އަންމަޓީ ބުނަނީ އޭނާ ނުފިލާ ކަމަށް، ދިފާއުގައި ގޯސްކުރީ އެޗްޑީސީ

އަންމަޓީ މިއަދު ޝަރީއަތުގެ އަޑުއެހުމުގައި: އޭނާ ވަނީ ދިފާއުވާން އެޗްޑީސީ ގޯސްކޮށްފައި.

އަންމަޓީ މިއަދު ޝަރީއަތުގެ އަޑުއެހުމުގައި: އޭނާ ވަނީ ދިފާއުވާން އެޗްޑީސީ ގޯސްކޮށްފައި.

ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ އެމްޑީ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ދިފާއުވުމަށް އެޗްޑީސީ ގޯސްކޮށް، ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކައިފި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2015ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި އެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ވަނީ ކޮށްފަ އެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.

Advertisement

ސީލައިފްގެ ފްލެޓްތައް ފައިސާ ނެގުމަށްފަހު ހަވާލުނުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލައިފަ އެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ. މިއަދު ވަނީ އެ މައްސަލާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ.

ދޫނިދޫ ޖަލުގައި ބަންދުގައި ހުރި އަންމަޓީ އަޑުއެހުމަށް އައިސް އިނީ ގާނޫނީ ވަކީލަކާއެކުގައެއް ނޫނެވެ. އެހެންވެ، އޭނާ އެދުނީ މައްސަލަ ވަކީލަކު އައްޔަން ކުރުމަށްފަހު ކުރިއަށް ގެންގޮސްދިނުމަށެވެ. އޭނާގެ އެ އެދުމަށް ދައުލަތުން އިއުތިރާޒެއް ނުކުރެ އެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ އިބްތިދާއީ އަޑުއެހުން ވަކީލުން އައްޔަންކުރުމަށްފަހު ބޭއްވުމަށެވެ.

ދެން ކުރިއަށް ގެންދިޔައީ އޭނާގެ ބަންދު މުރާޖައާ ކުރުމުގެ މަޖިލީހެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް އިބްރާހިމް ނާސިރު އެދުނީ އަންމަޓީ ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށެވެ. އެގޮތަށް އެދުނީ މައްސަލާގެ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމާއި ޝަރީއަތަށް ފިލައިދާނެ ކަމަށް އަދި، މުޖުތަމައުއަށް ނުރައްކާވާ ފަދަ މީހަކަށް އޭނާ ވާތީ ކަމަށް ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މައްސަލާގައި ހެކި ބަސް ދޭން ތިބީ ސީލައިފް ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، އެމީހުންނަށް ނުފޫޒު ފޯރުވަދާނެކަމުގެ އިހުތިމާލު އެބަ އޮތެވެ. އެ ހެކިތަކަކީ މައްސަލައަށް ވަރަށް މުހިންމު ހެކިތަކެއްކަން ފާހަގަކުރެއްވި އެވެ. އަދި، އޭނާއަކީ އާންމުންގެ ގިނަ ބަޔަކަށް ހިޔާނަތްތެރިވެފައިވާ މީހެއް ކަމާއި އެއީ މުޖުތަމައުއަށް ނުރައްކާވާ ފަދަ މީހެއް ކަމަށް ބެލެވިދާނެ ހާލަތެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި، މީގެކުރިން ވެސް އަންމަޓީ ތަހުގީގަށް ފިލައިގެން އުޅުނު ކަމާއި، އޭނާ ހޯދުމަށް އިންޓަޕޯލް ނެރެން ޖެހުނު ކަމެވެ. އެހެންވެ، ދެން ވެސް އޭނާ ފިލައިދާނެ ކަމަށް ބަލަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަންމަޓީގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓާފައެއް ނޫނެވެ.

މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގެ ތެރެއިން: ވަކީލުން އެދުނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް
މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގެ ތެރެއިން: ވަކީލުން އެދުނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް

މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގެ ތެރެއިން: ވަކީލުން އެދުނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް

"ދެ ބަދަ ފިތި، މައި ނާރު ވެސް ފިތެނީ"

މީގެކުރީގެ ބަންދު މަޖިލީހުގައި އަންމަޓީ ވަނީ އޭނާގެ ބަލި ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކައި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެފަ އެވެ. އެކަމަކު، ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، އަންމަޓީއަށް އެކަށީގެންވާ ފަރުވާ ގެންދަނީ ފޯރުކޮށްދެމުންނެވެ. އޭނާގެ ސިއްހީ ހާލަތަށް އިހުމާލުވަމުން ނުދާ ކަމާއި މާދަމާއަށް ވެސް އޭޑީކޭ އެޕޮއިންޓްމެންޓެއް ހަމަޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.

ދައުލަތަށް ރައްދު ދެމުން އަންމަޓީ ވަނީ އޭނާގެ ބަލި ހާލަތާ ގުޅޭ ގޮތުން އަނެއްކާވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މައިބަދައިގެ ދެ ބަދަ ފިތި، މައި ނާރު ފިތެމުންދާ ކަމަށެވެ. އެހެންވެ، އޭނާއަށް ގިނައިރު އިށީނދެވެސް ނީންދެވޭ ކަމާއި އެގޮތަށް ނުހިނގޭ ހާލަތްތައް ވެސް އަންނަ ކަމަށެވެ. އޭނާ ބުނި ގޮތުން، އެ ސިއްހީ ހާލަތަށް އެކަށީގެންވާ ފަރުވާއެއް ނުލިބެ އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލް ވިދާޅުވީ، ބަންދުގައި އޭނާއަށް ފަރުވާ ލިބެމުންދާ ކަމާއި، އެ ކަމަކީ އޭނާ ބަންދުން ދޫކޮށްލުމަށް ރިއާޔަތް ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ދައުލަތަށް ފިލާފައެއް ނޯންނާނެ: އަންމަޓީ

ދެން އަންމަޓީ ރައްދު ދިނީ، އޭނާގެ މައްޗަށް އަމާޒުވާ ތުހުމަތުތަކާ ގުޅޭ ގޮތުންނެވެ.

އޭނާ ބުނި ގޮތުގައި، ސީލައިފްއަށް ފައިސާ ދިން މީހުންނަށް ފްލެޓް ނުދެވި، އަދި، އެމީހުން ދެއްކި ފައިސާ އަނބުރާ ނުދެއްކުނީ ވެސް އެޗްޑީސީއާ ހެދި އެވެ. އެޗްޑީސީން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވަމުން ދިޔަ ކަމާއި، އެކަން ކޯޓުތަކުން ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި، ރައީސް އޮފީހުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް އަންމަޓީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއްބަސްވުމުގެ ދަށުން ސީލައިފްއިން ބޭންކް ގެރެންޓީއެއްގެ ގޮތުން ބެހެއްޓި އެއް މިލިއަން ރުފިޔާ އެޗްޑީސީން އެއްބަސްވުމާ ހިލާފަށް ނެގި ކެމެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އެއްވެސް ހާލަތެއްގައި ބޭންކް ގްރެންޓީ ފައިސާ ނުނެގޭނެ ކަމަށް އޭގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރި އެވެ.

"ފައިސާ އަނބުރާ ނުދެވުނީ އެޗްޑީސީން އެއްބަސްވުމާ ހިލާފުވީމަ، ބޭންކް ގެރެންޓީގެ ގޮތުގައި ބެހެއްޓި އެއް މިލިއަން ރުފިޔާ އެއްބަސްވުން ޓާމިނޭޓް ވެސް ކުރުމަކާ ނުލާ އެޗްޑީސީން ނެގުމުގެ ސަބަބުން ފައިސާ ދިން މީހުންނަށް ފައިސާ ނުދެވުނީ،" އަންމަޓީ ބުންޏެވެ.

"މިކަންކަން ސާބިތު ކުރާނެ ގާބިލް ކަމާއި ކެރުން އަޅުގަނޑު ކިބައިގައި އެބަހުރި،"

އަންމަޓީ: އޭނާ ނުފިލާ ކަމަށް ބުނި
އަންމަޓީ: އޭނާ ނުފިލާ ކަމަށް ބުނި

އަންމަޓީ: އޭނާ ނުފިލާ ކަމަށް ބުނި

އަންމަޓީ ބުނި ގޮތުގައި އޭނާ އެއްވެސް އިރެއްގައި ފިލައިގެން ނޫޅެ އެވެ. އިންޓަޕޯލް ނެރުނުއިރު ވެސް އޭނާ ދިޔައީ ފުލުހުންނަށް މައުލޫމާތު ފޯރުކޮށްދެމުން ކަމާއި ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާ ލަންކާ އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން އުޅޭތީ އެވެ.

"ދިވެހި ދައުލަތަށް އަޅުގަނޑު ފިލާފައެއް ނުވާނެ،" އަންމަޓީ ބުންޏެވެ. "ފުލުހުންގެ އައިއޯއަށް 200 އަށް ވުރެ ގިނަ މެސެޖްތައް ކުރިން، ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ބައިވެރިވަމުން ދިޔައިން،"

އަންމަޓީގެ އެ ވާހަކަތައް ދެއްކި ނަމަވެސް، ގާޒީ ހަސަން ސައީދު ނިންމެވީ އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް، އޭނާގެ ވަކީލުން ނެތުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި ބަންދަށް ޖެހީ ހަތް ދުވަހެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމާނީ ހަތް ދުވަސް ފަހުން ބާއްވާ އަޑުއެހުމެއްގައި ވިދާޅުވެ، ގާޒީ މިއަދުގެ މަޖިލިސް ނިންމާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox