ލަންކާ ކައިރިން އަޑިއަށްދާ ބޯޓުގެ ކަޅު ފޮށި ނަގައިފި

ލަންކާ ކައިރިން ރޯވުމުގެ ސަބަބުން އަޑިއަށް ދަމުންދާ ބޯޓު.-- ފޮޓޯ: ރޮއިޓާޒް

ލަންކާ ކައިރިން ރޯވުމުގެ ސަބަބުން އަޑިއަށް ދަމުންދާ ބޯޓު.-- ފޮޓޯ: ރޮއިޓާޒް

ސްރީލަންކާ ކައިރިން ރޯވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއެކު އަޑިއަށް ދަމުންދާ ބޯޓުގެ ކަޅު ފޮށި ނަގައިފި އެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ދެ ހަފްތާގެ މަސައްކަތަށް ފަހު މިދިޔަ ހޯމަ ދުވަހު އެވެ. ލަންކާ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައި އެމްވީ އެކްސް-ޕްރެސް ޕާލް ބޯޓު އަޑިއަށް ދާން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ބޯޓުގެ އެއް ބައި މިހާރު ވެސް އަޑީގައި އޮތް އިރު، އިންޑިއާ އާއި ލަންކާ ކަނޑުގެ ސިފައިން ގުޅިގެން ބޯޓު ލަންކާއާ ދުރަށް ކަނޑުގެ ފުން ހިސާބަކަށް ގެންދެވޭތޯ ކުރާ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

ބޯޓުގެ ވޮޔޭޖް ޑާޓާ ރިކޯޑަރު ނުވަތަ ކަނޑުމަތީގެ ކަޅު ފޮށީގެ އެހީގައި އަލިފާންގަނޑު ރޯވުމުގެ ކުރިން ބޯޓުގައި އަމަލު ކުރި ގޮތް ދަނެގަނެވޭނެ އެވެ.

ލަންކާގެ ކަމާ ބެހޭ އިދާރާތަކުން ބުނީ އޭގައިވާ މައުލޫމާތު ބޭނުންކޮށްގެން ބޯޓު ދަތުރު ކުރަމުން ދިޔަ ގޮތާއި ކޮލޮމްބޯ ބަނދަރާ ކުރި މުއާސަލާތުގެ ތަފްސީލް ހޯދޭތޯ ބަލާނެ ކަމަށެވެ.

ކަނޑުގެ ސިފައިންނާއި ބޯޓުގެ ވެރިފަރާތުން ވެސް ބުނީ އޭގެ ފަހަތު ކޮޅު ވަނީ ކަނޑުގެ 21 މީޓަރު އަޑިއަށް ފެތިފައި ކަމަށާއި ކުރީކޮޅު ވެސް މަޑުމަޑުން އަޑިއަށް ދަމުންދާ ކަމަށެވެ.

ބޯޓުގެ ވެރި ފަރަތް އެކްސް-ޕްރެސް ފީޑާޒް އިން ވަނީ އެ ހާދިސާއާ ގުޅިގެން މައާފަށް އެދި، ތެޔޮ ލީކުވެއްޖެ ނަމަ ސާފު ކުރުމުގައި މަސައްކަތް ކުރާނެ ބޮޑު ޓީމެއް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ނަމަވެސް މިހާތަނަށް ތެލާއި ކެމިކަލް ލީކުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް އެކްސް-ޕްރެސް ފީޑާޒް އާއި ލަންކާގެ ޕޯޓް އޮތޯރިޓީން ވެސް ބުނެ އެވެ.

ލަންކާގެ ކަނޑުގެ ސިފައިންނާއި، ކޯސްޓުގާޑާއި، އެހެން އިދާރާތަކުން ވެސް ވަނީ ތެޔޮ ލީކުވެދާނެ ކަމަށް ބަލައި ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ބޯޓުގައި ހުރި މުދަލުގެ ބޮޑު ބައިގައި ވަނީ އަނދައިހުލިވެފަ އެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި، ސޯޑިއަމް ހައިޑްރޮކްސައިޑާއި، ލުބްރިކަންޓް އަދި އެހެން ކެމިކަލް ހިމެނެ އެވެ.

ނަމަވެސް ބާކީ ހުރި ކެމިކަލާއި ފިޔުލް ޓޭންކުގައި ހުރި ތެޔޮ ކަނޑަށް ލީކުވުމުގެ ބިރު ބޮޑެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ ކަނޑުގެ ދިރުންތަކަށް އަންދާޒާ ނުކުރެވޭ ވަރުގެއް ގެއްލުމެއް ލިބި، ލަންކާގެ ގޮނޑުދޮށް އިތުރަށް ތަގައްޔަރު ވާނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ލަންކާގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ދިމާވި އެންމެ ބޮޑު ހާދިސާ އެވެ.

ފަތުރުވެރިކަމަށް މަގްބޫލް ނެގޯމްބޯގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު އާމްދަނީ ހޯދަނީ މަސްވެރިކަމުންނެވެ. އެހެންވެ، ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރިއްޖެ ނަމަ އާއްމުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި މަސް ބޭނުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

އޮފިޝަލުން ބުނީ ބޯޓުގައި 300 ޓަނުގެ ތެޔޮ ހުރި ކަމަށެވެ. ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި އަލިފާން ރޯވުމުގެ ސަބަބުން ތެޔޮ އަނދައިގެން ގޮސްފައިވުން އެކަށީގެންވެ އެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓު ކުރި ގޮތުގައި ބޯޓުގައި 1،500 ކޮންޓެއިނަރު ހުރިއިރު، އޭގެ ތެރެއިން 81 ކޮންޓެއިނަރުގައި "ނުރައްކާތެރި" މުދާ ހުރި ކަމަށް ފާހަގަކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox