ބީބީސީ ދޫކޮށްލައި އޮންރީ ބެލްޖިއަމްގެ ހުށަހެޅުން ގަބޫލުކޮށްފި

May 31, 2021, 6:49 AM
2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން އޮންރީ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން އޮންރީ.

ލަންޑަން (މެއި 31) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބީބީސީގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ނިންމައިގެން ހުރި ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއަރީ އޮންރީ އަލުން ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތް ކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނިންމައިފި އެވެ.

އޮންރީ ބެލްޖިއަމް އެސިސްޓަންޓް ކޯޗުކަމާ ހަވާލުވީ 2016 ވަަނަ އަހަރު އެވެ. އޭނާ ވަނީ ބެލްޖިއަމުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި ޓީމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. އަލުން އޮންރީ ހަވާލުވިކަން އިއުލާނުު ކުރަން ބެލްޖިއަމް ޓީމުން ކުރި ޓްވީޓްގައި ބުނެފައިވަނީ "ނުނިމި ހުރި މަސައްކަތެއް ފުރިހަމަަ ކުރަން އޮންރީ އަލުން ޓީމާ ގުޅުމުން" މަރުހަބާ ކިޔާ ކަމަށެވެ.

ބީބީސީ އިން ނެރުނު ބަޔާނެއް މެދުވެރިކޮށް އޮންރީ ބުނީ ބީބީސީ ޓީމާ އެކު ޔޫރޯގައި ރަނގަޅު މަސައްކަތްތަކެއް ކުރަން ބޭނުންވި ނަމަވެސް އެކަން މިހާރު ކުރެވެން ނެތްކަން ހިތާމައާ އެކު އިއުލާނުކުރަން ޖެހިފައިވާ ކަމަށެވެ.

"ބީބީސީން ދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެކަމަކު ބެލްޖިއަމް އެސިސްޓަންޓް ކޯޗަކަށްވާން އަލުން ލިބުމަކީ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު ފުރުސަތެއް،" އޮންރީ ބުންޏެވެ.

ބެލްޖިއަމް ގައުމީ ޓީމާ އޮންރީ ހަވާލުވީ މުއްދަތެއް އިއުލާން ކޮށްފައިނުވެ އެވެ. އޮންރީ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބެލްޖިއަމްގެ ވަޒީފާ ދޫކޮށްލި ފަހުން ދެ ޓީމަކަށް ކޯޗުކަން ކޮށްދީފަ އެވެ. އެއީ ފްރާންސްގެ މޮނާކޯ އާއި އެމެރިކާ ލީގުގައި ކުޅޭ މޮންޓްރެއާލް އިމްޕެކްޓަށެވެ. މޮންޓްރެއާލުން އޮންރީ ވަކިވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ ލަންޑަނުގައި އުޅޭ އޮންރީގެ އާއިލާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވާތީ އެވެ.

ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި ކުޅޭ ބެލްޖިއަމް މި ފަހަރު ޔޫރޯގައި ވާދަކުރަނީ ރަޝިއާ، ފިންލެންޑް، ޑެންމާކާ އެކު ގްރޫޕް ބީގަ އެވެ. ބެލްޖިއަމްގެ ފުރަތަަމަ މެޗު ކުޅޭނީ ޖޫން މަހު 12 ވަނަ ދުވަހު ރަޝިއާއާ ދެކޮޅަށެވެ.

މޮނާކޯ، ޔުވެންޓަސް، އާސެނަލް އަދި ބާސެލޯނާ އަށް ކުޅުނު އޮންރީ ކުޅުން ހުއްޓާލީ އެމްއެލްއެސްގެ ނިއުޔޯކް ރެޑްބުލްސް އަށް ކުޅުމަށް ފަހު 2014 ވަނަ އަހަރު އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޮންރީ މަސައްކަތް ކުރަމުން އައީ މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި އަދި އާސެނަލްގެ 18 އަހަރުން ދަށުގެ އެކަޑަމީ ކޯޗެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް އާސެނަލްގެ އޭރުގެ ކޯޗު އާސެން ވެންގާއާ މައްސަލަ ޖެހިގެން އޮންރީ ވަނީ އާސެނަލްގެ އެކަޑަމީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox