖޫން 14) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ 3-0 އިން ވެެނެޒުއޭލާ އަތުން މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގައި ބްރެޒިލަށް ލީޑު ނަގައިިދިނީ މެޗުގެ 23 ވަނަ މިނިޓްގައި ޑިފެންޑަރު މާކުއީނިއޯސް އެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް މާކުއީނިއޯސް ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ރިޗާލިސަން ވަނީ ބްރެޒިލަށް ދެ ވަނަ ގޯލެއް ޖަަހައިދީފަ އެވެ. އެކަަމަކު އޮފްސައިޑްވުމުން އެ ލަނޑު ބަލައެއް ނުގަތެވެ.

ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހަން ލިބުނު އެހެން ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ބްރެޒިލްގެ ދެ ވަަނަ ގޯލު ޖެހީ މެޗުގެ 64 ވަނަ މިނިޓްގައި ނޭމާ އެވެ. މިއީ ވެނެޒުއޭލާގެ ޔޯހަން ކުމާނޯ އޭރިއާތެރެއިން ޑަނީލޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ނޭމާ އެ ޕެނަލްޓީ ކާމިޔާބުކުރިއިރު، މިއީ ގައުމީ ޓީމަށް އޭނާ ޖަަހައިދިން 67 ގޯލެވެ. ޕެލޭގެ ރެކޯޑާ ހަމަކުރަން ބޭނުންވަނީ 10 ގޯލެވެ.

މެޗުގެ ފަހު މިނިޓްގައި ބްރެޒިލް އަށް ފަހު ގޯލު ޖަހައިދިނީ ގަބްރިއެލް ބާބޯސާ އެވެ. މިއީ ނޭމާ މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން ބާބޯސާ ޖެހި ގޯލެކެވެ.

ވެނެޒުއޭލާ އިން ރޭގެ މެޗަށް ތައްޔާރުވިއިރު، އެ ޓީމުގެ 12 މީހެއް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރޭގައި އަށް ކުޅުންތެރިން ހިމެނެ އެެވެ.

ބްރެޒިލުން ވަނީ އެންމެ ފަހުން 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ 12 އަހަރަށް ފަހު އެވެ. އަދި އެ ބްރެޒިލުން މިހާތަނަށް މުބާރާތް ހޯސްޓްކުރި ފަސް ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އެ ޓީމުންނެވެ.

ރޭ ކުޅުނު އަނެއް މެޗުން ކޮލަމްބިއާ އިން ވަނީ 1-0 އެކުއެޑޯ ބަލިކޮށްފަ އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާ ހޯސްޓް ކުރަން އެންމެ ފުރަތަމަ ދީފައި އޮތީ އާޖެންޓީނާ އާއި ކޮލަމްބިއާ އަށެވެ. އެކަމަކު ކޮވިޑްގެ ހާލަތާއި އެހެނިހެން ސަަބަބުތަކާ ހުރެ އެ ދެ ގައުމުގައި މުބާރާތް ހޯސްޓް ނުކުރެވުމުން ފުރުސަތު ދިނީ ބްރެޒިލަށެވެ. ބްރެޒިލްގައި ވެސް ކޮވިޑްގެ ހާލަތު ގޯސްކޮށް އޮއްވައި މި މުބާރާތް ބާއްވާތީ ގިނަ ބަޔަކު ހިތްހަމަ ނުޖެހުނެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެކަމަކު މުބާރާތް ކުރިއަށްގެންދަން ނިންމީ ބްރެޒިލްގެ ސުޕްރީމް ކޯޓުން ވެސް އެގޮތަށް ނިންމުމުންނެވެ.

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox