މިޝްކާގެ މަރުގެ އިހުމާލަށް ފިޔަވަޅުތައް އަޅަން ހަފުތާއެއްގެ މުއްދަތު ދީފި

ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު ޖީހާން ބަލަހައްޓަވަނީ: 10 އަހަރުގެ މިޝްކާ މަރުވި މައްސަލަ ކޮމިޓީން ދަނީ ބަލަމުން. -ފޮޓޯ: މަޖިލިސް

ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު ޖީހާން ބަލަހައްޓަވަނީ: 10 އަހަރުގެ މިޝްކާ މަރުވި މައްސަލަ ކޮމިޓީން ދަނީ ބަލަމުން. -ފޮޓޯ: މަޖިލިސް

ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ފާތިމަތު މިޝްކާއަށް ފަރުވާ ދިނުން ލަސްވުމުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީން ވެސް އެއްބަސްވެފައިވާއިރު، އެކަމުގެ ހުރިހާ މައުލޫމާތަކާއި އިހުމާލު ވެފައިވާ ފަރާތްތަކަށް ފިޔަވަޅުއަޅާ އެއްކޮށް ނިންމުމަށް ހަފްތާއެއް ދޭން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.

މިއަދު މަޖިލީހުގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެ މައްސަލާގައި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރު ވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ނަމަވެސް، އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލަކަށް ވަޑައިނުގަންނަވަ އެވެ.

އެ ފިޔަވަޅުތަކާއެކު ވެސް އަދި ގިނަ ކަންތައްތަކެއް ފުރިހަމަ ނުވާ ކަމަށާއި އެހެން ކަމުން ފުރިހަމަ ރިޕޯޓެއް ގެނައުމަށް ހަފްތާއެއް ބޭނުންވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

"މި ކަމަކީ މިދިޔަ ދޮޅު އަހަރު ދުވަސްތެރޭގަ ހިނގަމުން އައި ގޮތަށް އައި އިރު ބެލިފަ ނެތް ކަމެއް، މިކަހަލަ ކަންކަން ވާ ގޮތަކީ މިފަދަ ހާދިސާއެއް ނުހިނގާ ކަމަށް ވަންޏާ އެޓެންޝަން ދެވިފަ ނުހުރޭ. އެހެންވީމަ އެފަދަ ކަންކަމަށް އެލާޓްވެސް ނުވެވެނީ. އެހެންވީމަ އަޅުގަނޑު އެދެނީ ހަފްތާއެއް އަޅުގަނޑަށް ދެއްވަން. އޭރަށް ހުރިހާ ކަމެއް އެއްކޮށް ނިމޭނެ،" ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު އެގޮތަށް އެދިވަޑައިގެންނެވުމުން ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވަނީ ތަފްސީލީ މައުލޫމާތުތަކާއެކު ވަޑައިގެންނެވުމަށް އެއް ހަފުތާގެ މުއްދަތެއް މިނިސްޓަރަށް ދެއްވުމަށް ނިންމާފަ އެވެ. މި މައްސަލާގައި ކޮމިޓީގެ ބައްދަލުވުމެއް ދެން އޮންނާނީ ހަފުތާއެއް ފަހުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ މިޝްކާގެ އާއިލާއަށް ގުޅާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

މިޝްކާގެ ފެމިލީއަށް އަޅުގަނޑު ފޯނުކުރިން. މިޝްކާގެ ބައްޕަ ވިދާޅުވީ މިކަން ވެފައޭ މި އޮތީ. ކުރިއަށް އޮތް ތަނުގަ މިކަހަލަ ކަމެއް ނުހިނގާނެ ގޮތަކަށް ކަންތައްތައް ރާވަދޭށޭ. އެއީއޭ އެންމެ ބޮޑު އެދުމަކީ.

މިޝްކާ މަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިތުރު ހަފްތާއެއް ދޭން ނިންމާފައި ވާއިރު، އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ މިޝްކާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިއުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެޓު ހޭދަވިކަން ހެލްތު މިނިސްޓްރީން ހެދި ދިރާސާ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ހެލްތު މިނިސްޓްރީން އާންމު ކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާއިރު ވެސް އޭނާގެ ހާލު ބަލާފައެއް ނުވެ އެވެ. އަދި އެޗްއީއޯސީގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ކެއާ ކްލަސްޓާ އިން ވެސް އަޅައެއް ނުލި އެވެ. އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން ތަކުރާރުކޮށް ކޯލް ސެންޓަރަށް ގުޅުމުން ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައެއް ނުވެ އެވެ. އެކަމަކު، އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ބެލެނިވެރިންނަށް ދިނީ ދޮގު މައުލޫމާތެވެ.

އެންމެފަހުން މިޝްކާ ބަލައި، އެމްބިއުލާންސް ފޮނުވީ ބެލެނިވެރިންގެ ފަރާތުން މީހަކު ދަރުބާރުގެއަށް ގޮސް އެކަމަށް އެދުމުންނެވެ. އެމްބިއުލާންސްއަށް މިޝްކާ އެރުވިއިރު އޮތީ ހަބަރު ހުސްވެފަ އެވެ. އޭނާ މަރުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނިކޮށް އޭގެ 24 ގަޑިއިރު ފަހުންނެވެ.

މިޝްކާގެ މަރުގައި އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީގެ ރިވިއު ރިޕޯޓުގައި އެއްބަސްވެފައިވެ އެވެ. އެކަމަކު އެކަމުގައި އިހުމާލުވީ މީހަކަށް ފިޔަވަޅު އެޅި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox