ޓްވިޓާއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިންޑިއާ ސަރުކާރުން ދީފި

ފޯނަކުން ޓްވިޓާ އެޕްލިކޭޝަން ހުޅުވާފައި.-- ފޮޓޯ: އޭޕީ

ފޯނަކުން ޓްވިޓާ އެޕްލިކޭޝަން ހުޅުވާފައި.-- ފޮޓޯ: އޭޕީ

އިންޑިއާ ސަރުކާރުން އަލަށް ތައާރަފު ކުރި ގަވާއިދުތަކަށް އަމަލު ކުރަން އަންގާ ޓްވިޓާއަށް ފޮނުވި އެންމެ ފަހުގެ ނޯޓިސްގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ބުނީ ގަވާއިދަށް އަމަލު ކުރަން ޓްވިޓާއިން ދެކޮޅު ހެދުމުން އެނގެނީ އިންޑިއާ މީހުންނަށް ރައްކާތެރިކަމާއެކު އެ ޕްލެޓްފޯމް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ޓްވިޓާއިން ބޭނުން ނުވާކަން ކަމަށެވެ.

"އިންޑިއާގައި އޮޕަރޭޓް ކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވީ ނަމަވެސް، އިންޑިއާ ރައްޔިތުންނަށް އަވަސްކޮށް އަދި ދެ ފުށް ފެންނަ ގޮތަށް ޓްވިޓާގައި ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ހެދުމަށް ދެކޮޅު ހެދުމަކީ ގަބޫލު ކުރަން އުނދަގޫ ކަމެއް،" އެ މިނިސްޓްރީން ބުންޏެވެ.

ގަވާއިދަށް އަމަލު ނުކުރާ ކުންފުނިތަކާ މެދު މޭ 26 އިން ފެށިގެން ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް، އިންޑިއާ ސަރުކާރުން ޓްވިޓާއަށް ފަހުގެ ނޯޓިސް ފޮނުވީ "އިތުރު ފުރުސަތެއް" ދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްވިޓާއަށް ދިން އިރު، ގަވާއިދަށް އަމަލު ކުރުން ފަށަން ސުންގަޑިއެއް ނޯޓިސްގައި ދީފައެއް ނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އިންޑިއާ ސަރުކާރުން ހެދި ގަވާއިދުގެ ދަށުން ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޕްލެޓްފޯމުތަކުގެ ކޮންޓެންޓު ރެގިއުލޭޓް ކުރާނެ ފިޔަވަޅުތަކެއް ކަނޑައަޅާފައި ވެ އެވެ.

އާ ގަވާއިދުގައި ވަނީ ކޯޗެއް؟

އާ ގަވާއިދުގެ ދަށުން އިންޑިއާ ސަރުކާރުން ވަކި ކޮންޓެންޓެއް ނެގުމަށް އަންގާތާ 36 ގަޑިއިރު ތެރޭގައި އެގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

ފަސް މިލިއަނަށް ވުރެ ގިނަ އިންޑިއާ މީހުން އުޅޭ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކޮމްޕްލަޔަންސް އޮފިސަރަކާއި، ނޯޑަލް ކޮންޓެކްޓު އޮފިސަރަކާއި ރެޒިޑެންޓް ގްރީވެންސް އޮފިސަރެއް އައްޔަނު ކުރުން ވެސް މަޖުބޫރެވެ.

އޭގެ އިތުރުން ވަކި މެސެޖެއް ދައުރު ވާން ފެށި ގޮތް ހޯދަން ކޯޓުން ނުވަތަ ސަރުކާރުން އެދެފި ނަމަ އެކަން ކޮށްދޭން ވެސް މަޖުބޫރު ވާނެ އެވެ.

ޓްވިޓާ އާއި ފޭސްބުކް އަދި ވަޓްސްއެޕް ފަދަ ޕްލެޓްފޯމުތަކަށް އެ ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން ތިން މަސް ދިނެވެ.

ޓްވިޓާއާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވާއިރު، ގަވާއިދާ މެދު ހިތްހަމަނުޖެހި ވަޓްސްއެޕުން ނިންމާފައިވަނީ ކޯޓަށް ދިޔުމަށެވެ.

ގަވާއިދުގެ ދަށުން ޗެޓު ލޮގުތައް ޓްރޭސް ކުރެވޭނެ ގޮތް ހަދަން ވަޓްސްއެޕަށް މަޖުބޫރެވެ. ވަޓްސްއެޕުން ބުނީ އެއީ އެ އެޕްލިކޭޝަނުން ފޮނުވާ ކޮންމެ މެސެޖެއްގެ އިނގިލީގެ ނިޝާން ރައްކާ ކުރުން ކަހަލަ ކަމެއް ކަމަށެވެ. ހަތަރު ސަތޭކަ މިލިއަން މީހުންނާ އެކު ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާ އެވެ.

ވަޓްސްއެޕުން ދިއްލީ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ ޗެޓެއްގެ އޮރިޖިން ނުވަތަ ފެށުނު ގޮތް ޓްރޭސް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

ޗެޓުތައް ފެށުނު ގޮތް ޓްރޭސް ކުރުމަކީ މީހުން ނުބުނާ އަދި ނުކުރާ ކަންކަމުގެ ތުހުމަތުގައި ދައުވާ އުފުލުމުގެ ފުރުސަތު ބޮޑު ވާނެ ކަމެއްގެ ގޮތުގައި ވަޓްސްއެޕުން ސިފަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox