އަސްހަދު ޖާމިނުވި އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދެއް ނާދޭ

އަލީ ވަހީދު: އަސްހަދުގެ ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ރާއްޖެ ވަޑައިގެންފައެއް ނުވޭ - ފޮޓޯ: ރައީސް އޮފީސް

އަލީ ވަހީދު: އަސްހަދުގެ ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ރާއްޖެ ވަޑައިގެންފައެއް ނުވޭ - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިއަދަށް ހަމަވާއިރު ވެސް އަލީ ވަހީދު ރާއްޖެ ވަޑައިނުގެންނެވި އެވެ.

ކުރިމިނަލް ކޯޓުގައި މާދަމާ، އަލީ ވަހީދުގެ މައްސަލާގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، އެ އަޑުއެހުމުގެ ކުރިން ވެސް ރާއްޖެ ވަޑައިގެންނެވުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވާކަން ކޯޓަށް ފޮނުއްވި ސިޓީން ހާމަވެ އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭން ބޭރުގައި ހުންނަވައި، އަލީ ވަހީދު ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވަނީ އޭނާގެ ބޭސްފަރުވާ އަދިވެސް ނިމިފައިނުވާ ކަމަށް ބުނެފަ އެވެ. އެ ސިޓީގައި މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވަނީ އެދިފަ އެވެ.

އެ ސިޓީ ކުރިމިނަލް ކޯޓަށް ލިބިފައިވާކަން "އަދަދު"އަށް އޮފިޝަލަކު ވަނީ ޔަގީންކޮށްދީފައިވީ ނަމަވެސް، މިކަމުގައި ކުރިމިނަލް ކޯޓުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، އެކަމުގައި ކުރިމިނަލް ކޯޓުން ނިންމާފައިވާ ގޮތެއް އަދި ސާފެއް ނުވެ އެވެ.

އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމަށް ކުރިމިނަލް ކޯޓުގައި އަލީ ވަހީދު އެދިފައިވީ ނަމަވެސް، މިއީ ކުރިމިނަލް ކޯޓުގައި އަމަލު ކުރަމުން އަންނަ ގޮތެއް ނޫންކަން ފާހަގަކޮށްލެވެ އެވެ.

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް ކުރުމާ އެކު، ވަކި މުއްދަތެއް ނެތް ގޮތަށް އަލީ ވަހީދު ފުރުން މަނާކޮށްފައި އޮއްވައި އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި އެވެ. އެ އަމުރު ބާތިލްކުރީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން އަސްހަދު ދެއްވައި ޖާމިނުވުމުންނެވެ.

އެ އެއްބަސްވުން އެކުލަވާލީ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ކަމުން، މިއަދު އެ މުއްދަތު ހަމަވާނެ އެވެ.

މާދަމާއަށް އަޑުއެހުމެއް ތާވަލްކުރީ ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދަށް ފިޔަވަޅު އަޅައިދިނުމަށް އެދި، ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަޑުއެހުން ތާވަލުކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިފައިވަނިކޮށެވެ.

ހަތަރު މަސް ދުވަހަށް އަސްހަދު ޖާމިނުވެފައިވަނީ، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން އިގުރާރުގައި އޭނާ ދެއްވާފައިވެ އެވެ.

"...ހަތަރު މަސް ދުވަހުގެ މުއްދަތުގައި އަލީ ވަހީދު ނުފިލާނެ ކަމަށް އަދި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެ އަނބުރާ ގެންނާނެ ކަމަށް އިގުރާރުވަމެވެ. އަދި އަހުރެންގެ އިހުމާލުން މި ލިޔުމުގައިވާ ކަންތައްތައް ފުރިހަމަ ނުކުރެވިއްޖެނަމަ އަހުރެންނާމެދު ފިޔަވަޅު އެޅޭނެކަން އަހުރެންނަށް އެނގެއެވެ،" އަސްހަދުގެ އިގުރާރުގައިވެ އެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވެފައިވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.

އޭނާ އުޅޭ ތަނެއް ހޯދުމަށް މަތީ މަރުހަލާގެ ދެ ކޯޓުން ވެސް އަސްހަދަށް ގުޅި އެވެ. އެކަމަކު، އޭނާ ވިދާޅުވެފައިވަނީ އަލީ ވަހީދު ވީ ތަނެއް އޭނާއަށް ނޭނގޭ ކަމަށެވެ. ޖާމިނު އެއްބަސްވުމާ ހިލާފުވުމަކީ އެއަށް ގާނޫނުގައި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމެކެވެ.

އެގޮތުން، އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމާއި ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ 15,000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން އަދި، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުން ފަދަ އަދަބެއް ދެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox