ހުކުމް ތަންފީޒުކުރުން ލަސްވާ މައްސަލައަށް ހައްލު ހޯދަން ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނަން އެދެނީ

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ; ޝަރީއަތް ލަސްވާ މައްސަލައަށް ހައްލު ހޯދަން ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނަން އެދެން ނިންމި -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ; ޝަރީއަތް ލަސްވާ މައްސަލައަށް ހައްލު ހޯދަން ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނަން އެދެން ނިންމި -- ފޮޓޯ: މަޖިލިސް

ޝަރީއަތް ނިމި, ހުކުމް ތަންފީޒުކުރުން ލަސްވާ މައްސަލަ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނަން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ޝަރީއަތް ލަސްވުމުގެ ސަބަބުން ތުހުމަތު ކުރެވޭ ފަރާތްތަކަށާއި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތަކުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު އެވެ. ޒިޔާދުގެ އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހަޅަން ޖެހުނީ ޝަރީއަތް ލަސްވުމުގެ ސަބަބުން ހިނގާ ކަންކަމުންގެ ސަބަބުން އަންހެނުންނަށް ދިމާވާ ދަތިތަކާ ގުޅިގެންނެވެ. އަދި އެކަމުގެ އަސަރު އަންހެނުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ކުރާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

Advertisement

"ސަރުކާރުގެ އެބައޮތް މިހާރު ވަރަށް ބޮށު ލެޖިސްލޭޓިވް އެޖެންޑާއެއް, އެ އެޖެންޑާއިން މިއަށް ހައްލެއް ލިބޭތޯ ކުރިން ދެނެގަތުން އެއީ ރަނގަޅު [ކަމެއް]. ނެތް ކަމަށް ވެއްޖިއްޔާ, އެ އެޖެންޑާއަށް މިބައި ލައިގެން ގެންދިއުންހެން އަޅުގަނޑަށް ހީވަނީ ވަށާޖެހޭ ގޮތުން މިކަން ނިންމޭނީ," ހިއުމަން ރައިޓްސް ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރައްވާ ހަމައެކަނި މެންބަރު, ޒިޔާދު ވިދާޅުވި އެވެ.

ޝަރީއަތް ލަސްވާ ކަމުގެ ވާހަކަ ދެކެވެމުން އެންމެނަށް ވެސް ވިސްނެނީ ޖަލުގައި ވާނުވާ ބަންދުގައި ތިބޭ މީހުންގެ ވާހަކައަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޝަރީއަތް ނިމި, ހުކުމް ތަންފީޒު ކުރުން ލަސްވުމުގެ ސަބަބުން މިނިވަންކޮށް ތިބެ, ވަޒީފާއަށް ނުދެވި, މުޅި ދިރިއުޅުން ހުއްޓިފައި ތިބޭ މީހުން ވެސް ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ފެންނަނީ މިހާރު ހުރި ލެޖިސްލޭޓިވް އެޖެންޑާގައި އަންނަން ހުރި ބިލުތަކުގައި މިއަށް ހައްލެއް ލިބޭ ކަހަލަ ބިލުތައް ހުންނާނެ ކަމަށް އަޅުގަނޑު މި ބަލަނީ, އެ ބިލުތަކުގައި މިބައި [ހުކުމް ތަންފީޒު ކުރުން ލަސްވުން] ކަވަރު ކުރެވޭތޯ ނޫންތޯ, ނުވާ ކަމަށް ވެއްޖިއްޔާމު ކޮމިޓީން އިސްނަގައިގެން ވެސް އެ ފަރާތްތަކުގައި އެދުން" ޒިޔާދު ވިދާޅުވި އެވެ.

ޝަރީއަތް ލަސްވާ މައްސަލައަކީ ނިމިދިޔަ މަޖިލީހުން ވެސް ބަލަމުން ދިޔަ މައްސަލައަކަށް ވެފައި އެ މަޖިލީހުން އަމަލުކުރި ގޮތަށް, މި މައްސަލަ ބެލުމުގައި މުޅި މަޖިލީހުގެ ހާއްސަ ކޮމިޓީއެއް ނަގައިގެން ކުރިއަށް ގެންދިއުމަށް ވެސް މިއަދުގެ ކޮމިޓީގައި ފާސްކުރި އެވެ. އެހެންކަމުން ކޮމިޓީން ވަނީ މި މައްސަލަ މުޅި މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ސިޓީ ފޮނުވުމަށް ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox