ދީބާޖާ މައްސަލަ ރަޖިސްޓްރާ ބަލައިނުގަތް، އަނެއްކާވެސް ހުށަހަޅައިފި

ސުޕްރީމް ކޯޓު: ދީބާޖާ މައްސަލަ ރަޖިސްޓްރާ ބަލައިނުގަތުމުން އަނެއްކާވެސް ވަނީ ހުށަހަޅާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓު: ދީބާޖާ މައްސަލަ ރަޖިސްޓްރާ ބަލައިނުގަތުމުން އަނެއްކާވެސް ވަނީ ހުށަހަޅާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ދީބާޖާ ކުންފުންޏަށް ބަދަލު ނަގައިނުދިނުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ރަޖިސްޓްރާ ބަލައިނުގަތުމުން، އެ ނިންމުން އަލުން ބަލައިދިނުމަށް ހުށަހަޅައިފި އެވެ.

ދެވަނަ ފަހަރަށް އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓުން ދިން ހާއްސަ ހުއްދައެއްގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި ދީބާޖާ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ރަޖިސްޓްރާގެ އެ ނިންމެވުމުގައި ބުނެފައިވާ ގޮތުގައި، އިސްތިއުނާފު ކުރުމަށް ދީބާޖާއިން ހުށަހަޅާފައިވާ ނުކުތާތަކަކީ ހައިކޯޓުން އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ގޮތެއް ކަނޑައަޅާފައިވާ ނުކުތާތަކެކެވެ. އެހެންވެ، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ހުށަހަޅާފައިނުވާ ކަމެވެ.

ރަޖިސްޓްރާގެ އެ ނިންމުން އަލުން ބަލައިދިނުމަށް ގިނަ ނުކުތާތަކާ އެކު ތަފްސީލްކޮށް އިއްޔެ ދީބާޖާ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ބައެއް ނުކުތާތަކަކީ ހައިކޯޓުގައި ފާހަގަކުރުމުން ވެސް އުފެދިފައިވާ ގާނޫނީ ބަހުސަށް ޖަވާބު ލިބޭ ގޮތަށް އެ ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ގާނޫނީ ނުކުތާތަކެކެވެ.

އަދި، ރަޖިސްޓްރާ ނިންމާ ނިންމުމުގައި، އޭނާގެ ދައުރު އޮންނަންވާނީ އެ މާއްދާތަކުގައި ބުނާ ފަދަ ސަބަބެއް އިސްތިއުނާފުކުރުމަށް އެދޭ ފަރާތުން ހުށަހެޅިތޯ ބެލުމަށް ކަމަށެވެ. ނަމަވެސް، މި މައްސަލާގައި ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ސަބަބެއް ހުށަހަޅާފައިނުވާ ކަމަށް ރަޖިސްޓްރާ ބުނެފައިވުމަކީ، އޭނާ ފަނޑިޔާރުންގެ ދައުރު އަދާކުރުން ކަމަށް ދީބާޖާއިން ފާހަގަކުރެ އެވެ.

ދީބާޖާއިން ފާހަގަކުރި ގޮތުގައި، ހުށަހެޅި ގާނޫނީ ނުކުތާތަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސްތިއުނާފީ ކަންފަތުން އަޑުއައްސަވައި، ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ރަޖިސްޓްރީކޮށްދޭން ޖެހޭ ފަދަ ހާލަތެއް އޮތް ނުކުތާތަކެއް ކަމެވެ.

ދީބާޖާ މައްސަލައިގެ ފަސް ފަހަތް

ދީބާޖާއަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ، އިޖުރާއީ ނުކުތާއެއްގެ މައްޗަށް ސުޕްރީމް ކޯޓުން ބޮޑު އަދަދެއްގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް ހުކުމް ކުރުމާއެކު އެވެ. އެ ހުކުމް ނެރުއްވީ ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗުންނެވެ.

އެ ހުކުމްގައި ސުޕްރީމް ކޯޓުން، ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ނިންމާފައި އޮތީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ހައިކޯޓުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައި އޮތުމުންނެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015ގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް، 12، 2015 އެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ބަދަލު ދޭން ސުޕްރީމް ކޯޓުން ނެރުނު ހުކުމާމެދު ކަންބޮޑުވުން އޮތުމުން ރައްޔިތުންގެ މަޖިލީހުން މައްސަލަ ބެލި އެވެ. އެއަށްފަހު ފާސްކުރީ ދީބާޖާގެ ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބަށް ދަންނަވާށެވެ. އެގޮތަށް ފާސްކުރީ، މައްސަލަ ރިވިއުކޮށްގެން ވެސް ކާމިޔާބު ނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވަނިކޮށެވެ.

ނަމަވެސް، ބަންޑާރަ ނައިބު ސްޓޭންޑް ބަދަލުކޮށް، ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.

ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ އެ ހުކުމް، ރިވިއު ކުރަން ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އިސްތިއުނާފުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ވެސް އެ ހުއްދަ ދިނުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރީ ބާރެއް ކަމަށް އެ ހުކުމްގައި ކަނޑައެޅި އެވެ.

މި މައްސަލާގައި ހައިކޯޓަށް ދައުލަތުން އިސްތިއުނާފު ހުށަހެޅުމަށް ލަސްވެގެން ދިޔަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލައާ ހަވާލުވެ ހުންނެވި ވަކީލްގެ އިހުމާލުން ކަމެވެ. މައްސަލާގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް، ސިވިލް ކޯޓުން ދޫކުރީ 72 ދުވަސް ފަހުންނެވެ. އެއީ 14 ދުވަސް ތެރޭގައި ދޫކުރަން ޖެހޭ އެއްޗެކެވެ.

ހުކުމް ފާހަގަކުރި ގޮތުގައި، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަކީ ވަރަށް އަސާސީ ހައްގެއް ކަމަށްވާ އިސްތިއުނާފު ކުރުމުގެ ހައްގާ ގުޅިފައިވާ އެއްޗަކަށްވާއިރު އެ ދޫނުކުރުން ލަސްކުރުމަކީ އިންސާފަށް ދަތި ކުރުން ކަމުގަ އެވެ. ހަގީގަތުގައި އިސްތިއުނާފު މުއްދަތު ގުނަން ޖެހޭނީ ވެސް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކުރާ ދުވަހުން ފެށިގެން ކަމަށެވެ.

އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ވެސް މައްސަލަ ބަލައިގަނެ، ހައިކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ސަބަބެއް އެ ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިނުވީ ނަމަވެސް، ސުޕްރީމް ކޯޓުން ގަބޫލު ކުރެއްވި ގޮތުގައި ހައިކޯޓުގައި އެ މައްސަލާގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންދިޔުން ރަނގަޅެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ނުކުތާގައި ހިފައި، މައްސަލާގެ މައުލޫއީ ގޮތެއްގައި ނުބަލައި ހުކުމް އިއްވުން ގޯހެވެ.

އެހެންވެ، ހައިކޯޓުގެ ހުކުމަށް ރުޖޫއަވުމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ، ދީބާޖާ ކުންފުންޏަށް ބަދަލު ދޭން ނުޖެހުމެވެ. ނަމަވެސް އެ ހުކުމަށް އަހަރުތަކެއްވެފައިވާތީ އެންމެ އިންސާފުވެރި ގޮތަކީ، މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ކަމަށް ހުކުމްގައިވެ އެވެ.

އަލުން އިސްތިއުނާފުކޮށްފި ނަމަ، މައްސަލަ މައުލޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox