ކޯޗު ކޫމަން ބަހައްޓަން ބާސެލޯނާ ނިންމައިފި

Jun 4, 2021, 5:13 AM
ބާސެލޯނާ މެޗެއްގެ ތެރެއިން ކޫމަން.

ބާސެލޯނާ މެޗެއްގެ ތެރެއިން ކޫމަން.

ބާސެލޯނާ (ޖޫން 4) - ބާސެލޯނާ އިން އެ ޓީމުގެ ކޯޗަކަށް ރޮނާލްޑް ކޫމަން އަންނަ ސީޒަނުގައި ވެސް ބަހައްޓަން ނިންމާފައިވާ ކަމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ލަޕޯޓާ، ބާސެލޯނާގެ ރައީސް ކަމަށް މިދިޔަ މާޗް މަހު އިންތިހާބުވުމަށް ފަހު އެ ކްލަބަށް އާ ކޯޗެއް ގެންނާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. ލަޕޯޓާ ވަނީ ބައެއް ކޯޗުންނާ މަޝްވަރާ ވެސް ކޮށްފަ އެެވެ. ބަޔާން މިއުނިކް ދޫކޮށް ޖަރުމަނު ގައުމީ ޓީމާ ހަވާލުވާން ނިންމާފައިވާ ކޯޗު ހަންސީ ފްލިކްއާ ވާހަކަ ދެއްކި ކްލަބްތަކުގެ ތެރޭގައި ބާސެލޯނާ ހިމެނެ އެވެ.

ކޫމަން ދޫކޮށްލަން ބާސެލޯނާ އިން އުޅުނު އެންމެ ބޮޑު ސަބަބަކީ އޭނާ އަކީ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއު ހަމަޖެއްސި ކޯޗަކަށްވާތީ އެވެ. އެކަމަކު މި ފަހަރުގެ ސީޒަނުގެ އުނދަގޫ ހާލަތުގައި ވެސް ކޫމަން ވަނީ ބާސެލޯނާ އަށް ސްޕެނިޝް ކަޕް ކާމިޔާބުކޮށްދީ ފަހު ތިން މެޗާ ހަމައަށް ދިޔައިރު ވެސް ލީގަށް ވާދަކޮށްފަ އެވެ. ކޫމަން ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ.

"އަހަރެމެން ބޯޑް މެމްބަރުންގެ މެދުގައި ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމީ ކޫމަންއާ އެކު އަންނަ ސީޒަނުގައި ވެސް ކުރިއަށް ދާން،" ލަޕޯޓާ ސްޕެއިނުގެ ނޫހަކަށް ވިދާޅުވި އެވެ.

ބާސެލޯނާ އަށް 1989 އިން 1995 އަށް ކުޅެދިން ކޫމަން ވަނީ ކުޅުނު ދުވަސް ވަރު އެ ޓީމާ އެކު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ކޫމަން ވަނީ ޔޫރަޕްގެ ގިނަ ކްލަބްތަކެއްގައި ކޯޗިން މަސައްކަތްކޮށްފަ އެވެ. އޭނާ ބާސެލޯނާއާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ހުރީ ނެދަލެންޑްސްގެ ކޯޗަކަށެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ފެންނަނީ ވަރަށް އެކްޓިވްކޮށެވެ. އެ ޓީމުން ވަނީ ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ އަގުއޭރޯ އާއި އެރިިކް ގާސިއާގެ ސޮއި ހޯދައިފަ އެވެ. އޭގެ އިތުރުން ރެއާލް ބެޓިސްގެ ކަނާތު ބެކް އެމަސަން ރޯޔާލް ވަނީ ނުވަ މިިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ.

ހިލޭ ޓްރާންސްފާއެއްގައި އިތުރު ތިން ކުޅުންތެރިން ހޯދަން ބާސެލޯނާ އިން މަސައްކަތްކުރެ އެވެ. އެއީ ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ލިޔޯންގެ މެމްފިސް ޑިޕާއި އަދި އޭސީ މިލާންގެ ޖިއަންލުއީޖީ ޑޮންނަރޫމާ އެވެ. މީގެ ތެރެއިން ޑިޕާއި އާއި ވައިނަލްޑަމް ގެންނަނީ ކޫމަންގެ އެދުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ޓީމާ އެކު ކޮންޓްރެކްޓްގައި ހުރީ މި މަހުގެ ނިޔަލަށެވެ. އޭނާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox