ކޮޕަ އެމެރިކާ: ބޮއިކޮޓް ނުކުރިޔަސް ބްރެޒިލް ކުޅުންތެރިން މުބާރާތް ހޯސްޓްކުރުމާ ދެކޮޅު

Jun 9, 2021, 12:19 PM
ކޮޕަ އެމެރިކާ: ބޮއިކޮޓް ނުކުރިޔަސް ބްރެޒިލް ކުޅުންތެރިން މުބާރާތް ހޯސްޓްކުރުމާ ދެކޮޅު

ރިއޯ ޑި ޖަނޭރޯ (ޖޫން 9) - ކޮވިޑް-19ގެ ހާލަތު ބްރެޒިލްގައި ގޯސްވެފައިވާ ވަގުތެއްގައި އެ ގައުމުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަން ނިންމާފައިވާތީ އެކަމާ މެދު ބްރެޒިލްގެ ކުޅުންތެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ވަކިވަކިން ކޮންމެ ކުޅުންތެރިއަކު ބަޔާނެއް ނެރެފި އެވެ.

މުބާރާތް ހޯސްޓްކުރުމާ މެދު ބްރެޒިލްގެ އާންމުންގެ ހިތްހަމަަނުޖެހުންތައް ހުރުމުން ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކަަމަކު ކުޅުންތެރިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ އާދިއްތަ ދުވަހު ފަށަން ނިންމާފައިވާ މުބާރާތް ބޮއިކޮޓް ނުކުރާނެ ކަމަށެެވެ.

"ވަރަށް ބައިވަރު ސަބަބުތަކާ ހުރެ އިންސާނިއްޔަތާއި ޕްރޮފެޝަނަލް އުސޫލުން ބަލާއިރު ކޮޕަ އެމެރިކާއާ ގުޅިގެން ކޮންމެބޯލް (ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން) އިން އަމަލުކޮށްފައިވަނީ ރަނގަޅަކަށް ނޫން،" ބްރެޒިލް ކުޅުންތެރިންގެ ބަޔާނުގައިވެ އެވެ."މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،"

Advertisement

ސިޔާސީ ހަމަނުޖެހުންތަކާއި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މި ފަހަރު ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ހޯސްޓް ކުރަން ބެލި އާޖެންޓީނާ އާއި ކޮލަމްބިއާގައި އެކަން ނުކުރެވުނެވެ. ބިޑަށް ހުޅުވާލައިގެން ކޮޕަ އެމެރިކާ ހޯސްޓްކުރަން ދިން ފުރުސަތުގައި ބްރެޒިލް އިން މުބާރާތް ބޭއްވުމުގެ ފުރުސަތު ހޯދި އެވެ.

ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އެ ނިންމުން ދިފާއުކުރައްވައި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ބްރެޒިލް ކުޅުންތެރިން އެ ކުޅުންތެރިންގެ ޝުއޫރުތައް ފާޅުކުރީ މި މަހު ކުޅެން އޮތް ވޯލްޑް ކޮލިފައިން ދެކުނު އެމެރިކާ މުބާރާތުގެ ފަހު މެޗަށް ފަހު އެވެ. ޕެރަގުއޭ އަތުން ރޭ ބްރެޒިލް މޮޅުވިއިރު، މިއީ ޕެރަގުއޭގައި 1985 ވަނަ އަހަރަށް ފަހު ބްރެޒިލްގެ ފުރަތަމަ މޮޅެވެ.

ޝުއޫރު ފާޅުކޮށް ކުޅުންތެރިން އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓްތަކުގައި ވަނީ ކޮޕަ އެމެރިކާ ހޯސްޓްކުރަން ބްރެޒިލް ސަރުކާރުން ނިންމިއިރު މީގެ އާންމުން ދެކޭގޮތާއި ކުޅުންތެރިންގެ ވިސްނުމަކީ ކޮބައިތޯ އޮޅުންފިލުވާފައިނުވަނީ ކީއްވެތޯ ކުޅުންތެރިން ވަނީ ސުވާލުކޮށްފަ އެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ބްރެޒިލް އިން 475،000 މީހުން ވަނީ މަރުވެފަ އެވެ. އަދި މި މަހު ކޮވިޑްގެ އިތުރު ރާޅެއްގެ އިންޒާރު ބްރެޒިލްގެ ސިއްހީ މާހިރުން ވަނީ ދީފަ އެވެ.

ބްރެޒިލުން ވަނީ 2019 އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިހާރު އޮތްގޮތުން އަންނަ އާދިއްތަ ދުވަހު މި ފަހަރުގެ ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. ދެން އެ ގްރޫޕްގައި އޮތީ ކޮލަމްބިއާ އާއި އެކުއެޑޯ އަދި ޕެރޫ އެވެ.

ކޮޕަ އެމެރިކާ ހޯސްޓްކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބްރެޒިލްގެ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ. ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަސްވެގެން ހުކުރު ދުވަހު ކޮޕަ އެމެރިކާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އަމުރެއް ނެރޭނެ އެވެ.

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox