ފްރާންސް

Jun 11, 2021, 5:47 PM
ފްރާންސް

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްގެ ޗެމްޕިއަންކަން ހޯދި ފްރާންސަކީ މި ފަހަރުގެ ޔޫރޯގެ ފޭވަރިޓެކެވެ. އެ ޓީމުން ވަނީ މީގެ ކުރިން 1984 ވަނަ އަހަރާއި 2000 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ފްރާންސް އިން ޔޫރޯގައި ކުޅޭނެ 10 ވަނަ ފަހަރެވެ. އެންމެ ފަހުން ފްރާންސް އިން އަމިއްލަ ގައުމުގައި ހޯސްޓްކުރި ޔޫރޯގެ ފައިނަލުގައި ބަލިވީ ޕޯޗުގަލް އަތުންނެވެ.

ފްރާންސް މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކޮލިފައިން ގްރޫޕް އެޗްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު 10 މެޗުގެ ތެރެއިން ވަނީ އަށް މެޗުން މޮޅުވެފަ އެވެ. ކޮލިފައިންގައި ފްރާންސަށް މޮޅުނުވެވުނީ ތުރުކީ އަތުންނެވެ. ތުރުކީގެ ހޯމް މެޗުން ފްރާންސް ބަލިވިއިރު، ފްރާންސްގައި ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ. މި ފަހަރުގެ ޔޫރޯ އަށް ނުކުންނައިރު، ފްރާންސް އޮތް ގްރޫޕްގައި ދެން އޮތް ޓީމުތަކަށް ބަލާއިރު، އެ ޓީމަށް ފަސޭހައެއް ނުވާނެ އެވެ. އެ ގްރޫޕްގައި ދެން އޮތީ ޖަރުމަނާއި ޕޯޗުގަލްގެ އިތުރުން ހަންގޭރީ އެވެ.

ފްރާންސްގެ ޓީމަކީ ތަރިންގެ ޓީމެކެވެ. އެޓީމުގެ ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީ ވެސް ކްލަބް ލެވަލްގައި މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެކެވެ. ފްރާންސް ސްކޮޑު ނެގިއިރު މި ފަހަރު ވަނީ ތަފާތެއް ފެނިފަ އެވެ. އެއީ ފަސް އަހަރު ފަހުން ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާ ޓީމުގައި ހިމެނުމެވެ. މި ސީޒަނުގައި ރެއާލްގައި މޮޅު ކުޅުމެއް ދެއްކި ބެންޒެމާ އަށް ފުރުސަތު ދޭން ނިންމީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެވެ. ދެން އެ ޓީމުގެ ގޮތުގައި ފާހަަގަކުރެވޭ ކުޅުންތެރިންނަކީ ކީލިއަން އެމްބާޕޭ، އެންޓޮއިން ގްރީޒްމަން، ޕައުލް ޕޮގްބާ އަދި އެންގޯލޯ ކާންޓޭ އެވެ.

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ކޯޗު:ޑިޑިއޭ ޑެޝޯމްޕްސް

ޑެޝޯމްޕްސް ވަނީ ކެޕްޓަނެއްގެ ގޮތުގައި ފްރާންސަށް 1998ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ ޔޫރޯ ފްރާންސް އިން ކާމިޔާބު ކޮށްފިނަމަ ޑެޝޯމްޕްސް ވެގެންދާނީ ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި މި ދެ މުބާރާތް ކާމިޔާުބުކުރާ ފުރަތަމަ މީހާ އަށެވެ. ޑެޝޯމްޕްސް ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސަށް ހޯދައިދީފަ އެވެ. އޭނާ ފްރާންސްގެ ކޯޗުކަމާ ހަވާލުވީ 2012 ވަަނަ އަހަރު އެވެ. ޑެޝޯމްޕްސް ހަވާލުވި ފަހުން އޭނާ އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ މަގާމުގައި ދަމަހައްޓައިފަ އެވެ.

ސްކޮޑު

ކީޕަރުން: ހޫގޯ ލޮރީސް (ޓޮޓެންހަމް)، މައިކް މައިގްނަން (ލިލް)، ސްޓީވް މަންޑަންޑާ (މާސޭ)

ޑިފެންޑަރުން: ލޫކަސް ޑީނިއޭ (އެވަޓަން)، ލިއޯ ޑެބޮއިސް (ލިޔޯން)، ލޫކަސް ހެނާންޑޭޒް (ބަޔާން މިއުނިކް)، ޕްރެސްނެލް ކިމްޕެމްބޭ (ޕީއެސްޖީ)، ޖޫލްސް ކޫންޑޭ (ސެވިއްޔާ)، ކްލެމެންޓް ލޯންގްލޭ (ބާސެލޯނާ)، ބެންޖަމިން ޕަވާޑް (ބަޔާން މިއުނިކް)، ރަފައެލް ވަރާން (ރެއާލް މެޑްރިޑް)، ކާޓް ޒޫމާ (ޗެލްސީ)

މިޑްފީލްޑަރުން: އެންގޯލޯ ކާންޓޭ (ޗެލްސީ)، ތޯމަސް ލެމާ (އެތުލެޓިކޯ މެޑްރިޑް)، ޕައުލް ޕޮގްބާ (މެންޗެސްޓާ ޔުނައިޓެޑް)، އޭޑްރިއަން ރަބިއޯ (ޔުވެންޓަސް)، މޫސާ ސިސޯކޯ (ޓޮޓެންހަމް)، ކޮރެންޓިން ޓޮލީސޯ (ބަޔާން މިއުނިކް)

ފޯވާޑުން: ވިސާމް ބެން ޔެޑާ (މޮނާކޯ)، ކަރިމް ބެންޒެމާ (ރެއާލް މެޑްރިޑް)، ކިންގްސްލީ ކޯމަން (ބަޔާން މިއުނިކް)، އޮސްމާން ޑެމްބެލޭ (ބާސެލޯނާ)، އޮލިވިއޭ ޖިރޫޑް (ޗެލްސީ)، އޮންޓޮއިން ގްރީޒްމަން (ބާސެލޯނާ)، ކީލިއަން އެމްބާޕޭ (ޕީއެސްޖީ)، މާކަސް ތުރާމް (މުންޗެންގްލަޑްބެކް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox