ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހަދައިދޭން އަލީ ވަހީދު އެދިއްޖެ

އަލީ ވަހީދު: އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހަދައިދޭން ވަނީ އެދިފައި --

އަލީ ވަހީދު: އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހަދައިދޭން ވަނީ އެދިފައި --

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އޭނާ އެދިއްޖެ އެވެ.

ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދު، ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއްގައި މާދަމާގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ކަމަށް އެދިފައިވާކަން "އަދަދު"އަށް އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް، މިކަމުގައި ކުރިމިނަލް ކޯޓުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

އެހެންވެ، އެކަމުގައި ކުރިމިނަލް ކޯޓުން ނިންމާފައިވާ ގޮތެއް އަދި ސާފެއް ނުވެ އެވެ.

Advertisement

އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމަށް ކުރިމިނަލް ކޯޓުގައި އަލީ ވަހީދު އެދިފައިވީ ނަމަވެސް، މިއީ ކުރިމިނަލް ކޯޓުގައި އަމަލު ކުރަމުން އަންނަ ގޮތެއް ނޫންކަން ފާހަގަކޮށްލެވެ އެވެ.

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް ކުރުމާ އެކު، ވަކި މުއްދަތެއް ނެތް ގޮތަށް އަލީ ވަހީދު ފުރުން މަނާކޮށްފައި އޮއްވައި އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި އެވެ. އެ އަމުރު ބާތިލްކުރީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން އަސްހަދު ދެއްވައި ޖާމިނުވުމުންނެވެ.

އެ އެއްބަސްވުން އެކުލަވާލީ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ކަމުން، މިއަދު އެ މުއްދަތު ހަމަވާނެ އެވެ.

މާދަމާއަށް އަޑުއެހުމެއް ތާވަލްކުރީ ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދަށް ފިޔަވަޅު އަޅައިދިނުމަށް އެދި، ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަޑުއެހުން ތާވަލުކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިފައިވަނިކޮށެވެ.

ހަތަރު މަސް ދުވަހަށް އަސްހަދު ޖާމިނުވެފައިވަނީ، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން އިގުރާރުގައި އޭނާ ދެއްވާފައިވެ އެވެ.

"...ހަތަރު މަސް ދުވަހުގެ މުއްދަތުގައި އަލީ ވަހީދު ނުފިލާނެ ކަމަށް އަދި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެ އަނބުރާ ގެންނާނެ ކަމަށް އިގުރާރުވަމެވެ. އަދި އަހުރެންގެ އިހުމާލުން މި ލިޔުމުގައިވާ ކަންތައްތައް ފުރިހަމަ ނުކުރެވިއްޖެނަމަ އަހުރެންނާމެދު ފިޔަވަޅު އެޅޭނެކަން އަހުރެންނަށް އެނގެއެވެ،" އަސްހަދުގެ އިގުރާރުގައިވެ އެވެ.

ނަމަވެސް، މިހާތަނަށް ވެސް އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވެފައިވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.

އޭނާ އުޅޭ ތަނެއް ހޯދުމަށް މަތީ މަރުހަލާގެ ދެ ކޯޓުން ވެސް އަސްހަދަށް ގުޅި އެވެ. އެކަމަކު، އޭނާ ވިދާޅުވެފައިވަނީ އަލީ ވަހީދު ވީ ތަނެއް އޭނާއަށް ނޭނގޭ ކަމަށެވެ. ޖާމިނު އެއްބަސްވުމާ ހިލާފުވުމަކީ އެއަށް ގާނޫނުގައި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމެކެވެ.

އެގޮތުން، އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމާއި ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ 15,000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން އަދި، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުން ފަދަ އަދަބެއް ދެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox