ލަކްޝަދީބުގެ މައްސަލައިގައި 93 މީހެއްގެ ސޮޔާއެކު މޯދީއަށް ސިޓީއެއް

ލަކްޝަދީބް މައްސަލާގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: ޕީޓީއައި

ލަކްޝަދީބް މައްސަލާގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: ޕީޓީއައި

އިންޑިއާގެ ލަކްޝަދީބް ރަށްތަކުގައި ތަރައްގީގެ ނަމުގައި "ބިރުވެރި ކަންތައްތަކެއް" ކުރަން އުޅޭ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، އެ ގައުމުގެ ސަރުކާރުގައި ކުރިން އިސް މަގާމުތައް ފުރުއްވި 93 މީހަކު ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި އެ މީހުން މޯދީއަށް ގޮވާލެއްވީ ލަކްޝަދީބްގެ ރަށްތައް ހިމާޔަތްކޮށް، އެ ތަނުގައި އުޅޭ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ފަދަ ތަރައްގީގެ މޮޑެލްއެއް ހޯދުމަށެވެ. އަދި އެކަން ކުރާ އިރު ރައްޔިތުންގެ ބަސް ހޯދުމަށާއި ސިއްހީ ފަރުވާ އާއި ތައުލީމީ ދާއިރާގެ ތަރައްގީއަށް ސަމާލުކަން ދިނުމަށް ގޮވާލައްވާފައި ވެ އެވެ.

އެ މީހުން ފާހަގަކުރެއްވި ގޮތުގައި ލަކްޝަދީބަކީ އިންޑިއާގެ ޖިއޮގްރަފީ އާއި ސަގާފީ މުއްސަނދި ކަމުގައި ހާއްސަ މަގާމެއް ލިބިފައިވާ ސަރަހައްދަކަށް ވާއިރު، މިދިޔަ ޑިސެމްބަރު މަހު އެ ތަނުގެ އިދާރީ ވެރިޔާގެ ގޮތުގައި މޯދީ އައްޔަނު ކުރެއްވި ޕްރަފުލް ހޯދާ ޕަޓޭލް ހުށަހެޅުއްވި ގަވާއިދުތަކުގައި ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ.

"މި ގަވާއިދުތައް ހަދާފައި ވަނީ އާއްމު ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި. މިހާރު ގަވާއިދުތަކަށް ސަރުކާރުގެ ހުއްދަ ހޯދުމަށް ހޯމް މިނިސްޓްރީއަށް ވަނީ ފޮނުވާފައި،" ކޮންސްޓިޓިއުޝަނަލް ކޮންޑަކްޓް ގްރޫޕުގެ ސިޓީގައި ވެ އެވެ.

މޯދީއަށް ފޮނުވި ސިޓީގެ ކޮޕީ ވަނީ ހޯމް މިނިސްޓަރު އަމިތް ޝާހް އާއި ކްލައިމެޓް ޗޭންޖު މިނިސްޓަރު ޕްރަކާޝް ޖަވަދޭކަރަށް ވެސް ފޮނުއްވާފަ އެވެ.

ސިޓީގައި ސޮއިކުރެއްވި ފާހަގަކުރެވޭ މީހުންގެ ތެރޭގައި ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވްޝަންކަރު މެނޮން، ކުރީގެ ފޮރިން ސެކެޓްރީ ސުޖާތާ ސިންގް، ކުރިން ބޮޑު ވަޒީރުގެ އެޑްވައިޒަރުކަން ކުރެއްވި ޓީކޭއޭ ނާޔަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ވަޖާހަތު ހަބީބުﷲ ހިމެނެ އެވެ.

ލަކްޝަދީބުގެ ރައްޔިތުން ނުރުހެނީ ޕަޓޭލްގެ ކޮން ނިންމުންތަކަކާ މެދު؟

ލަކްޝަދީބުގެ އިދާރީ ވެރިޔާގެ މަގާމު ލިބުމާއެކު އެންމެ ފުރަތަމަ ޕަޓޭލް ކުރި ކަމަކީ ވަކި ރަށްތައް ނުވަތަ އަވަށްތަކުގެ ކައުންސިލަށް ލިބިދޭ ބާރުތައް އޭނާގެ ދަށަށް ގެންދިޔުމެވެ. އޭގެ ފަހުން މުހިއްމު ޑިޕާޓްމަންޓުތައް ވެސް އޭނާގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ސިއްހަތާއި، ދަނޑުވެރިން، ތައުލީމް އަދި މަސްވެރިކަމާ ގުޅޭ ޑިޕާޓްމަންޓު ހިމެނެ އެވެ.

ކޮވިޑުގެ ބަލިމަޑުކަން ލަކްޝަދީބަށް ނުފޯރާ އޮތީ އެ ތަނުގެ ވެރިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް ޕަޓޭލްއަށް މަގާމު ލިބުމާއެކު ކޮޗިންއިން ލަކްޝަދީބަށް އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހެދި އެވެ. އެއާއެކު އެ ރަށްތަކުގައި ބަލި ފެތުރި މިހާރު ވެސް 2000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބަ އުޅެ އެވެ.

އޭގެ އިތުރުން ވެސް ލަކްޝަދީބު ރައްޔިތުންގެ ނުރުހުމުގައި ގިނަ ކަންކަން ތަންފީޒު ކުރަން އޭނާ ބޭނުންވެ އެވެ. ތިރީގައި އެ ވަނީ ތަންފީޒު ކުރަން އެދި، މައި ސަރުކާރުގެ ރުހުން ހޯދަން ފޮނުވާފައިވާ ބައެއް ކަންކަމެވެ.

ބިންވެރިކަން ނިގުޅައިގަތުން

ހުށަހެޅި ކަންކަމުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައި ވަނީ ލަކްޝަދީބް ޑެވެލޮޕްމަންޓް އޮތޯރިޓީ ރެގިއުލޭޝަން ނަމުގައި ހަދާފައިވާ ގަވާއިދާ މެދު އެވެ. އެ ގަވާއިދުގެ ދަށުން ލަކްޝަދީބުގެ އިދާރީ ވެރިންނަށް ރައްޔިތުންގެ ހުއްދަ ނެތި ބިން އަތުލެވޭނެ އެވެ. އެއީ ހައިވޭ އާއި ރެއިލްވޭ އަދި އެހެން ޕްރޮޖެކްޓުތައް ހިންގުމަށެވެ.

އެގޮތުން 15 މީޓަރު ފުޅާ މަގުތައް ހަދަން ރާވާފައި ވާއިރު، ލަކްޝަދީޕަށް ހައިވޭތައް ބޭނުން ނުވާ ކަމަށާއި އެފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުން އިކޮލޮޖީއަށް އަސަރު ކުރާނެ ކަމަށް ރައްޔިތުން ދެކެ އެވެ. ލަކްޝަދީބުގެ އެންމެ ބޮޑު ރަށް، އެންޑްރޮތުގެ ބޮޑުމިނަކީ 4.9 އަކަ ކިލޯމީޓަރެވެ.

ގެރި މަސް މަނާ ކުރުމާއި ރާ ހުއްދަ ކުރުން

އެނިމަލް ޕްރިޒަވޭޝަން ގަވާއިދުގެ ނަމުގައި ހެދި ގަވާއިދުގެ ދަށުން ގެރި މަސް ވިއްކުމާއި، ސަޕްލައި ކުރުމާއި ގަތުން ލަކްޝަދީބުގައި މަނާ ވާނެ އެވެ. އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 10 އަހަރަށް ޖަލަށް ލެވޭނެ އެވެ.

އޭގެ އިތުރުން ރާ ވިއްކާ ބާތަކާއި ފިހާރަތައް އަލުން ހުޅުވަން ވެސް އޭނާ ވަނީ ހުށަހަޅާފަ އެވެ. އެގޮތަށް ހުށަހެޅީ ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގަ އެވެ. ލަކްޝަދީބުގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ރާ ވިއްކާ ބޭނުން ކުރުން މަނަ އެވެ. ނަމަވެސް މީހުން ދިރިނޫޅޭ ބަންގަރަމް ރަށުގައި ހިންގާ ރިސޯޓުގައި މިހާރު ވެސް ރާ ހުއްދަ އެވެ.

ޝަރީއަތް ކުރުމެއް ނެތި ބަންދުގައި ބެހެއްޓުން

ޕްރިވެންޝަން އޮފް އެންޓި ސޯޝަލް އެކްޓިވިޓީޒް ރެގިއުލޭޝަންގެ ދަށުން އެއްވެސް ޝަރީއަތެއް ހިންގުމެއް ނެތި އެއް އަހަރުގެ މުއްދަތަށް މީހުން ބަންދުކޮށްފައި ބެހެއްޓޭނެ އެވެ. އެ މުއްދަތު އިތުރު ކުރުމުގެ ބާރު ވެސް ހިމަނާފައި ވެ އެވެ. ލަކްޝަދީބަކީ މުޅި އިންޑިއާގައި ވެސް އެންމެ ކުށް މަދު އެއް ސަރަހައްދަށް ވާއިރު އެފަދަ ގަވާއިދެއް ހެދުމުގެ މަގްސަދާ މެދު އާއްމުން ސުވާލު އުފައްދަ އެވެ.

މި ބަދަލުތައް ގެންނަން ޕަޓޭލް ބޭނުން ވަނީ ކީއްވެ؟

އޭނާ ބުނެފައި ވަނީ ލަކްޝަދީބަކީ ރާއްޖެ ފަދަ މަގްބޫލް ފަތުރުވެރިންގެ މަންޒިލަކަށް ހަދަން ބޭނުންވާ ކަމަށެވެ. އޭނާ ބޭނުންވަނީ ރާއްޖެއާ ވާދަވެރި މަންޒިލެއްގެ ގޮތުގައި އެތަން ތަރައްގީ ކުރުމަށެވެ. ނަމަވެސް އެއީ ހުސް ބަހަނާގެ ގޮތުގައި ލަކްޝަދީބުގެ ރައްޔިތުން ގަބޫލު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ފަތުރުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި ގެރި މަސް މަނާ ކުރަނީ ކީއްވެތޯ އާއި ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބޭ މީހުން ކައުންސިލަށް ވާދަނުކުރެވެނީ ކީއްވެތޯ އެ މީހުން ސުވާލު އުފައްދަ އެވެ. އެމީހުން ދެކޭ ގޮތުގައި ޕަޓޭލް މަސައްކަތް ކުރައްވަނީ ހިންދޫންގެ ބީޖޭޕީގެ ކަނާއަތު ފިޔައިގެ ވިސްނުންތައް 97 ޕަސެންޓު މުސްލިމުން ދިރިއުޅޭ ލަކްޝަދީބުގައި ހިންގުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox