ރަށްރަށަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ ލޯން ސްކީމެއް އިފްތިތާހްކުރަނީ

ރައީސް ސޯލިހް: ބޯހިޔާވަހިކަމުގެ ވައުދާ ގުޅޭ މުހިއްމު މަޝްރޫއެއް މާދަމާ ރޭ ފައްޓަވާނެ. -- ފޮޓޯ/ރައީސް އޮފީސް

ރައީސް ސޯލިހް: ބޯހިޔާވަހިކަމުގެ ވައުދާ ގުޅޭ މުހިއްމު މަޝްރޫއެއް މާދަމާ ރޭ ފައްޓަވާނެ. -- ފޮޓޯ/ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކުރާ ލޯން ސްކީމެއް މާދަމާ ރޭ އިފްތިތާހްކުރަން ނިންމައިފި އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދޭން ސަރުކާރުން ގެންގުޅުއްވާ ވިސްނުމުގެ ތެރެއިން މާދަމާ އިއުލާންކުރަނީ "ގެދޮރުވެރިޔާ" ލޯން ސްކީމެވެ. ރަށްރަށަށް ލޯން ސްކީމެއް ހާއްސަކުރަން ނިންމާފައިވާ ކަމުގެ އިތުރުން މި ސްކީމްގެ މާބޮޑު ތަފްސީލެއް ސަރުކާރުން މިހާތަނަށް އާއްމެއް ނުކުރެ އެވެ.

އެކަމަކު ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ މުހިއްމު އިވެންޓެއް މާދަމާ ރޭ އޮންނާނެ ކަން ރައީސް އޮފީހުން މިރޭ ވަނީ ބުނެފަ އެވެ.

Advertisement

ރައީސް އޮފީހުގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހައުސިން ލޯން މިހާރު ލިބެނީ މަދު ރަށްތަކަކަށް ކަމަށެވެ. އެކަމަކު، ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީނުކޮށް ހުރިހާ ރަށަކަށް ލޯން ސްކީމެއް ހުޅުވާލުން ކަމަށް ވިދާޅުވި އެވެ.

މެދު ފަންތީގެ މީހުންނަށް ވެސް ލޯނު ލިބޭ ސްކީމުގެ އިންޓްރެސްޓް ރޭޓު ކުޑަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އަތޮޅުތަކުގައި 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ވެސް އޮތީ ނިންމައިފަ އެވެ.

ޕީއެސްއައިޕީގެ ދަށުން ސަރުކާރުގެ ވިސްނުން ހުރީ ޖާގައިގެ ދަތިކަން ހުރި ރަށްތަކުގައި ރޯ ހައުސް އެޅުމަށެވެ.

"އޭގައި އަޅުގަނޑުގެ ޕްރެފަރަންސް އަކީ ޖާގަ، ބިން ހުރި ތަންތަނުގައި ސިންގަލް ސްޓޯރީ ރޯ ހައުސް. ޖާގައިގެ ދަތިކަން ކޮންމެވެސް ވަރަކަށް ހުރި ތަންތަނުގައި ޓޫ ސްޓޯރީ ރޯ ހައުސަސް. ދެން ބިން ވަރަށް ބޮޑަށް ދަތިވެފަ ހުރި ތަންތަނުގަ ފްލެޓްސް," އަސްލަމް "އަދަދު"އަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި, ރަށްރަށުގައި ފްލެޓް އަޅާނީ އިމާރާތް ފަސް ބުރިއަށް ވުރެން އުސް ނުވާނެ ގޮތަކަށެވެ.

އަތޮޅުތަކުގައި ބައެއް މަޝްރޫއުތައް ކުރިއަށްދާއިރު މާލެ ސަރަހައްދުގައި 5,000 ފްލެޓް އަޅަން ވަނީ އެކި ފަރާތްތަކާ އެކު ސޮއިކޮށްފަ އެވެ. އޭގެތެރޭގައި އެންމެ ހާލުގައި އުޅޭ މީހުންނަށް ދޭން ނިންމާފައިވާ ކައުންސިލް ހައުސިންގެ ޔުނިޓްތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox