ފްރާންސާއި އިންގްލެންޑަށް މޮޅެއް، ޖަރުމަނާއި ނެދަލެންޑްސްގެ މެޗުތައް އެއްވަރު

Jun 2, 2021, 9:04 PM
މިރޭގެ މެޗުގެ ތެރެއިން ބެންޒެމާ ޕެނަލްޓީ ފޮނުވާލަނީ.

މިރޭގެ މެޗުގެ ތެރެއިން ބެންޒެމާ ޕެނަލްޓީ ފޮނުވާލަނީ.

ލަންޑަން (ޖޫން 2) - އަންނަ ހަފްތާގައި ފަށާ ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން މިރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން ފްރާންސާއި އިންގްލެންޑް މޮޅުވިއިރު، ޖަރުމަނާއި ނެދަލެންޑްސް ކުޅުނު މެޗުތަކުން އެއްވަރުވެއްޖެ އެވެ.

އޮސްޓްރިއާ އަތުން އަމިއްލަ ދަނޑުގައި ކުޅުނު އިންގްލެންޑް މޮޅުވީ 1-0 އިންނެވެ. ފްރާންސް އިން 3-0 އިން ވޭލްސް ބަލިކުރިއިރު، ނެދަލެންޑްސް އާއި ސްކޮޓްލެންޑް އެއްވަރުވީ 2-2 އިންނެވެ. ޖަރުމަނުން ގޯލެއް ޖަހާފައިވަނިކޮށް ޑެންމާކުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

ވޭލްސްއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައި ފްރާންސަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް އެ ޓީމު ޖޯޒީގައި ކުޅުނު ފޯވާޑް ކަރިމް ބެންޒެމާ އަށެވެ. ބެންޒެމާ ފޮނުވާލި ޕެނަލްޓީ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ މަތަކޮށްފަ އެވެ. މިއީ 2015 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ބެންޒެމާ ފްރާންސް ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. ބެންޒެމާ ގޯލަށް ފޮނުވާލި ބޯޅައެއްގައި ވޭލްސްގެ ޑިފެންޑަރު ނީކޯ ވިލިއަމްސް އަތްލި ކަމަށް ބަލައި ޕެނަލްޓީއެއް ދިނެވެ. އަދި ވިލިއަމްސް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ވޭލްސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ފްރާންސް އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނެގި އެވެ. މި ގޯލު ޖެހީ ކީލިއަން އެމްބާޕޭ އެވެ. ދެ ވަނަ ހާފްގައި ކުޅުން ފެށިގެން މާގިނައިރެއް ނުވެ އެންޓޮއިން ގްރީޒްމަން ވަނީ ފްރާންސްގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮސްމާން ޑެމްބެލޭ ވަނީ މެޗުގެ 79 ވަނަ މިނިޓްގައި ފްރާންސްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

އިންގްލެންޑްގެ ސަކާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ފުރަތަމަ ހާފުގައި އޮސްޓްރިއާ ކޮޅަށް ގޯލެއް ޖަހަން އިންގްލެންޑްގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި ހެރީ ކޭން އަދި ބުކާޔޯ ސަކާ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ. ދެ ވަނަ ހާފް ފަށައިގެން 12 މިނިޓް ތެރޭ އިންގްލެންޑްގެ ހަމައެކަނި ގޯލު ޖެހީ ބުކާޔޯ ސަކާ އެވެ. މިއީ އާސެނަލަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސަކާ އިންގްލެންޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މިއީ އޭނާ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފަސް ވަނަ މެޗެވެ.

އޮސްޓްރިއާ އަށް އެއްވަރުކޮށްދޭން މާސެލް ސަބިޓްޒާ ޖެހި ޝޮޓް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން ވެސް އެ ޓީމުން ވަނީ ގޯލެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި އިންގްލެންޑްގެ ދެ ފޯވާޑުން ކަމަށްވާ ޑޮމިނިކް ކަލްވެޓް-ލެވިން އާއި އޮލީ ވަޓްކިންސް ގުޅިގެން އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އިންގްލެންޑް މި މެޗުން މޮޅުވި ނަމަވެސް އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ވަނީ އަނިޔާވެގެން ބަދަލުކުރަން ޖެހިފަ އެވެ. އެއީ އާނޯލްޑްގެ އިތުރުން ޖެކް ގްރީލިޝް އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޖަރުމަނުން ވަނީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ފްލޯރިއަން ނިއުހައުސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަަމަކު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޑެންމާކުގެ ޔޫސެފް ޕޯލްސަން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

ނެދަލެންޑްސްގެ ޑިޕާއި (ކ) އާއި ވައިނަލްޑަމް އުފާފާޅުކުރަނީ.

ނެދަލެންޑްސް ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ ސްކޮޓްލެންޑުންނެވެ. މެޗުގެ 11 ވަނަ މިނިޓްގައި ސްކޮޓްލެންޑްގެ ގޯލު ޖެހީ ޖެކް ހެންޑްރީ އެވެ. އެކަމަކު އޭގެ ހަ މިނިޓް ފަހުން މެމްފިސް ޑިޕާއި ވަނީ ނެދަލެންޑްސް އަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ކެވިން ނިސްބެޓް ޖެހި ގޯލާ އެކު ސްކޮޓްލެންޑް ވަނީ އަލުން ލީޑުނަގައިފަ އެވެ. އެކަމަކު މެޗުގެ ފަހު މިނިޓްގައި ޑިޕާއި ވަނީ އިތުރު ގޯލެއް ޖަހައި ދެ ވަނަ ފަހަރަށް ނެދަލެންޑްސް އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގައި ތަފާތު ކުޅުމެއް ދެއްކި ޑިޕާއި މި ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox