މަރުވެފައިވާ ކަނޑުގެ ދިރުންތައް ލަންކާ ގޮނޑުދޮށަށް ލައްގަނީ

ލަންކާގެ ގޮނޑުދޮށަށް ލައްގާފައި އޮތް މަރުވެފައިވާ ކޯމަހެއް.-- ފޮޓޯ: ޑެއިލީ މިރާ

ލަންކާގެ ގޮނޑުދޮށަށް ލައްގާފައި އޮތް މަރުވެފައިވާ ކޯމަހެއް.-- ފޮޓޯ: ޑެއިލީ މިރާ

ކެމިކަލް ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓެއްގައި ސްރީލަންކާ ކައިރިން ރޯވެ ހިނގި ހާދިސާއަށް ފަހު އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް މަރުވެ، ލަންކާގެ ގޮނޑުދޮށަށް ލައްގަން ފަށައިފި އެވެ.

ލަންކާގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި އާދީއްތަ ދުވަހުގެ ނިޔަލަށް 10 ވެލާ އާއި ކޯމަހަކާއި، ކަނޑުމަތީގައި އުޅޭ ދޫންޏާއި އެހެނިހެން މަސް ފަދަ ތަކެތި މަރުވެގެން ލައްގާފައި ވެ އެވެ.

ކަނޑުގެ ދިރުންތައް މަރުވެގެން ލައްގަމުން ދަނީ ކީއްވެތޯ ބެލުމުގެ ތަހުގީގު ވަނީ ފަށާފަ އެވެ. ވެލާއަކީ ލަންކާގައި ހިމާޔަތްކޮށްފައިވާ ދިރުމަކަށް ވާތީ އެ ތަކެތި ތަހުލީލުގެ ބޭނުމަށް ނެގީ ކޯޓު އުމުރެއްގެ ދަށުންނެވެ.

މަރުވެގެން ލައްގާފައިވާ ބައެއް ވެލާތަކުގައި އަނިޔާވެފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ރިޕޯޓުތައް ބުނާ ގޮތުން އަނިޔާގެ ނިޝާން ހުރި އެ ވެލާތަކަކީ ބޯޓުގައި ރޯވެ ހިނގި ހާދިސާގެ ސަބަބުން މަރުވި ވެލާތަކެއް ކަމަށް ނުބެލެވެ އެވެ.

މަރުވެގެން ލައްގާފައިވާ ވެލާތަކެއް.-- ފޮޓޯ: ޑެއިލީ މިރާ
މަރުވެގެން ލައްގާފައިވާ ވެލާތަކެއް.-- ފޮޓޯ: ޑެއިލީ މިރާ

މަރުވެގެން ލައްގާފައިވާ ވެލާތަކެއް.-- ފޮޓޯ: ޑެއިލީ މިރާ

އެ ވެލާތައް ނޫން އެހެން ދިރުންތައް މަރުވެފައި ވަނީ ބޯޓުގައި ރޯވެ ހިނގި ހާދިސާގެ ސަބަބުންތޯ ޔަގީން ކުރުމަށް މެރީން އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ އާއި އެހެން އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރޯވި ބޯޓު އަޑިއަށް ދާތީ ތިމާވެށީގެ ކާރިސާއެއްގެ ނުރައްކާ

ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ދެ ހަފްތާގެ މަސައްކަތަށް ފަހު މިދިޔަ ހޯމަ ދުވަހު އެވެ. ލަންކާ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައި އެމްވީ އެކްސް-ޕްރެސް ޕާލް ބޯޓު އަޑިއަށް ދާން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ބޯޓުގެ އެއް ބައި މިހާރު ވެސް އަޑީގައި އޮތް އިރު، އިންޑިއާ އާއި ލަންކާ ކަނޑުގެ ސިފައިން ގުޅިގެން ބޯޓު ލަންކާއާ ދުރަށް ކަނޑުގެ ފުން ހިސާބަކަށް ގެންދެވޭތޯ ކުރާ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

ކަނޑުގެ ސިފައިންނާއި ބޯޓުގެ ވެރިފަރާތުން ވެސް ބުނީ އޭގެ ފަހަތު ކޮޅު ވަނީ ކަނޑުގެ 21 މީޓަރު އަޑިއަށް ފެތިފައި ކަމަށާއި ކުރީކޮޅު ވެސް މަޑުމަޑުން އަޑިއަށް ދަމުންދާ ކަމަށެވެ.

ބޯޓުގެ ވެރި ފަރަތް އެކްސް-ޕްރެސް ފީޑާޒް އިން ވަނީ އެ ހާދިސާއާ ގުޅިގެން މައާފަށް އެދި، ތެޔޮ ލީކުވެއްޖެ ނަމަ ސާފު ކުރުމުގައި މަސައްކަތް ކުރާނެ ބޮޑު ޓީމެއް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ނަމަވެސް މިހާތަނަށް ތެލާއި ކެމިކަލް ލީކުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް އެކްސް-ޕްރެސް ފީޑާޒް އާއި ލަންކާގެ ޕޯޓް އޮތޯރިޓީން ވެސް ބުނެ އެވެ.

ބޯޓުގައި ހުރި މުދަލުގެ ބޮޑު ބައިގައި ވަނީ އަނދައިހުލިވެފަ އެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި، ސޯޑިއަމް ހައިޑްރޮކްސައިޑާއި، ލުބްރިކަންޓް އަދި އެހެން ކެމިކަލް ހިމެނެ އެވެ.

ނަމަވެސް ބާކީ ހުރި ކެމިކަލާއި ފިޔުލް ޓޭންކުގައި ހުރި ތެޔޮ ކަނޑަށް ލީކުވުމުގެ ބިރު ބޮޑެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ ކަނޑުގެ ދިރުންތަކަށް އަންދާޒާ ނުކުރެވޭ ވަރުގެއް ގެއްލުމެއް ލިބި، ލަންކާގެ ގޮނޑުދޮށް އިތުރަށް ތަގައްޔަރު ވާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ލަންކާގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ދިމާވި އެންމެ ބޮޑު ހާދިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox