ގަރާޖު ސިޓީ: ވާންވީ ގޮތެއް ނޭނގި ހުއްޓުމަކާ ދިމާލަށް!

މާލެ މަގުމަތި: ޖަރާޖު ސިޓީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކުއްލިއަކަށް ނިންމުމާ ގުޅިގެން އެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅޫކޮށްފަ-- ފޮޓޯ: އަދަދު

މާލެ މަގުމަތި: ޖަރާޖު ސިޓީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކުއްލިއަކަށް ނިންމުމާ ގުޅިގެން އެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅޫކޮށްފަ-- ފޮޓޯ: އަދަދު

ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ގަރާޖު ސިޓީ ދޫކުރާ ގޮތަށް ބަދަލުކުރަން ނިންމި ނަމަވެސް، ދީފައިވާ ތާރީހަށް އެކަން ފޭށޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ގަރާޖު ހުއްދަ ދޫކުރުމުގެ ކަންކަން ސިޓީ ކައުންސިލާ މަތިކޮށް ކުރި އިއުލާނުގައި އޮތް ތާރީހަކީ އޮގަސްޓު އެއް ވަނަ ދުވަހެވެ.

އެ އިއުލާނުގައި ވަނީ އެ ތާރީހުން ފެށިގެން އުޅަނދު ބާއްވާ ގަރާޖް ޗެކް ކުރުމާއި ގަރާޖާއި ގުޅޭ ކަންކަމުގައި ވެވޭ އެއްބަސްވުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރާނީ ސިޓީ ކައުންސިލުން ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖަރާޖު ސިޓީ ފެށުމަށް އެކަށީގެންވާ މުވައްޒަފުން ނެތް ކަމަށާއި މުވައްޒަފުން ހަމަޖެއްސުމަށް ބަޖެޓެއް ހަމަޖައްސައި ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

"ސަރުކާރު ހުޅުވޭ ދުވަހަކީ [އެކެއް އޮގަސްޓަކީ] އެ ބޭފުޅުން އިއުލާން ކޮށްފަ އޮތް ގޮތުން ވިއްޔާ ހިދުމަތް ފެށޭނެ ދުވަސް. އެބޭފުޅުން އަޅުގަނޑުމެންނަށް ބަޖެޓެއް ދެއްވައިފިއްޔާ ވަރަށް އަވަހަށް މުވައްޒަފުން ނަގާ ފެށޭނެ. އެކެއް އޮގަސްޓަށް އެކަން ވާނެ ކަމެއް އަޅުގަނޑަކަށް ނޭނގޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓުން އެ ނިންމުން ނިންމާ މާލެ ސިޓީއާ ހަވާލު ކުރުމަށް ފޮނުވި ސިޓީއަށް ފަހުވެސް އެ އިދާރާއަށް ދެ ސިޓީއެއް ފޮނުވާ ބޭނުންވާ މައުލޫމާތުތައް ލިބޭނެ ގޮތް ހަމަޖައްސާ ދިނުމަށް ސިޓީ ކައުންސިލުން އެދިފައިވާނެ ކަމަށެވެ.

އެގޮތުން ގަރާޖު ހުއްދަ ދިނުމާ ބެހޭ ކަންކަން މިހާތަނަށް އެ އޮތޯރިޓީގަ ކޮށްފަ ހުރި މަސައްކަތްތަކާއި ގަރާޖު ތަކާ ބެހޭ ހުރިހާ ޑޭޓާ ބޭސްތަކެއް ދިނުމަށް އެދިފައިވާ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިސާލަކަށް ގަރާޖެއް ދޭއިރު އެ ގަރާޖަކީ އެތަނަށް އެކަށީގެންވާ ތަނެއްތޯ ނިންމާނީ ކިހިނެއްތޯއޭ އަޅުގަނޑުމެންނަށް އެ މައުލޫމާތު ނުލިބެންޏާ. މީގެ ކުރީގަ އޮވެދާނެ ޓްރާންސްޕޯޓުގަ އެ ގަރާޖަށް އެހެން ކާރެއް ރަޖިސްޓްރީ ކޮށްފަ. އެ މައުލޫމާތު ނޭނގި އެ ތަނުގަ ޖާގަ އޮތްތޯ އަޅުގަނޑުމެންނަކަށް ނުނިންމޭން،" މުއިއްޒު ވިދާޅުވި އެވެ.

އެގޮތަށް އެދިފައިވާ ސަބަބަކީ މިހާރު ގަރާޖު ސިޓީ ގެ ކަންކަން ކުރިއަށް ގެންދިއުމަށް އޮންނަ ގޮތުން އާންމު މީހާއަށް އެކަމުން އުނދަގޫ ތަކެއް ކުރިމަތި ވާނެތީ ކަމަށެވެ. އެއީ ގަރާޖު ރަޖިސްޓްރީ ކުރުމަށް މާލެ ސިޓީ ކައުންސިލުން ހުއްދައެއް ހޯދުމަށްފަހު ޓްރާންސްޕޯޓަށް އެހެން ހުއްދަތައް ހޯދަން ދާން ޖެހޭތީ ކަމަށެވެ.

"އެކަން ހައްލުކޮށް ރަޖިސްޓްރީ ކުރުމާ އެކު ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްދޭށޭ ނޫނީ ޓްރާންސްޕޯޓަށް ހުރިހާ ކަމެއް ބަދަލު ކުރާށޭ،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތެރެއިން އެއްވެސް ކަމަކަށް ޓްރާންސްޕޯޓުން ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރަން މާލެ ސިޓީ ކައުންސިލުން ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް ޓްރާންސްޕޯޓުން އެކަން ނިންމާފައި ވަނީ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ.

ސިޓީ ކައުންސިލްގައިވެސް އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެ ކައުންސިލްގެ ވެސް އެދުމަކީ ވީހާވެސް އަހަވަކަށް އެ ހިދުމަތް ރައްޔިތުންނަށް ދޭން ފެށުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އެ ހިދުމަތް ފެށުމަށް ބޭނުންވާ މައުލޫމާތާއި ބޭނުންވާ މުވައްޒަފުން ނެގުމަށް ބަޖެޓެއް ހަމަޖެހިފައި ނުވާތީ އެކަން ފެށޭނެ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ.

ގަރާޖު ސިޓީ ދޫކުރަން ފަށަން މިހާރު އިއުލާންކޮށްފައިވާ ތާރީހު ފަސްކޮށްދޭން ވެސް ޓްރާންސްޕޯޓް އޮތޯރިޓީގައި މާލެ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox