އަގުބޮޑުކޮށް ގަތް ޔާއޯ ފެލިކްސް އެތުލެޓިކޯ ދޫކޮށްލަނީ

Jun 2, 2021, 5:38 PM
އަގުބޮޑުކޮށް ގަތް ޔާއޯ ފެލިކްސް އެތުލެޓިކޯ ދޫކޮށްލަނީ

މެޑްރިޑް (ޖޫން 2) - ދުނިޔޭގެ ފުޓްބޯޅައިގައި ހަތަރު ވަނަ އަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ޕޯޗުގީސް ފޯވާޑް ޔާއޯ ފެލިކްސް، އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ޔާއޯ ފެލިކްސް މީގެ ދެ އަހަރު ކުރިން އެތުލެޓިކޯއާ ގުޅުނީ ބޮޑު އަގުގައި ގިނަ ޓީމުތަކުގެ ހުށަހެޅުމަށް ފުރަގަސްދީފަ އެވެ. އެތުލެޓިކޯ އިން ވަނީ ޔާއޯ ފެލިކްސްގެ ސޮއި ހޯދަން 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ޕޯޗުގަލްގެ ބެންފީކާ އަށް ދައްކައިފަ އެވެ. ޔާއޯ ފެލިކްސް އަށް ވުރެ އަގު ބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިންނަކީ ޕީއެސްޖީން ގެންދިޔަ ނޭމާ އާއި ކިލިއަން އެމްބާޕޭގެ އިތުރުން ބާސެލޯނާ އިން ގަތް ފިލިއްޕޭ ކުޓީނިއޯ އެވެ.

މި ސީޒަނުގައި ގިނައިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރި ޔާއޯ ފެލިކްސް ވަނީ ކްލަބް ބަދަލުކުރަން ބޭނުންވާކަން އެތުލެޓިކޯ އަށް އަނގަބަހުން އަންގައިފަ އެވެ. އަދި ޕޯޗުގީސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވަރަށް އަވަހަށް ލިޔުމުން އޭނާ އެތުލެޓިކޯ ދޫކޮށްލަން ބޭނުންވާކަން އަންގާނެ އެވެ.

ޔާއޯ ފެލިކްސް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ދެ ވަނަ އަށް އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔާ އެވެ. އެންމެ އަގުބޮޑު ޒުވާން ކުޅުންތެރިޔަކީ 203 މިިލިއަން ޑޮލަރަށް 2018 ވަނަ އަހަރު ޕީއެސްޖީން ގެނައި އެމްބާޕޭ އެވެ.

އެތުލެޓިކޯ އިން ޔާއޯ ފެލިކްސްގެ ސޮއި ހޯދީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުން ވެސް މީގެ ކުރިން އޭނާ ހޯދަން މަސައްކަތްކޮށްފައި ވަނިކޮށެވެ. އޭރު އެ ކްލަބްތަކުން ޔާއޯ ފެލިކްސް ގެންނަން ކުރި މަސައްކަތް ހުއްޓާލީ ބެންފީކާ އިން އޭނާ ވިއްކާލަން ކިޔާ އަގުބޮޑުވުމުންނެވެ.

ހަތް އަހަރު ފަހުން ސްޕެއިނުގެ ޗެމްޕިއަންކަން ހޯދި އެތުލެޓިކޯ އިން އަންނަ ސީޒަނަށް ޓީމު އެކުލަވާލާއިރު، ވިއްކާލާ ކުޅުންތެރިންގެ ތެރޭގައި ޔާއޯ ފެލިކްސް ހިމެނޭ ކަމަށް މީގެ ކުރިން ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު ޔާއޯ ފެލިކްސް ވިއްކާލަން އެތުލެޓިކޯ އިން ކިޔާ އަގު ކަމަށްވާ 100 މިިލިއަން ޑޮލަރަށް އޭނާ ގަންނާނެ ކްލަބެއް ނުވާނެތީ އޭނާ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އެބައޮތެވެ.

ޔާއޯ ފެލިކްސްގެ އިތުރުން ދެން އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒާއި ފްރާންސްގެ ވިންގް ތޯމަސް ލެމާގެ އިތުރުން އިނގިރޭސި ފުލްބެކް ކިއެރަން ޓްރިޕިއޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox