އެމްއެމްޕީއާރްސީ މައްސަލާގައި އަޅުގަނޑާމެދު އަމަލުކުރަނީ ކަތިލާ ކަންބަޅިއެއްގެ ގޮތަށް: މަހުލޫފު

މަހުލޫފް: ވިދާޅުވީ އިންސާފުން އެހެން މީހުންނެކޭ އެއްގޮތަށް މައްސަލަ ބަލަން އިއުތިރާޒެއް ނެތް ކަމަށް -- ފޮޓޯ: އަދަދު ފައިލް

މަހުލޫފް: ވިދާޅުވީ އިންސާފުން އެހެން މީހުންނެކޭ އެއްގޮތަށް މައްސަލަ ބަލަން އިއުތިރާޒެއް ނެތް ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ތަހުގީގުގައި އަމަލުކުރަމުންދަނީ ސިޔާސީ ގޮތުން ޒާތީވެ، ގުރުބާނީއެއްގެ ގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަމަށް މަސައްކަތުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ވަގަށް ނަގައިގެން ކަޅު ފައިސާ ދޮވުނު ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޔޫއެސް ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއް ކަމަށް ތުހުމަތުކޮށް މަހުލޫފުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ފޮނުވައިފަ އެވެ.

އެކަމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ގޮތެއް ނިންމަންދެން މަހުލޫފު މަސައްކަތްތަކުން އެކަހެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފަ އެވެ. މިއީ އޭނާ ސަސްޕެންޑްކުރި ދެވަނަ ފަހަރެވެ.

އެންމެ ފުރަތަމަ އޭނާގެ ނަން ހިޔާނާތާ ގުޅުނު ހިސާބުން ވެސް ރައީސް ސޯލިހު، ވަނީ މަހުލޫފު މަގާމުން އެކަހެރިކުރައްވައިފަ އެވެ. ނަމަވެސް އެކަމުގައި މަހުލޫފުގެ މައްސަލައެއް ނެތް ކަމަށް ތަހުގީގީ އިދާރާތަކުން އެންގި ކަމަށް ބުނެ ފަހުން ވަނީ މަހުލޫފު އަނެއްކާވެސް މަސައްކަތަށް ނެރުއްވާފަ އެވެ.

މަހުލޫފު މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީގެ މައްސަލައިގަ އޭނާއާމެދު އަމަލުކުރަމުން ދަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަ ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި އޭނާ މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

"އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން." މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭނާއަށް ކުރާ ތުހުމަތު ވެސް ގޯހެވެ. އެގޮތުން އެސްއީޒެޑް ބިލަށް ވޯޓު ދީގެން އޭނާއަށް ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރި ނަމަވެސް އޭރު އޭނާއަކީ ޕީޕީއެމް މެންބަރެއް ކަމުންގެ އެ ވޯޓު ދެއްވީ ތްރީލައިން ވިޕާ އެއްގޮތަށް ކަމަށެވެ.

މަހުލޫފު ވަނީ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވުމުން އެކަމާ ވެސް ސުވާލު އުފައްދަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭސީސީއަށް ދައުވާކުރަން ފޮނުވުމުގެ އެއްވެސް ގާނޫނީ ބާރެއް މި މައްސަލައިގަ ލިބިގެން ނުވާ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުން ވެސް ސާފު ކަމަށެވެ. މީގެކުރިން ދައުވާ އުފުލި އެހެން މީހުންގެ މައްސަލަތައް ވެސް ފޮނުވީ ރިޔާސީ ކޮމިޝަނުންކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަސްޕެންޝަންގައި ހުންނެވި މަހުލޫފު އިތުރަށް ވިދާޅުވި ގޮތުގައި، މައްސަލާގައި ހެކި ކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ކަނޑައެޅިގެން ރާއްޖޭގެ އަދި ލަންކާގެ ގާނޫނާ ހިލާފަށް ހޯދާ އަދި ނަގާފައިވާ، ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކިތަކެއް ކަމަށެވެ.

"އޭގެ ތަފްސީލަށް މިވަގުތު ދާކަށް ނެތިން،" އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އޭނާގެ މައްސަލަ ވެސް ބަލަންވީ ކަމަށާއި އެކަމަކު، އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް ކަމަށެވެ. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް ތިން އަހަރުވީއިރު ފެނުނީ އޭނާގެ ނަން އެކަނިތޯކަމާމެދު މަހުލޫފު ސުވާލު އުފެއްދެވި އެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީ ކަމަށް ރައްޔިތުން ދެކޭނެ ކަމަށް ހީކުރުމަކީ ގޯހެއް،" މަހުލޫފު ވިދާޅުވި އެވެ.

"ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ"

މަހުލޫފު ވިދާޅުވި ގޮތުގައި، ގާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން އެންމެ ދުވަހަކު ވެސް މަގާމުގައި ދެމިނުހުންނާނެ ކަމަށެވެ.

މަހުލޫފުގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، އެ މައްސަލާގައި އެއް ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން މިއަދު "އަދަދު"އަށް ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހާ ހަމައަށް މަހުލޫފުގެ މައްސަލަ ދިޔުމާއެކު، އޭނާގެ އިސްތިއުފާއަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލި އެވެ. އަދި، އޭނާ މަގާމުން ވަކިކުރުމަށް ރައީސްއަށް ވެސް ގޮވާލި އެވެ. އެކަމަކު، މިހާތަނަށް އެފަދަ ނިންމުމެއް ނެތެ އެވެ.

މީގެކުރިން ވެސް މަހުލޫފު ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ދައުވާ އުފުލައިފިނަމަ، މަގާމު ދޫކޮށްލައްވާނެ ކަަމަށެވެ. އަދި، ސަރުކާރުން ވެސް ވަނީ ދައުވާކޮށްފިނަމަ މަގާމުން ވަކިކުރާނެ ކަމަށް ބުނެފަ އެވެ.

މަހުލޫފުގެ މައްޗަށް ހިންގި ތަހުގީގާއި ތުހުމަތުތައް

މަހްލޫފްގެ މައްޗަށް ދައުވާކުރަން މި ފޮނުވީ ފުލުހުންނާއި އެސެޓް ރިކަވަރީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީ އޮފީހުގެ ވެސް ބައިވެރިވުމާ އެކު ހިންގި ތަހުގީގަށް ފަހު އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ނިންމައި ދައުވާކޮށްދޭން ފުލުހުންނަށް ހުށަހެޅުމުން ދައުވާ ނުކޮށް ގިނަ ދުވަސްތަކެއް ހޭދަވި އެވެ. ފަހުން އެ މައްސަލަ ފޮނުވީ އޭސީސީއަށެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ފައިސާ ލިބިފައިިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނިގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.

"އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ" އޭސީސީން ބުނެފައިވެ އެވެ.

ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox