ސޭވް ލަކްޝަދީބް: ޕްރެޝަރު ބޮޑުވެ، ދޫދޭން ސަރުކާރަށް މަޖުބޫރުވެއްޖެ

ލަކްޝަދީބުގައި މީހުން ދިރިއުޅޭ ރަށެއްގައި ގަވައިދުތަކާ ދެކޮޅަށް އަޑު އުފުލަނީ --

ލަކްޝަދީބުގައި މީހުން ދިރިއުޅޭ ރަށެއްގައި ގަވައިދުތަކާ ދެކޮޅަށް އަޑު އުފުލަނީ --

އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި ހިމެނޭ ލަކްޝަދީބް ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަޑުއުފުލައި ފެށި ބޮޑު ކެމްޕެއިންގެ ސަބަބުން ޕްރެޝަރު ބޮޑުވެ، ރައްޔިތުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް އެ ރަށްތަކުގައި ތަންފީޒު ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަމިތު ޝާހް އެންމެފަހުން ވިދާޅުވެއްޖެ އެވެ.

ލަކްޝަދީބަކީ އަރަބި ކަނޑުގައިވާ ކުދި ޖަޒީރާ ރަށްތަކެކެވެ. މަލިކު ހިމެނޭ އެ 36 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 10 ރަށުގަ އެވެ. އިންޑިއާގެ މައި ސަރުކާރިން ބީޖޭޕީން ލަކްޝަދީބުގެ ކަންކަން ބަލަހައްޓަން އިދާރީ ވެރިއެއްގެ ގޮތުގައި ކަނޑައެޅީ ޕްރަޕުލް ހޯދާ ޕަޓޭލް އެވެ.

ލަކްޝަދީބް އޮންނަނީ އިންޑިއާގެ އިރު ދެކުނު އައްސޭރި ފަށާ 200 ކިލޯމީޓަރު ދުރުގައި.-- ފޮޓޯ: އަލް ޖަޒީރާ
ލަކްޝަދީބް އޮންނަނީ އިންޑިއާގެ އިރު ދެކުނު އައްސޭރި ފަށާ 200 ކިލޯމީޓަރު ދުރުގައި.-- ފޮޓޯ: އަލް ޖަޒީރާ

ލަކްޝަދީބުގެ ރަށްތައް އޮންނަނީ އިންޑިއާގެ ހުޅަނގު ދެކުނު އައްސޭރި ފަށާ 200 ކިލޯމީޓަރު ދުރުގައި.-- ފޮޓޯ: އަލް ޖަޒީރާ

ގާތްގަނޑަކަށް 97 ޕަސެންޓު މުސްލިމުން ދިރިއުޅޭ މި ރަށްތަކުގެ 65،000 އަށް ވުރެ ގިނަ މީހުން ހިތްހަމަނުޖެހުނީ ޕަޓޭލް ތަންފީޒު ކުރަން އިއުލާން ކުރި އާ ގަވާއިދުތަކާ ގުޅިގެންނެވެ. އެއީ މި ރަށްތަކުގެ ސަގާފާތާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ނުގުޅޭ ގަވާއިދުތަކެކެވެ.

ޕަޓޭލް ހުށަހެޅި ކަންކަމާ ދެކޮޅަށް "ސޭވް ލަކްޝަދީބް" ގެ ނަމުގައި އެ ރަށްތަކުގެ އާއްމުން އަންނަނީ އަޑު އުފުލަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ކެމްޕޭނުގެ ދަށުން ބީޖޭޕީގެ ސަރުކާރު ވަނީ ފިއްތުންތަކާ ކުރިމަތިވެފަ އެވެ.

ބީޖޭޕީގެ ވަފުދަކާއެކު މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ ލަކްޝަދީބު ރައްޔިތުންގެ ރުހުން ނުލިބޭ އެއްވެސް ކަމެއް ތަންފީޒު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ހޯމް މިނިސްޓަރު ޔަގީންކަން ދެއްވީ ހުށަހެޅި ބަދަލުތަކާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި ލަކްޝަދީބުގެ އާއްމުން އެ ކަންކަމާ މެދު ދެކޭ ގޮތް ހޯދާފައިވާ ކަމަށް. ލަކްޝަދީބުގެ ރައްޔިތުންނަށް ދަންނަވައި ދިނުމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންނެވީ ބިރު ނުގަތުމަށާއި ރައްޔިތުން ނުރުހޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށް،" ލަކްޝަދީބުގައި ބީޖޭޕީއާ ގުޅުން ހުރި ކަންކަން ބަލަހައްޓާ ޕާޓީ ގޮފީގެ ނައިބު ރައީސް އޭޕީ އަބްދުލްލަކުއްޓީ ދަ އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވި އެވެ.

އަބްދުލްލަކުއްޓީ އާއެކު ލަކްޝަދީބުގައި ހަރަކާތްތެރިވާ ބީޖޭޕީގެ އިސް މެމްބަރުން ހޯމް މިނިސްޓަރާ ބައްދަލުކުރެއްވި އެވެ.

އޭގެ އިތުރުން ލަކްޝަދީބުގެ ޕާލިމެންޓު މެމްބަރު މުހައްމަދު ފައިޒަލް ވެސް ހޯމް މިނިސްޓަރާ ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ ރައްޔިތުން ހިތްހަމަނުޖެހޭ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން މައި ސަރުކާރުން ދީފައިވާ ކަމަށެވެ.

ލަކްޝަދީބުގެ ރައްޔިތުން ނުރުހޭ ގިނަ ކަންތައްތަކެއް ތަންފީޒު ކުރަން ހުށަހެޅި ޕަޓޭލް މަގާމުން ވަކި ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ފައިޒަލް ވިދާޅުވީ އެކަމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ލަކްޝަދީބުގެ ރައްޔިތުން ނުރުހޭ ކަމެއް ތަންފީޒު ނުކުރާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ސަރުކާރުން ދީފައި ވާއިރު، އެތަނުގެ އިދާރީ ވެރިޔާ ޕަޓޭލް މަގާމުން ދުރު ކުރަން އެދި ހުށަހަޅާފައިވާ ގަރާރެއް ކެރަލާގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ލަކްޝަދީބުގެ ރައްޔިތުންނަށް ދަންނަވައި ދިނުމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންނެވީ ބިރު ނުގަތުމަށާއި ރައްޔިތުން ނުރުހޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށް. -- ލަކްޝަދީބުގެ ބީޖޭޕީ ގޮފީގެ ނައިބު ރައީސް އޭޕީ އަބްދުލްލަކުއްޓީ

ޕަޓޭލް ތަންފީޒު ކުރަން މަސައްކަތް ކުރި ނިންމުންތަކާ ހެދި ލަކްޝަދީބުގެ ރައްޔިތުން މުޒާހަރާކޮށް ފެށި "ސޭވް ލަކްޝަދީބް" ކެމްޕޭނާއި ކެރަލާގެ ގާނޫނު ހަދާ މަޖިލީހުން ކުރިމަތިވަމުންދާ ޕްރެޝަރުގެ ސަބަބުން ބީޖޭޕީއަށް ވަނީ ދޫދޭން މަޖުބޫރުވެފައި ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އޭގެ އިތުރުން ބީޖޭޕީގެ ބައެއް އިސްވެރިން ވެސް ވަނީ މި މައްސަލާގައި ޕަޓޭލްގެ އަމަލުތައް ހުރި ގޮތަށް ފާޑުވިދާޅުވެފަ އެވެ.

ލަކްޝަދީބުގެ އިދާރީ ވެރިޔާގެ މަގާމުން ޕަޓޭލް ވަކިކުރާނެ ކަމަށް މައި ސަރުކާރުން މިހާތަނަށް ބުނެފައި ނުވި ނަމަވެސް، އޭނާގެ އަމަލުތަކާ މެދު ވިސްނަން ނަސޭހަތްތެރިވެފައިވާ ކަމަށް ދަ އިންޑިއަން އެކްސްޕްރެސް ނޫހުގައި ވެ އެވެ.

"ލީޑާޝިޕުން އެއްބަސްވާ ގޮތުގައި މިފަދަ މުހިއްމު ކަންކަމުގައި ފިޔަވަޅެއް އެޅުމުގެ ކުރިން ރަނގަޅަށް މަޝްވަރާ ކުރަން ޖެހޭނެ،" ޕާޓީގެ ވެރިޔަކު އެ ނޫހަށް ވިދާޅުވި އެވެ.

ބީޖޭޕީ ލަކްޝަދީޕް ގޮފީގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ކާސިމްގެ ފަރާތުން ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ލަކްޝަދީބުގެ މައްސަލަ ހޫނުވީ "އެންމެ މީހަކު ވަކި އަތަކަށް ބުރަވެ ހުރެ ނިންމި ނިންމުންތަކެއްގެ ސަބަބުން" ކަމަށެވެ.

"ބީޖޭޕީން ލަކްޝަދީބުގައި ހަރަކާތްތެރިވާތާ މިހާރު 22 އަހަރު ވެއްޖެ. ބީޖޭޕީގެ އަތުލް ބިހާރީ ވަޖްޕާޔީގެ ސަރުކާރާއި މޯދީގެ ސަރުކާރުން ވެސް ވަނީ ލަކްޝަދީބު ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދީފައި. މި ތަނުގައި ބޭނުން ކުރާ 22 މަނަވަރު ލިބުނީ ވަޖްޕާއީގެ ވެރިކަމުގައި. މޯދީ ވަނީ މިތަނުގައި ބޭނުން ކުރާ ހެލިކޮޕްޓަރުގެ އަދަދު އެކަކުން ތިނަކަށް އިތުރުކޮށްދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

"މިހާރު ހިނގަމުންދާ ކަންކަމަކީ ވަކި މީހެއް އެއް ފަރާތަށް ޖެހިގެން ހުރެ ކަންކަން ނިންމަން އުޅުމުން ދިމާވެފައިވާ ކަންކަން. މި ކަންކަމުގައި އޭނާ [ޕަޓޭލް] އާއެކު އެއްބަހެއް ނުވެވޭނެ އަދި ދޫދޭކަށް ވެސް ނެތިން. އަޅުގަނޑަށް ޔަގީން މައި ސަރުކާރުން ލަކްޝަދީބު ރައްޔިތުންނަށް ގެއްލުން ވާނެ ކަމެއް ތަންފީޒެއް ނުކުރާނެ ކަން،" ކާސިމް ވިދާޅުވި އެވެ.

ލަކްޝަދީބުގެ ކުރިމަގާ މެދު ބިރުވެރިކަން

ލަކްޝަދީބަކީ އަރަބި ކަނޑުގައިވާ ކުދި ޖަޒީރާ ރަށްތަކެކެވެ. މަލިކު ހިމެނޭ އެ 36 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 10 ރަށުގަ އެވެ. އިންޑިއާގެ މައި ސަރުކާރު ހިންގާ ބީޖޭޕީން ލަކްޝަދީބުގެ ކަންކަން ބަލަހައްޓަން އިދާރީ ވެރިއެއްގެ ގޮތުގައި ކަނޑައެޅީ ޕަޓޭލް އެވެ.

ގާތްގަނޑަކަށް 97 ޕަސެންޓު މުސްލިމުން ދިރިއުޅޭ މި ރަށްތަކުގެ 65،000 އަށް ވުރެ ގިނަ މީހުން ހިތްހަމަނުޖެހުނީ ޕަޓޭލް ތަންފީޒު ކުރަން އިއުލާން ކުރި އާ ގަވާއިދުތަކާ ގުޅިގެންނެވެ. ގުޖަރާތު ސްޓޭޓުގައި މޯދީ ޗީފް މިނިސްޓަރަކަށް ހުންނެވިއިރު އެ ތަނުގެ ހޯމް މިނިސްޓަރަކީ ޕަޓޭލް އެވެ.

މިދިޔަ ޑިސެމްބަރު މަހު ލަކްޝަދީބުގެ އިދާރީ ވެރިޔާގެ މަގާމު އޭނާއަށް ދިނުމާއެކު އެ ތަނުގެ ރައްޔިތުންނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކަންކަން އިއުލާން ކުރަން ފެށި އެވެ. އޭނާ ހުށަހަޅާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމާއި، ބިންވެރިކަމާއި، ސަގާފަތާއި ރަށްތަކުގެ އިކޮލޮޖީއަށް ވެސް ނުރައްކާވާ ކަމަށް ރައްޔިތުން ދެކެ އެވެ.

އޭނާ ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެނީ ގެރި މަސް ކެއުން މަނާ ކުރުމާއި، ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބި މީހުންނަށް އަވަށު ކައުންސިލް އިންތިހާބުގައި ވާދަ ކުރުން މަނާ ކުރުމާއި، އާއްމު ރައްޔިތުންނަށް ނިސްބަތްވާ ބިންތައް އެ މީހުންގެ ހުއްދަ ނެތި ތަރައްގީއަށް ކަމަށް ބުނެ ނެގުމުގެ ބާރު އޮތުމެވެ.

ބިންވެރިކަން ނިގުޅައިގަތުން

ހުށަހެޅި ކަންކަމުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައި ވަނީ ލަކްޝަދީބް ޑެވެލޮޕްމަންޓް އޮތޯރިޓީ ރެގިއުލޭޝަން ނަމުގައި ހަދާފައިވާ ގަވާއިދާ މެދު އެވެ. އެ ގަވާއިދުގެ ދަށުން ލަކްޝަދީބުގެ އިދާރީ ވެރިންނަށް ރައްޔިތުންގެ ހުއްދަ ނެތި ބިން އަތުލެވޭނެ އެވެ. އެއީ ހައިވޭ އާއި ރެއިލްވޭ އަދި އެހެން ޕްރޮޖެކްޓުތައް ހިންގުމަށެވެ.

އެގޮތުން 15 މީޓަރު ފުޅާ މަގުތައް ހަދަން ރާވާފައި ވާއިރު، ލަކްޝަދީޕަށް ހައިވޭތައް ބޭނުން ނުވާ ކަމަށާއި އެފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުން އިކޮލޮޖީއަށް އަސަރު ކުރާނެ ކަމަށް ރައްޔިތުން ދެކެ އެވެ. ލަކްޝަދީބުގެ އެންމެ ބޮޑު ރަށް، އެންޑްރޮތުގެ ބޮޑުމިނަކީ 4.9 އަކަ ކިލޯމީޓަރެވެ.

ގެރި މަސް މަނާ ކުރުމާއި ރާ ހުއްދަ ކުރުން

އެނިމަލް ޕްރިޒަވޭޝަން ގަވާއިދުގެ ނަމުގައި ހެދި ގަވާއިދުގެ ދަށުން ގެރި މަސް ވިއްކުމާއި، ސަޕްލައި ކުރުމާއި ގަތުން ލަކްޝަދީބުގައި މަނާ ވާނެ އެވެ. އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 10 އަހަރަށް ޖަލަށް ލެވޭނެ އެވެ.

އޭގެ އިތުރުން ރާ ވިއްކާ ބާތަކާއި ފިހާރަތައް އަލުން ހުޅުވަން ވެސް އޭނާ ވަނީ ހުށަހަޅާފަ އެވެ. އެގޮތަށް ހުށަހެޅީ ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގަ އެވެ. ލަކްޝަދީބުގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ރާ ވިއްކާ ބޭނުން ކުރުން މަނަ އެވެ. ނަމަވެސް މީހުން ދިރިނޫޅޭ ބަންގަރަމް ރަށުގައި ހިންގާ ރިސޯޓުގައި މިހާރު ވެސް ރާ ހުއްދަ އެވެ.

ޝަރީއަތް ކުރުމެއް ނެތި ބަންދުގައި ބެހެއްޓުން

ޕްރިވެންޝަން އޮފް އެންޓި ސޯޝަލް އެކްޓިވިޓީޒް ރެގިއުލޭޝަންގެ ދަށުން އެއްވެސް ޝަރީއަތެއް ހިންގުމެއް ނެތި އެއް އަހަރުގެ މުއްދަތަށް މީހުން ބަންދުކޮށްފައި ބެހެއްޓޭނެ އެވެ. އެ މުއްދަތު އިތުރު ކުރުމުގެ ބާރު ވެސް ހިމަނާފައި ވެ އެވެ.

ލަކްޝަދީބުގެ ރައްޔިތުން ރަށެއްގެ އަތިރި މައްޗަށް ނުކު ހިތްހަމަޖައްސާލަނީ.-- ފޮޓޯ: ބިޖޫ އިބްރާހިމް/ އަލް ޖަޒީރާ
ލަކްޝަދީބުގެ ރައްޔިތުން ރަށެއްގެ އަތިރި މައްޗަށް ނުކު ހިތްހަމަޖައްސާލަނީ.-- ފޮޓޯ: ބިޖޫ އިބްރާހިމް/ އަލް ޖަޒީރާ

ލަކްޝަދީބުގެ ރައްޔިތުން ރަށެއްގެ އަތިރި މައްޗަށް ނުކު ހިތްހަމަޖައްސާލަނީ.-- ފޮޓޯ: ބިޖޫ އިބްރާހިމް/ އަލް ޖަޒީރާ

ލަކްޝަދީބަކީ މުޅި އިންޑިއާގައި ވެސް އެންމެ ކުށް މަދު އެއް ސަރަހައްދަށް ވާއިރު އެފަދަ ގަވާއިދެއް ހެދުމުގެ މަގްސަދާ މެދު އާއްމުން ސުވާލު އުފައްދަ އެވެ.

އެ ހުށަހެޅުންތަކާ މެދު މައި ސަރުކާރުގެ ހޯމް މިނިސްޓްރީން ވިސްނަމުން ދާއިރު، ގިނަ އިދިކޮޅު ޕާޓީތަކުން ވަނީ ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި މައި އިދިކޮޅު ކޮންގްރެސް ޕާޓީ ހިމެނެ އެވެ. ޕާޓީތަކުން 63 އަހަރުގެ ޕަޓޭލްއަށް ގޮވާލީ ހުށަހެޅުންތައް އަނބުރާ ގެންދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox