ކޮޕަ އެމެރިކާ ނުބާއްވަން ބުނީ ސިޔާސީ މަންފާއަކަށް ނޫން: ބްރެޒިލް ކޯޗު ޓީޓޭ

Jun 13, 2021, 12:00 PM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓީީޓޭ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓީީޓޭ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ބްރެޒީލިއާ (ޖޫން 13) - މި ފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލްގައި ހޯސްޓް ނުކުރަން ބުނީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މި ފަހަރު ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ހޯސްޓް ކުރަން ފުރުސަތު ލިބިފައި އޮތް އާޖެންޓީނާ އާއި ކޮލަމްބިއާގައި އެކަން ނުކުރެވުނެވެ. ބިޑަށް ހުޅުވާލައިގެން ކޮޕަ އެމެރިކާ ހޯސްޓްކުރަން މި މަހުގެ ކުރީކޮޅުގައި ދިން ފުރުސަތުގައި ބްރެޒިލް އިން މުބާރާތް ބޭއްވުމުގެ ބިޑް ކާމިޔާބުކުރި އެވެ. ބްރެޒިލްގައި ވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، އެ ގައުމުގައި ކޮޕަ އެމެރިކާގެ ބޭއްވިޔަނުދޭން ދެ ފަރާތަކުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަޑިޔާރުން ކަނޑައެޅީ މުބާރާތް ހުއްޓުވޭނެ ގޮތެއް ފެންނަން ނެތް ކަމަށެވެ.

މި ފަަހަރުގެ ކޮޕަ އެމެރިކާ ފުރަތަމަ މެޗުގައި މިރޭ ބްރެޒިލް ކުޅޭނީ ވެނެޒުއޭލާ އެވެ. ކޮޕަ އެމެރިކާ ކުޅެން ބްރެޒިލަށް ދަތުރުކުރި ވެނެޒުއޭލާގެ ކުޅުންތެރިންނާއި ކޯޗުންގެ ތެރެއިން 12 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ޕޮޒިޓިވްވި އަށް ކުޅުންތެރިން ހިމެނެ އެވެ.

Advertisement

ޓީޓޭ ބުނީ އެންމެ ފުރަތަމަ ވެސް މުބާރާތް ބޭއްވުމުގެ ވިސްނުމާ އޭނަ ދެކޮޅު ހެދީ ކުއްލިއަކަށް މި ކަހަލަ ކަންކަން މެނޭޖްކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. މީގެ ފާޑުކިޔަނީ ހަަަމައެކަނި ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނަށް އެކަނި ނޫން ކަަމަށާއި ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލަށް ވެސް ގޯސްތަކެއް ހެދިފައިވާ ކަން ޓީޓޭ ފާހަގަކުރި އެވެ.

"އަހަންނަކި ސިޔާސީ ޕާޓީއެއްގައި އުޅޭ މީހެއް ނޫން. އަހަރެން ވޯޓުލާފައި ހުންނާނީ ވެސް ޕާޓީ އަށް ވުރެ ބޮޑަށް މީހާ އަށް. އެހެންވީމަ މި ބުނަނީ ކޮޕަ އެމެރިކާއާ ދެކޮޅަށް މި ވަގުތު މި ވާހަކަ ދައްކަނީ ސިޔާސީ ކަމެއް ހާސިލްކުރާކަށް ނޫނޭ. އެ ކަހަލަ މަންފާއެއް ހޯދުން އެއީ އަހަރެން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން،" ޓީޓޭ ބުންޏެވެ.

ޓީޓޭ ބުނީ ކޮޕަ އެމެރިކާ ބްރެޒިލްގައި ބޭއްވުމުގެ ކަންކަން ރޭވިގެންދިޔައީ ވަރަށް އަވަހަށް ކަމަށާއި މީގެ ބަލަން ޖެހޭ ވަރަށް ކަންކަން އޮޅުންފިލުވާފައި ނެތުމުން ހިތާމަކުރާ ކަމަށެވެ.

ބްރެޒިލްގައި މި ފަހަރު ބާއްވާ ކޮޕަ އެމެރިކާ ބޮއިކޮޓްކުރަން ބްރެޒިލް ބައެއް ކުޅުންތެރިން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. ޝުއޫރު ފާޅުކޮށް ބްރެޒިލްގެ ކުޅުންތެރިން އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓްތަކުގައި ވަނީ ކޮޕަ އެމެރިކާ ހޯސްޓްކުރަން ބްރެޒިލް ސަރުކާރުން ނިންމިއިރު، މީގެ އާންމުން ދެކޭގޮތާއި ކުޅުންތެެރިންގެ ވިސްނުމަކީ ކޮބައިތޯ އޮޅުންފިލުވާފައިނުވަނީ ކީއްވެތޯ ކުޅުންތެރިން ވަނީ ސުވާލުކޮށްފަ އެވެ.

"މީގެ އޮޅުވާލައިގެން ނުވާނެ. ބްރެޒިލް ގައުމީ ޓީމަކީ ވަކި ކަމެއް. އަހަަރެމެންގެ އަމިއްލަ ވިސްނުމުގައި ފާޅުކުރާ ހިޔާލުތަކަކީ ވަކި ކަމެއް. ކޮންމެ ގޮތެއް ވިޔަސް މިހާރު މުބާރާތް މި އޮތީ ކުރިއަށްދާ ގޮތަށް. އެހެންވީމަ އެ ނިންމުމަށް ވެސް އިހުތިރާމް ކުރާނަން. އަމިއްލަ ރައްކާތެރި ކަމަށް ވިސްނައި ގައުމީ ޒިންމާ އަދާކުރަން ކުޅުންތެރިން ތައްޔާރު،" ޓީޓޭ ބުންޏެވެ.

ބްރެޒިލުން ވަނީ އެންމެ ފަހުން 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި އެ ގައުމުން މިހާތަނަށް މުބާރާތް ހޯސްޓްކުރި ފަސް ފަހަރު ވެސް ޗެމްޕިއަންކަން ހޯދި އެވެ.

ކޮޕަ އެމެރިކާގައި އެންމެ ފަހުން އަމިއްލަ ފަސް ގަނޑުގައި ބްރެޒިލް ކުޅުނު 20 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އަމިއްލަ ދަނޑުގައި ކޮޕަ އެމެރިކާގެ މެޗަކުން ބްރެޒިލް އެންމެ ފަހުން ބަލިވީ 1975 ވަނަ އަހަރު އެވެ.

ކޮޕަ އެމެރިކާގައި ކުޅެން އެހެން ބައްރުތަކުގެ ދެ ޓީމަކަށް ޖާގަދެ އެވެ. މި ފަހަރު ފުރުސަތު ދިން އޮސްޓްރޭލިއާ އާއި ގަތަރަށް ބައިވެރިނުވެވުނީ އޭޝިއާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މިހާރު ކުރިއަށްދާތީ އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަމައެކަނި ދެކުނު އެމެރިކާގެ 10 ޓީމެވެ. ބްރެޒިލާއި ވެނެޒުއޭލާގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ ކޮލަމްބިއާ އާއި އެކުއެޑޯ އަދި ޕެރޫ އެވެ. އަނެއް ގްރޫޕްގައި އޮތީ އާޖެންޓީނާ، ބޮލިވިއާ، އުރުގުއޭ، ޗިލީ އަދި ޕެރަގުއޭ އެވެ.

ބްރެޒިލާއި ވެނެޒުއޭލާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 2 ޖަހާއިރު އެވެ.

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox