އެކުއެޑޯ ބަލިކޮށް ބްރެޒިލް އެއް ވަނައިގައި ލީޑުފުޅާކޮށްފި

Jun 5, 2021, 3:29 AM
ލަނޑު ޖެހުމަށް ފަހު ނޭމާ (ވ) އާއި ރިޗާލިސަން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ނޭމާ (ވ) އާއި ރިޗާލިސަން އުފާފާޅުކުރަނީ.

ޕޯޓް އަލެގްރޭ، ބްރެޒިލް (ޖޫން 5) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެކުއެޑޯ 2-0 އިން ބަލިކޮށް ބްރެޒިލުން އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

ބްރެޒިލް އެއް ވަނައިގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ބުރާސްފަތި ދުވަހުގެރޭ ޗިލީއާ އެއްވަރުވި އާޖެންޓީނާ ދެ ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ އަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

އެކުއެޑޯ ކޮޅަށް ބްރެޒިލުން ދެ ގޯލު ޖެހީ ވެސް މެޗުގެ ދެ ވަަނަ ހާފުގަ އެވެ. ބްރެޒިލަށް ލީޑުނަގައިދިނީ މެޗުގެ 65 ވަނަ މިނިޓްގައި ނޭމާ ދިން ބޯޅައަކުން ރިޗާލިސަން އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ނޭމާ ވަނީ ޕެނަލްޓީ އަކުން ބްރެޒިލްގެ ދެ ވަަނަ ގޯލު ޖަހައިފަ އެވެ.

ކޮލިފައިންގައި ދެން ބްރެޒިލް ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ ރަށުންބޭރުގައި ޕެރަގުއޭއާ ދެކޮޅަށެވެ. ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެން ޕެރަގުއޭ އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ.

ލަނޑު ޖެހުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ.

ކޮވިޑް-19ގެ ހާލަތު ބްރެޒިލްގައި ގޯސްވެފައިވާ ވަގުތެއްގައި އެ ގައުމުން މި މަހު 13 ވަނަ ދުވަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަން އޮތީ ނިންމައިފަ އެވެ. އާންމުންގެ ހިތްހަމަަނުޖެހުންތައް އެކަމާ މެދު ހުރުމުން ބްރެޒިލްގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ރޭގެ މެޗުގެ ކުރިން ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރެޒިލް ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ވަނީ މުބާރާތުގައި ނުކުޅެން ނިންމައިފަ އެވެ. އަދި އެކަން ރަސްމީކޮށް އަންގާރަ ދުވަހުގެ ވޯލްޑް ކަޕް ކޮލިފައިން މެޗަށް ފަހު ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާނެ އެވެ.

ރޭގެ މެޗަށް ފަހު ބްރެޒިލްގެ ކެޕްޓަން ކަސެމީރޯ ވަނީ މި ފަހަރުގެ ކޮޕަ އެމެރިކާ ބްރެޒިލްގައި ހޯސްޓްކުރަން ނިންމި ނިންމުމަށް ފާޑުކިޔައިފަ އެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މި ފަހަރު ކޮޕަ އެމެރިކާ އެންމެ ފުރަތަމަ ހޯސްޓް ކުރަން ބެލި އާޖެންޓީނާ އާއި ކޮލަމްބިއާގައި އެކަން ނުކުރެވުނެވެ. ބިޑަށް ހުޅުވާލައިގެން ކޮޕަ އެމެރިކާ ހޯސްޓްކުރަން ދިން ފުރުސަތުގައި ބްރެޒިލް އިން މުބާރާތް ބޭއްވުމުގެ ފުރުސަތު ހޯދި އެވެ.

ކޮޕަ އެމެރިކާ ހޯސްޓްކުރަން ބްރެޒިލްގެ ސަރުކާރުގެ ނިންމުމާ މެދު އެ ގައުމުގެ އާންމު ރައްޔިތުންނާއި ސިޔާސީ މީހުން ވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހެ އެވެ. ސިއްހީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މި މަސް ތެރޭ ބްރެޒިލްގައި އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox