ލަންކާ ކައިރީ ރޯވެފައި އޮތް ބޯޓު އަޑިއަށް ގޮސް ތެޔޮ ފެތުރުމުގެ ބިރު!

ރޯވެފައި އޮތް ބޯޓު އަޑިއަށް ގޮސްފައި.-- ފޮޓޯ: އީޕީއޭ

ރޯވެފައި އޮތް ބޯޓު އަޑިއަށް ގޮސްފައި.-- ފޮޓޯ: އީޕީއޭ

ސްރީ ލަންކާ ކައިރިން ރޯވެ އަނދަން ފެށި މުދާ އުފުލާ ބޯޓުގެ އެއްބައި ކަނޑު އަޑިއަށް ގޮސް، ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރުމުގެ ބިރު ބޮޑުވެއްޖެ އެވެ.

ކެމިކަލް ހިފައިގެން ދަތުރު ކުރަމުން ދިޔަ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެކްސް-ޕްރެސް ޕާލް ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދެ ހަފްތާ ފަހުން މިދިޔަ ހޯމަ ދުވަހު އެވެ.

ބޯޓު އަޑިއަށް ގޮސްފި ނަމަ އޭގެ ފިޔުލް ޓޭންކުތަކުގައި ހުރި އެތައް ސަތޭކަ ޓަނުގެ ތެޔޮ ކަނޑަށް ލީކުވެ، ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބުމުގެ ބިރު ބޮޑެވެ.

އަލިފާންގަނޑު ނިއްވާލެވުނީ ސްރީލަންކާ އާއި އިންޑިއާ ކަނޑުގެ ސިފައިން ގުޅިގެން ކުރި މަސައްކަތުންނެވެ. މިހާރު އެ މީހުން މަސައްކަތް ކުރަމުން ދަނީ ބޯޓު އަޑިއަށް ހިނގައިދާނެތީ އެކަން ހުއްޓުވުމަށެވެ.

ނަމަވެސް ގަދަވަޔާއެކު ކަނޑު ވެސް ގަދަވެފައި ވާތީ އެ މީހުންގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

"ބޯޓު އެ ދަނީ ފެތެމުން. މަސައްކަތް ކުރަމުން ދަނީ އެއްކޮށް ފެތުމުގެ ކުރިން ކަނޑުގެ ފުން ހިސާބަކަށް ގެންދަން. އޭރުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަ ކުރެވިދާނެ. އެކަމަކު ބޯޓުގެ ފަހަތް ކޮޅު މިހާރު ވެސް އޮތީ ކަނޑު އަޑީގައި،" ލަންކާ ކަނޑުގެ ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ސިލްވާ ބީބީސީއަށް ވިދާޅުވި އެވެ.

ބޯޓުގެ ފަހަތު ބައި ކަނޑު އަޑީގައި.-- ފޮޓޯ: އީޕީއޭ
ބޯޓުގެ ފަހަތު ބައި ކަނޑު އަޑީގައި.-- ފޮޓޯ: އީޕީއޭ

ބޯޓުގެ ފަހަތު ބައި ކަނޑު އަޑީގައި.-- ފޮޓޯ: އީޕީއޭ

ބޯޓު އަނދަން ފެށުމުން ފޭބި ކުނިތަކާއި ތެލުން މިހާރު ވެސް ނެގޮމްބޯގެ ގޮނޑުދޮށް ވަނީ ތަގައްޔަރުވެފަ އެވެ. އެހެންވެ އެ މައްސަލާގައި ބޯޓު ކްރޫއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ވަނީ ފަށާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ލަންކާގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ދިމާވި އެންމެ ބޮޑު ހާދިސާ އެވެ.

ފަތުރުވެރިކަމަށް މަގްބޫލް ނެގޯމްބޯގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު އާމްދަނީ ހޯދަނީ މަސްވެރިކަމުންނެވެ. އެހެންވެ، ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރިއްޖެ ނަމަ އާއްމުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި މަސް ބޭނުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ބޯޓުގެ ކްރޫ މެމްބަރުންގެ ތެރޭގައި ހިމެނޭ 25 މީހުން މިދިޔަ އަންގާރަ ދުވަހު ސަލާމަތް ކުރުމަށް ފަހު މިހާރު ތިބީ ކަރަންޓީނުގަ އެވެ. ނަމަވެސް ތަހުގީގުގެ ބޭނުމަށް މިދިޔަ ހޯމަ ދުވަހު އެ މީހުންނާ ސުވާލު ކުރި އެވެ.

މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހެޅީ ލަންކާގެ މެރީން އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީންނެވެ.

މިދިޔަ ހަފްތާގައި ކަމާބެހޭ އިދާރާތަކުން ބުނީ ބޯޓުގައި ރޯވީ ނައިޓްރިކް އެސިޑު ލީކުވެގެން ކަމަށާއި ލީކުވަމުންދާކަން ބޯޓުުގެ ކްރޫއަށް މޭ 11 ވަނަ ދުވަހުން ފެށިގެން އެނގޭ ކަމަށެވެ.

ބޯޓުގައި ހުރި މުދަލުގެ ބޮޑު ބައިގައި ވަނީ އަނދައިހުލިވެފަ އެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި، ސޯޑިއަމް ހައިޑްރޮކްސައިޑާއި، ލުބްރިކަންޓް އަދި އެހެން ކެމިކަލް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox