ލަކްޝަދީބުގެ ރައްޔިތުން އަދިވެސް ތިބީ ނުތަނަވަސްކަމުގައި!

ލަކްޝަދީބް ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރި ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއް.--

ލަކްޝަދީބް ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރި ކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއް.--

އިންޑިއާގެ ލަކްޝަދީބް ރަށްތަކަށް ތަރައްގީ ގެންނަން ކަމަށް ބުނެ، ރައްޔިތުން ނުރުހޭ ގިނަ ގަވާއިދުތަކެއް ތަންފީޒު ކުރަން މައި ސަރުކާރުން މަސައްކަތް ކުރުމުން އަމާޒުވި ފާޑުކިޔުމާއެކު، ހޯމް މިނިސްޓަރު އަމިތު ޝާހް ވިދާޅުވީ ރައްޔިތުން ހިތްހަމަނުޖެހޭ އެއްވެސް ނިންމުމެއް ތަންފީޒު ނުކުރާނެ ކަމަށެވެ.

ލަކްޝަދީބްގެ އިދާރީ ވެރިޔާގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ހަމަޖެއްސި ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ޕްރަފުލް ހޯދާ ޕަޓޭލް ހުށަހެޅުއްވި އާ ގަވާއިދުތަކާ މެދު ހިތްހަމަނުޖެހި، ލަކްޝަދީބްގައި ދިރިއުޅޭ ބީޖޭޕީގެ ގިނަ ވެރިންތަކެއް ވެސް ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވާފަ އެވެ.

ލަކްޝަދީބުގެ ޕާލިމެންޓު މެމްބަރު މުހައްމަދު ފައިޒަލް ވަނީ ޕަޓޭލް މަގާމުން ވަކި ކުރުމަށް ހޯމް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ލަކްޝަދީބުގެ ރައްޔިތުން ވެސް ޑިމާންޑު ކުރަނީ ޕަޓޭލް މަގާމުން ދުރު ކުރުމަށެވެ. ރައްޔިތުން ނުރުހޭ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވި ނަމަވެސް، ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.

އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި ކޮވިޑުގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުން ދިޔައިރު، ބަލީގެ އަސަރު ނުކުރާ ހަމައެކަނި ސަރަހައްދަކަށް އޮތީ އެ ގައުމުގެ ހުޅަނގު ދެކުނު އައްސޭރިފަށާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ލަކްޝަދީބުގެ ރަށްތަކެވެ.

ޖުމްލަ 36 ރަށުގެ މައްޗަށް އެކުލެވޭ ލަކްޝަދީބުގެ މީހުން ދިރިއުޅޭ 10 ރަށުން އެންމެ ކޭސްއެއް ވެސް ނުފެނި، އާއްމުން ދިރިއުޅުމައިގެން ކުރިއަށް ދިޔެއީ އެއްވެސް ހާސްކަމެއް ނެތި އެވެ. އެ ރަށްތައް ކޮވިޑުން ސަލާމަތް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ދިޔެއީ އަޅަމުންނެވެ. އެގޮތުން ލަކްޝަދީބަށް އަންނަ މީހުން ބައްޔަށް ޓެސްޓުކޮށް 14 ދުވަހުގެ ކަރަންޓީނަށް ދާން ޖެހުނެވެ.

އެކަމަކު މިއަދު ވަނީ މަންޒަރު ބަދަލުވެފަ އެވެ. އެންމެ 65،000 މީހުންގެ އާބާދީއެއް އޮންނަ ލަކްޝަދީބުގައި މޭ 30 ވަނަ ދުވަހާ ހަމައަށް 7000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. މުޅި ލަކްޝަދީބުގައި ހުންނަނީ ކުޑަކުޑަ ތިން ހޮސްޕިޓަލެވެ. ސިއްހީ ފަރުވާއަށް ބޭނުންވާ އެންމެ އާދައިގެ ބައެއް ހިދުމަތްތައް ވެސް އެ ރަށްތަކުން ނުލިބެ އެވެ. ބަލިވާ މީހުން ޖެހެނީ ފެރީގައި ކެރަލާއަށް ދަތުރު ކުރާށެވެ.

ލަކްޝަދީބުގައި އޮތް ހަމަޖެހުމަށް ލޮޅުން އެރީ ޑިސެމްބަރު 2020 ގައި ލަކްޝަދީބުގެ އިދާރީ ވެރިޔަކަށް ސިޔާދީ ބޭފުޅަކު އައްޔަނު ކުރަން މައި ސަރުކާރުން ނިންމި ހިސާބުންނެވެ. މިއީ 1956 ގައި ލަކްޝަދީބު އުފެދުނު ފަހުން ސިޔާސީ މީހަކު އެ މަގާމަށް އައްޔަނު ކުރި ފުރަތަމަ ފަހަރެވެ.

ޕްރަފުލް ހޯދާ ޕަޓޭލްއަކީ ކާކު؟

ޕްރަފުލް ހޯދާ ޕަޓޭލްއަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ހޯމް މިނިސްޓަރު އަމިތު ޝާހް ވަރަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ. ލަކްޝަދީބުގެ އިދާރީ ވެރިޔަކަށް އޭނާ އައްޔަނު ކުރީ ސީދާ މައި ސަރުކާރުންނެވެ.

ގުޖަރާތުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވިއިރު، އޭރު އެ ސްޓޭޓުގެ ހޯމް މިނިސްޓަރަކަށް ހުންނެވި އަމިތު ޝާހުގެ މައްޗަށް ކުރެވުނު ދައުވާއަކާ ގުޅިގެން ޖަލަށް ލުމާއެކު، ދެން ހޯމް މިނިސްޓަރަކަށް މޯދީ އައްޔަނު ކުރެއްވީ ޕަޓޭލް އެވެ.

ޕްރަފުލް ހޯދާ ޕަޓޭލް.--
ޕްރަފުލް ހޯދާ ޕަޓޭލް.--

ޕްރަފުލް ހޯދާ ޕަޓޭލް.

ނަމަވެސް މީގެ ކުރިން މީޑިއާގެ ސަމާލުކަން އޭނާއަށް ލިބިފައެއް ނުވެ އެވެ. މިހާރު އޭނާގެ ވާހަކަތައް މީޑިއާގެ ފަލަ ސުރުހީއަށް އަރަން ފަށާފައި މި ވަނީ ހުދުމުހްތާރު ލީޑަރެއްގެ ސިފަތަކާއެކު އެއްވެސް މަޝްވަރާ ކުރުމެއް ނެތި، ލަކްޝަދީބުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ނޭދެވޭ ބަދަލުތަކެއް ގެނުވާނެ ފަދަ ގަވާއިދުތަކެއް ތަންފީޒު ކުރަން މަސައްކަތް ކުރައްވާތީ އެވެ.

ލަކްޝަދީބުގެ ރައްޔިތުން ނުރުހުނީ ޕަޓޭލްގެ ކޮން ނިންމުންތަކަކާ މެދު؟

ލަކްޝަދީބުގެ އިދާރީ ވެރިޔާގެ މަގާމު ލިބުމާއެކު އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ ވަކި ރަށްތައް ނުވަތަ އަވަށްތަކުގެ ކައުންސިލަށް ލިބިދޭ ބާރުތައް އޭނާގެ ދަށަށް ގެންދިޔުމެވެ. އޭގެ ފަހުން މުހިއްމު ޑިޕާޓްމަންޓުތައް ވެސް އޭނާގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ސިއްހަތާއި، ދަނޑުވެރިން، ތައުލީމް އަދި މަސްވެރިކަމާ ގުޅޭ ޑިޕާޓްމަންޓު ހިމެނެ އެވެ.

ކޮވިޑުގެ ބަލިމަޑުކަން ލަކްޝަދީބަށް ނުފޯރާ އޮތީ އެ ތަނުގެ ވެރިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް ޕަޓޭލްއަށް މަގާމު ލިބުމާއެކު ކޮޗިންއިން ލަކްޝަދީބަށް އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހެދި އެވެ. އެއާއެކު އެ ރަށްތަކުގައި ބަލި ފެތުރި މިހާރު ވެސް 2000 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބަ އުޅެ އެވެ.

އޭގެ އިތުރުން ވެސް ލަކްޝަދީބު ރައްޔިތުންގެ ނުރުހުމުގައި ގިނަ ކަންކަން ތަންފީޒު ކުރަން އޭނާ ބޭނުންވެ އެވެ. ތިރީގައި އެ ވަނީ ތަންފީޒު ކުރަން އެދި، މައި ސަރުކާރުގެ ރުހުން ހޯދަން ފޮނުވާފައިވާ ބައެއް ކަންކަމެވެ.

ބިންވެރިކަން ނިގުޅައިގަތުން

ހުށަހެޅި ކަންކަމުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައި ވަނީ ލަކްޝަދީބް ޑެވެލޮޕްމަންޓް އޮތޯރިޓީ ރެގިއުލޭޝަން ނަމުގައި ހަދާފައިވާ ގަވާއިދާ މެދު އެވެ. އެ ގަވާއިދުގެ ދަށުން ލަކްޝަދީބުގެ އިދާރީ ވެރިންނަށް ރައްޔިތުންގެ ހުއްދަ ނެތި ބިން އަތުލެވޭނެ އެވެ. އެއީ ހައިވޭ އާއި ރެއިލްވޭ އަދި އެހެން ޕްރޮޖެކްޓުތައް ހިންގުމަށެވެ.

އެގޮތުން 15 މީޓަރު ފުޅާ މަގުތައް ހަދަން ރާވާފައި ވާއިރު، ލަކްޝަދީޕަށް ހައިވޭތައް ބޭނުން ނުވާ ކަމަށާއި އެފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުން އިކޮލޮޖީއަށް އަސަރު ކުރާނެ ކަމަށް ރައްޔިތުން ދެކެ އެވެ. ލަކްޝަދީބުގެ އެންމެ ބޮޑު ރަށް، އެންޑްރޮތުގެ ބޮޑުމިނަކީ 4.9 އަކަ ކިލޯމީޓަރެވެ.

ގެރި މަސް މަނާ ކުރުމާއި ރާ ހުއްދަ ކުރުން

އެނިމަލް ޕްރިޒަވޭޝަން ގަވާއިދުގެ ނަމުގައި ހެދި ގަވާއިދުގެ ދަށުން ގެރި މަސް ވިއްކުމާއި، ސަޕްލައި ކުރުމާއި ގަތުން ލަކްޝަދީބުގައި މަނާ ވާނެ އެވެ. އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 10 އަހަރަށް ޖަލަށް ލެވޭނެ އެވެ.

އޭގެ އިތުރުން ރާ ވިއްކާ ބާތަކާއި ފިހާރަތައް އަލުން ހުޅުވަން ވެސް އޭނާ ވަނީ ހުށަހަޅާފަ އެވެ. އެގޮތަށް ހުށަހެޅީ ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގަ އެވެ. ލަކްޝަދީބުގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ރާ ވިއްކާ ބޭނުން ކުރުން މަނަ އެވެ. ނަމަވެސް މީހުން ދިރިނޫޅޭ ބަންގަރަމް ރަށުގައި ހިންގާ ރިސޯޓުގައި މިހާރު ވެސް ރާ ހުއްދަ އެވެ.

ޝަރީއަތް ކުރުމެއް ނެތި ބަންދުގައި ބެހެއްޓުން

ޕްރިވެންޝަން އޮފް އެންޓި ސޯޝަލް އެކްޓިވިޓީޒް ރެގިއުލޭޝަންގެ ދަށުން އެއްވެސް ޝަރީއަތެއް ހިންގުމެއް ނެތި އެއް އަހަރުގެ މުއްދަތަށް މީހުން ބަންދުކޮށްފައި ބެހެއްޓޭނެ އެވެ. އެ މުއްދަތު އިތުރު ކުރުމުގެ ބާރު ވެސް ހިމަނާފައި ވެ އެވެ. ލަކްޝަދީބަކީ މުޅި އިންޑިއާގައި ވެސް އެންމެ ކުށް މަދު އެއް ސަރަހައްދަށް ވާއިރު އެފަދަ ގަވާއިދެއް ހެދުމުގެ މަގްސަދާ މެދު އާއްމުން ސުވާލު އުފައްދަ އެވެ.

މި ބަދަލުތައް ގެންނަން ޕަޓޭލް ބޭނުން ވަނީ ކީއްވެ؟

އޭނާ ބުނެފައި ވަނީ ލަކްޝަދީބަކީ ރާއްޖެ ފަދަ މަގްބޫލް ފަތުރުވެރިންގެ މަންޒިލަކަށް ހަދަން ބޭނުންވާ ކަމަށެވެ. އޭނާ ބޭނުންވަނީ ރާއްޖެއާ ވާދަވެރި މަންޒިލެއްގެ ގޮތުގައި އެތަން ތަރައްގީ ކުރުމަށެވެ. ނަމަވެސް އެއީ ހުސް ބަހަނާގެ ގޮތުގައި ލަކްޝަދީބުގެ ރައްޔިތުން ގަބޫލު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ފަތުރުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި ގެރި މަސް މަނާ ކުރަނީ ކީއްވެތޯ އާއި ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބޭ މީހުން ކައުންސިލަށް ވާދަނުކުރެވެނީ ކީއްވެތޯ އެ މީހުން ސުވާލު އުފައްދަ އެވެ. އެމީހުން ދެކޭ ގޮތުގައި ޕަޓޭލް މަސައްކަތް ކުރައްވަނީ ހިންދޫންގެ ބީޖޭޕީގެ ކަނާއަތު ފިޔައިގެ ވިސްނުންތައް 97 ޕަސެންޓު މުސްލިމުން ދިރިއުޅޭ ލަކްޝަދީބުގައި ހިންގުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox