ބަދަލު ހޯދަން ފްލައިން ސްކޫލްގެ ދަރިވަރުން އަމިއްލައަށް ކޯޓަށް ދާން ލަފާ ދީފި

އައްޑޫގައި އޭއޭއޭއިން ހިންގައި ފްލައިން ސްކޫލުގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫގައި އޭއޭއޭއިން ހިންގައި ފްލައިން ސްކޫލުގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ހުއްޓި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގޮވައިގެން ސަރުކާރުން ކޯޓަށް ދިޔުމުގެ ބަދަލުގައި ބަންޑާރަ ނައިބު ލަފާ ދެއްވާފައިވަނީ، ބަދަލު ހޯދަން ދަރިވަރުން އަމިއްލައަށް ކޯޓަށް ދިޔުން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގާތްގަނޑަކަށް 45،000 އެމެރިކާ ޑޮލަރު ދައްކައިގެން 18 މަސް ދުވަހުން ކޯސް ނިންމަން އެ ސްކޫލާ ގުޅުނު 178 ދަރިވަރުން އެބަތިއްބެވެ.

ނަމަވެސް، އެ ސްކޫލްގެ މެނޭޖްމަންޓުގެ ބޮޑެތި އިހުމާތުތަކާއެކު ކޯސް ނުނިންމި ހަތަރު އަހަރެއްހާ ދުވަސް ވެފައިވާ ދަރިވަރުން ތިބިއިރު، ބޮޑެތި ލޯނުތައް ނަގައިގެން އެހެން ރަށްރަށުން ފޭދޫއަށް އައިސް ހުރުމާއި ކެއުމަށް އިތުރު ހަރަދު ކުރަންޖެހޭ ކަމުގެ ޝަކުވާ ބޮޑެވެ.

އަދި 2009 ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅޭ 14 ބޯޓު ވެސް މިހާރު ހަލާކުވެފައިވާއިރު، އެ ބޯޓުތައް މަރާމާތުކުރަން ތިބި ހުރިހާ އިންޖިއަނަރުންނަށް މުސާރާ ނުދޭތީ ވަނީ އިސްތިއުފާ ދީފަ އެވެ.

އެއާއެކު، ފްލައިން އަވާސް ހަމަކޮށް، ކޯސް ފުރިހަމަ ކުރެވޭނެ ދުވަހެއް ވެސް މިހާރު ނޭނގޭކަމަށް އެ ކުދިން ބުނެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ތައްޔާރު ކުރި ރިޕޯޓްގައި، ފްލައިން ސްކޫލުގެ ދަރިވަރުންގެ ހައްގުތައް ގެއްލިފައިވާތީ ދަރިވަރުންގެ މާލީ ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ލަފާ ދީފައިވެ އެވެ.

ފްލައިން ސްކޫލްގެ މައްސަލާގައި އަދިވެސް އަލިމަގެއް ފެނިފައިނުވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިން މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާބެހޭ ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދަރިވަރުންނަށް ބަދަލު ހޯދައި ދިނުމާ ގުޅޭގޮތުން ސުވާލު ކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުން ފްލައިން ސްކޫލް ގޮވައިގެން ކޯޓަށް ދިއުމުގެ ބަދަލުގައި ދަރިވަރުން އެ ސްކޫލް ގޮވައިގެން ކޯޓަށް ދިއުމަށް ބާރު އަޅަން އެޓާނީ ޖެނެރަލް ލަފާ ދެއްވާ ކަމަށެވެ.

"ސަރުކާރުން މި ކަމުގެ ތެރޭގައި ޖާމިނުވުން އެއީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަޅުގަނޑުމެންނަށް ލަފާ ދެއްވާފައި ވަނީ،" ޑރ. ހަސަން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ އޭއޭއޭ އިން ދަރިވަރުންނަށް އިހުމާލުވެފައިވާ ނަމަ އެކަމަށް ފިޔަވަޅު އަޅަން ކުރިއަށް ދާނެ ގޮތަކާ ގުޅޭގޮތުން އޭޖީގެ ލަފައަކަށް އެދިފައިވާ ކަމަށެވެ.

"ފްލައިން ސްކޫލުގެ ދަރިވަރުންނާއި ސްކޫލާ ދެމެދު ވެފައިވަނީ ސިވިލް ކޮންޓްރެކްޓެއް. އޭގެ ތެރޭގައި ހުންނާނެ ޖޫރިސްޑިކްޝަން ނުލިބޭ ދިމާތައް ވެސް. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު ވާނީ އޭޖީގެ ލަފައަކަށް ވެސް އެދިފައި، މި ކަމުގައި ކުރިއަށް ދާނީ ކޮން ގޮތެއްތޯ ބަލައި، މި ކަމުގައި އަޅުގަނޑުމެންނަށް އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ މި ބޭފުޅުން އެކައުންޓަބަލް ކުރަން،" ހަމަދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ފައިނޭންޝަލް އޮޑިޓެއް ހަދަން މީރާގައި އެދިފައިވާއިރު، މެނޭޖްމަންޓު އޮޑިޓެއް ހެދުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ.

އައްޑޫ ފްލައިން ސްކޫލުން އޭއޭއޭ ބޭރުކޮށް، އެހެން ބަޔަކާ ހިންގުން ހަވާލުކުރަން ދަރިވަރުން ގޮވާލަމުންދާއިރު، ދަރިވަރުންގެ މަސްލަހަތު އިސްކޮށް ކަމަށް ބުނެ އެތަނުގެ ހިންގުން ރާއްޖޭގެ ސްކޫލަކާ ހަވާލުކުރަން އެ ކުންފުނިން ދަނީ މަޝްވަރާ ކުރަމުންނެވެ.

ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "އަދަދު"އަށް ވިދާޅުވެފައިވާ ގޮތުގައި، އެ ނެގޯޝިއޭޝަންގެ ކަންތައް ވަރަށް ބާރު ސްޕީޑުގައި ކުރެވެމުންދާ ކަމަށާއި، ދަރިވަރުންގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ހިއްސާ ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ކޮލެޖެއްގެ ދަށަށް ފްލައިން ސްކޫލް ބަދަލުވުމާއެކު ކުދިންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުވެ ކުދިންނަށް ވަރަށް ބޮޑެތި ރަނގަޅުތަކެއް ލިބިގެންދާނެ. މިއީ ހަމައެކަނި ތޮށިގަނޑު ބަދަލުކޮށްލުމެއް ނޫން،" ފަޒީލް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސްކޫލްގެ މެނޭޖުމަންޓު ބަދަލުކުރާނީ ހަވާލުވާ ކޮލެޖަކުން ހުރިހާ ޒިންމާއެއް ނަގާގޮތަށް ކަމަށެވެ.

ނަމަވެސް، މަޝްވަރާ ކުރަމުންދަނީ ކޮން ކޮލެޖަކާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox