އިންތިގާލީ އިންސާފުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލަނީ

އިންތިގާލީ އިންސާފުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލަނީ

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހަޅަން ހުޅުވާލަން ނިންމައި، ބައެއް މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

ރާއްޖޭގެ މިހާތަނަށް އޮތް ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި މީހަކަށް އަނިޔާ ދިނުމަށް ހިންގާފައިވާ ކަންކަން ބެލުމަށް ހަދާފައިވާ އިންތިގާލީ އޮފީހުން ބުނި ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.

މިއީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރަން ތައްޔާރުވަމުންދާ މައްސަކަތެކެވެ. އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ދެ އަހަރު ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މިއަދުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވިދާޅުވި ގޮތުގައި އެ އޮފީހުގެ މަގުސަދަކަށްވާނީ ނިޒާމާ ހިލާފަށް، އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ ކަންކަން ދެނެގަނެ، އެކަންކަމުގައި ފިޔަވަޅުތައް އެޅުން ކަމަށެވެ.

އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނުގައި ބުނެފައިވާ ހައްލުތައް ހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޖިހާދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަނިޔާގެ ބަދަލު ހޯދައިދިނުމަށާއި މުއައްސަސާތައް އިސްލާހު ކުރުމަށް މަސައްކަތް ކުރާނެ އެވެ.

"އެންމެ މުހިންމު ކަމަކީ ތަހުގީގުތަކުން ހާމަވާ ކަންތައްތަކުގައި މުއައްސަސާތައް އިސްލާހު ކުރުމަށް ދޭން ޖެހޭ ލަފާތައް ދިނުން،" ޖިހާދާ ވިދާޅުވި އެވެ.

ޖިހާދާ ވިދާޅުވި ގޮތުގައި، މީހަކަށް އަނިޔާ ލިބިފައިވަނީ މުއައްސަސާއެއްގެ އޮތް އުސޫލެއްގެ ސަބަބުން ކަމަށްވާނަމަ އެކަންކަން ބަދަލުކުރުވާނެ އެވެ. އަދި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭގެއިތުރުން އެފަދަ ކަންކަން ވީހާވެސް ގިނަ ބަޔަކަށް އަންގައިދީ، އަނިޔާ ލިބުނު މީހާގެ ވާހަކަތައް މުޅި ގައުމަށް ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ޕަބްލިކް ހިޔަރިންތަކެއް ކުރިއަށް ގެންދާނެކަން ޖިހާދާ ފާހަގަ ކުރެއްވި އެވެ.

"އެއީ އާންމުންނާއި މީޑިއާއަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ކަމެއް، އެ ޕަބްލިކް ހިޔަރިންގައި އަނިޔާ ލިބުނު ފަރާތަށް އޭނާގެ ވާހަކަތައް ކިޔައިދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ،" ޖިހާދާ ވިދާޅުވި އެވެ.

ޖިހާދާ: ބޭނުން ވަނީ އަނިޔާ ލިބުނު ފަރާތްތަކަށް ތަސައްލީއެއް ދޭން ކަމަށް ވިދާޅުވި
ޖިހާދާ: ބޭނުން ވަނީ އަނިޔާ ލިބުނު ފަރާތްތަކަށް ތަސައްލީއެއް ދޭން ކަމަށް ވިދާޅުވި

ޖިހާދާ: ބޭނުން ވަނީ އަނިޔާ ލިބުނު ފަރާތްތަކަށް ތަސައްލީއެއް ދޭން ކަމަށް ވިދާޅުވި

އޮމްބަޑްސްޕާސަން މަރިޔަމް ލައިސާ ވިދާޅުވި ގޮތުގައި ޕަބްލިކް ހިޔަރިންތައް ބާއްވާނެ އުސޫލެއް މިހާރު ވަނީ އެކުލަވާލާފަ އެވެ. އެގޮތުން އެ އުސޫލުގައި ޕަބްލިކް ހިޔަރިންތައް ބާއްވާނެ ހާލަތްތައް ވަނީ ކަނޑައަޅާފަ އެވެ.

އުސޫލުގައިވާ ގޮތުން އާންމުކޮށް ހުޅުވާލައިގެން ޕަބްލިކް ހިޔަރިންއެއް ބާއްވާނީ އެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައަކަށްވެފައި އޭގައި އިންސާނީ ހައްގުތައް ގެއްލިގެންދާ ފަދަ ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ މައްސަލައަކަށްވާނަމަ އެވެ.

އަދި، އަނިޔާ ލިބިފައިވާ މަސްލަހަތުގައި ޕަބްލިކް ހިޔަރިން ބޭއްވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފެންނަ ހާލަތުގައި ވެސް އެގޮތަށް އަޑުއެހުން ކުރިއަށް ގެންދާނެ އެވެ. އޭގެއިތުރުން އަނިޔާލިބޭ މީހާ އަމިއްލަ އެދިއްޖެނަމަ ނުވަތަ އާންމު މަސްލަހަތު އިންތިހާއަށް އޮތް މައްސަލައަކަށްވާ ނަމަވެސް، ޕަބްލިކް ހިޔަރިންތައް ބާއްވާނެ އެވެ.

ލައިސާ ވިދާޅުވި ގޮތުގައި، ހުށަހެޅޭ މައްސަލަތަކުގައި އެންމެ އިސްކަމެއް ދޭނީ ދެ ފަރާތުގެ ވެސް އިހުސާސްތައް ދެނެގަނެ، ސުލްހަވެރި ބަދަލެއް ހޯދައިދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި އިސްކަން ދެނީ ސުލްހައިގައި މައްސަލަތައް ކުރިއަށް ގެންދިޔުމަށްޓަކައި ކަމަށެވެ.

ސުލްހަކުރުމުގެ އިޖުރާއަތްތައް ވެސް މިހާރު ކަނޑައަޅާފައިވާނެ ކަމަށާއި، އެ އިޖުރާއަތްތަކުގެ ސުލްހަ ގާއިމް ނުކުރެވިއްޖެނަމަ، އިތުރު ގޮތްތައް އަނިޔާ ލިބުނު މީހާއަށް ބަދަލު ހޯދައިދިނުމަށް ކުރާނެ ކަމަށް ލައިސާ ވިދާޅުވި އެވެ. އެގޮތުން، ޖިނާއީ ކަމެއް ހިމެނޭނަމަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާއި މަދަނީ ދައުވާތައް އުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު މައްސަކަތެއް، ދޭން ބޭނުން ވަނީ ތަސައްލީއެއް

އިންތިގާލީ އިންސާފުގެ އޮފީހުގެ މެންޑޭޓަށް ބޮޑު ޒިންމާއެއް ހަވާލުކޮށްފައިވާއިރު، ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިޒާމީ ގޮތެއްގައި ރޭވިގެން މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް އެ އޮފީހުން ބަލަން ޖެހޭނެ އެވެ.

އެހެންކަމުން އެހާ ބޮޑު މަސައްކަތެއް އެ އޮފީހަށް ކުރެވިދާނެތޯ ނުވަތަ އެ ގާބިލްކަން ހުރިތޯ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތައް އަމާޒުވި އެވެ. އަދި، އެހާ ގިނަ އަހަރުތަކެއްވެފައިވާ މައްސަލަތަކަށް ބޭނުންވާ ހެކި ލިބޭނެތޯ އާއި އެފަދަ މައްސަލަތަކުގައި ހޯދައިދެވޭނީ ކޮން ބަދަލެއްތޯ ކަމާމެދު ވެސް ސުވާލުތައް އަމާޒުވި އެވެ.

ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖިހާދާ ވިދާޅުވި ގޮތުގައި، އިންތިގާލީ އިންސާފުގެ އޮފީހުން ބޭނުން ވަނީ އަނިޔާ ލިބިފައިވާ ފަރާތްތަކަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ދޭން ކަމަށެވެ.

"ކޮންމެ މައްސަލައަކީ ހެކި ނުލިބިދާނެ މައްސަލަތަކެއް، އެކަމަކު އެ ފަރާތްތަކުގެ ވާހަކަތައް ޕަބްލިކްއާ ހިއްސާ ކުރެވި، އެ ފަރާތްތަކަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުންތަކެއް އެބަ ގެނެސްދޭ، ޕަބްލިކް ހިޔަރިންތަކަކީ އެހެން ގައުމުތަކުގައި ވެސް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިފައިހުރި ކަމެއް،" ޖިހާދާ ވިދާޅުވި އެވެ.

ޗީފް އޮމްބަޑްސްޕާސަންއަބްދުއްސަލާމް އާރިފް ވިދާޅުވި ގޮތުގައި އޮފީހުގެ މަސައްކަތަކަށް ވާނީ އިންސާނީ ހައްގުތަކާ ދެކޮޅަށް ހިނގާފައިވާ ކަންކަމަކީ ނުބަލާ ދޫނުކޮށްލާނެ ކަންކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

"މިއީ ބަދަލު ހިފުމުގެ ގޮތުން އޮތް ގާނޫނެއްގެ ގޮތުން ނުދެކުން އެދެން، އެއީ ގާނޫނުގައި ވެސް ކަނޑައަޅާފައެއް ނުއެއްވޭ، ބަޔާންކޮށްފައިމިވަނީ ކަމުގެ ހަގީގަތް ހޯދައި، ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި މަސައްކަތް ކުރުން،" ސަލާމް ވިދާޅުވި އެވެ.

ލައިސާ: އަންނަން އޮތް ޖީލުތަކަށް ފިލާވަޅެއް ނަގައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
ލައިސާ: އަންނަން އޮތް ޖީލުތަކަށް ފިލާވަޅެއް ނަގައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

ލައިސާ: އަންނަން އޮތް ޖީލުތަކަށް ފިލާވަޅެއް ނަގައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

ލައިސާ ވިދާޅުވި ގޮތުގައި، އިންސާފު ހޯދައިދިނުމުގެ އިތުރުން އިންތިގާލީ އޮފީހުގެ މަސައްކަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަންނަން އޮތް ޖީލުތަކަށް ވެސް ފިލާވަޅެއް ނަގައިދިނުން ކަމަށެވެ.

"އަންނަން އޮތް ޖީލުތަކަށް ފިލާވަޅެއްގެ ގޮތުން އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބަޔަކު އެފުއްދުން މައިގަނޑު މަސައްކަތަކަށް ވެގެންދާނީ،" ލައިސާ ވިދާޅުވި އެވެ.

ސަލާމް ވިދާޅުވި ގޮތުގައި، ދައުލަތުގެ އިދާރާތަކުން ވަރަށް ބޮޑު ޔަގީންކަމެއް މައްސަލަތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީން އަރުވާ ކަމަށެވެ. އެހެންކަމުން، އެ އޮފީހުގެ މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ އަޅުގަނޑުމެންގެ މަސައްކަތަކީ ވަރަށް ގަބޫލު ކުރެވޭނެ މަސައްކަތްތަކަށް ވާނެކަން،" ސަލާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox