ޑި ބްރޭނާ މާސްކް އަޅައިގެން ކުޅެން ލަފާ ދީފި

Jun 6, 2021, 3:40 AM
ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ތެރެއިން ޑި ބްރޭނާ ލޮލަށް އަނިޔާވުމުން އޭނާ ބަދަލުކުރަނީ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ތެރެއިން ޑި ބްރޭނާ ލޮލަށް އަނިޔާވުމުން އޭނާ ބަދަލުކުރަނީ.

ބްރުސެލްސް (ޖޫން 6) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ލޯ ކައިރިއަށް ލިބުނު އަނިޔާއިން ރަނގަޅުވާން ކުރި އޮޕަރޭޝަނަށް ފަހު އޭނާ މާސްްކް އަޅައިގެން ކުޅެން ޑޮކްޓަރު ލަފާދީފި އެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 1-0 އިން ޗެލްސީ އަތުން މެންޗެސްޓާ ސިޓީ ބަލިވި މެޗުގެ ތެރެއިން ޑިބްރާނާ އާއި ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ ބޯޅަ ހޯދަން ވެގެން އުޅުމުގެ ތެރޭގައި ޑިބްރޭނާގެ އައިސޮކެޓާއި މޫނު ކަށިގަނޑަށް އަނިޔާވެ، ބަދަލުކުރަން ޖެހުނެވެ. އެ އަނިޔާ އަށް ފަރުވާ ހޯދަން ކުޑަ އޮޕަރޭޝަނެއް ކޮށްފައިވާއިރު، ރިކަވަރީ ދަނީ ރަނގަޅަށެވެ. އަދި މާދަމާ ބެލްޖިއަމްގެ ޓްރެއިނިންގައި ބައިވެރިވާނެ އެވެ.

އޮޕަރޭޝަން ކުރި ޑޮކްޓަރު ވަނީ މި ފަހަރުގެ ޔޫރޯގައި ޑިބްރޭނާ ކުޅޭއިރު ފޭސް ޕްރޮޓެކްޓް މާސްކެއް އަޅަން އަންގައިފަ އެވެ. އެއާ އެކު ބެލްޖިއަމުން ވަނީ މީގެ ކުރިން އެ ޓީމުގެ ޑިފެންޑަރު ޔެން ވަޓޯންގެން މޫނު ކަށިގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އެޅި ކަހަލަ މާސްކެެއް ޑި ބްރޭނާ އަށް ހާއްސަކޮށް ތައްޔާރުކުރަން ނިންމައިފަ އެވެ.

ވަޓޯންގެން ފޭސް ޕްރޮޓެކްޓް މާސްކެއް އަޅައިގެން: ޑިބްރޭނާ ވެސް ޔޫރޯގައި ކުޅޭނީ މި ކަހަލަ މާސްކެއް އަޅައިގެން.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް އެންމެ ފުރަތަމަ ބުނީ އަންނަ ހޮނިހިރު ދުވަހު ޔޫރޯގައި ރަޝިއާ ކުޅޭ ފުރަތަމަ މެޗަށް ޑިބްރޭނާ ފިޓްވުމުގެ ފުރުސަތު ކުޑަކަމަށެވެ. އެކަމަކު އޮޕަރޭޝަން ވަރަށް ކާމިޔާބުކޮށް ގޮސްފައިވާތީ މާޓީނޭޒް ހުރީ ޑިބްރޭނާ އަށް ޔޫރޯގައި ބެލްޖިއަމް އިން ކުޅޭ ފުރަތަމަ މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އުމުރުން 29 އަހަރުގެ ޑި ބްރޭނާ އަކީ ފާއިތުވި ތިން އަހަރެއްހާ ދުވަހަށް ބަލާއިރު، ޔޫރަޕްގައި އެއް ލެވަލެއްގައި މޮޅު ކުޅުން ދެމެހެއްޓި މިޑްފީލްޑަރުންގެ ތެެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި ބެލްޖިއަމްގެ ކޯޗު މާޓީނޭޒްގެ ޕްލޭނުގެ މުހިއްމު ކުޅުންތެރިއެކެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމް ކުޅޭ އެކުވެރިކަމުގެ ފަހު މެޗުގައި މިރޭ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މީގެ ތިން ދުވަސް ކުރިން ބެލްޖިއަމް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވަނީ ގްރީސްއާ 1-1 އިން އެއްވަރުވެފަ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ނުކުންނައިރު ބެލްޖިއަމަކީ ފޭވަރިޓުންގެ ގޮތުގައި ގުނާ ޓީމެކެވެ. އެ ޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގަ އެވެ. ބެލްޖިއަމް ވާދަކުރަން ޖެހެނީ ރަޝިއާ އާއި ފިންލެންޑް އަދި ޑެންމާކާ އެއް ގްރޫޕެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox