ސްރީލަންކާގެ ގޮނޑުދޮށްތައް ތަގައްޔަރުވުމުން ޖިނާއީ ތަހުގީގެއް ފަށައިފި

ނެގޯމްބޯ ގޮނޑުދޮށަށް ލައްކާފައިވާ ތަކެތި ސާފުކުރުމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: ރޮއިޓާޒް

ނެގޯމްބޯ ގޮނޑުދޮށަށް ލައްކާފައިވާ ތަކެތި ސާފުކުރުމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: ރޮއިޓާޒް

ސްރީ ލަންކާ ކައިރިން ރޯވެ އަނދަން ފެށި މުދާ އުފުލާ ބޯޓަކުން ތެލާއި ކުނި ބޭރުވެ އެ ގައުމުގެ ހުޅަނގުގެ ގޮނޑުދޮށްތައް ތަގައްޔަރުވި މައްސަަލައިގައި ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއީ ލަންކާގެ ތާރީހުގައި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ދިމާވި އެންމެ ބޮޑު ހާދިސާ އެވެ.

ހުޅަނގު އައްސޭރިފަށުގައިވާ ނެގޯމްބޯގެ ގޮނޑުދޮށް ވަނީ ތެލާއި ކުދިކުދި ޕްލާސްޓިކުން ތަގައްޔަރުވެފަ އެވެ.

ފަތުރުވެރިކަމަށް މަގްބޫލް ނެގޯމްބޯގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު އާމްދަނީ ހޯދަނީ މަސްވެރިކަމުންނެވެ. އެހެންވެ، ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރިއްޖެ ނަމަ އާއްމުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި މަސް ބޭނުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ "އެކްސް-ޕްރެސް ޕާލް" ބޯޓުގައި ހުރީ ކެމިކަލް އާއި ކޮސްމެޓިކްސް އެވެ. މި ބޯޓުގައި ރޯވެ އަނދަމުންދާތާ މިހާރު އެގާރަ ދުވަސް ވެއްޖެ އެވެ. ބޯޓުގައި ރޯވީ އިންޑިއާގެ ގުޖަރާތުން ކޮލޮމްބޯއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ބޯޓުގެ ކްރޫ މެމްބަރުންގެ ތެރޭގައި ހިމެނޭ 25 މީހުން މިދިޔަ އަންގާރަ ދުވަހު ސަލާމަތް ކުރުމަށް ފަހު މިހާރު ތިބީ ކަރަންޓީނުގަ އެވެ. ނަމަވެސް ތަހުގީގުގެ ބޭނުމަށް އަންނަ ހޯމަ ދުވަހު އެ މީހުންނާ ސުވާލު ކުރާނެ އެވެ.

މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހެޅީ ލަންކާގެ މެރީން އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީންނެވެ.

މިދިޔަ ހަފްތާގައި ކަމާބެހޭ އިދާރާތަކުން ބުނީ ބޯޓުގައި ރޯވީ ނައިޓްރިކް އެސިޑު ލީކުވެގެން ކަމަށާއި ލީކުވަމުންދާކަން ބޯޓުުގެ ކްރޫއަށް މޭ 11 ވަނަ ދުވަހުން ފެށިގެން އެނގޭ ކަމަށެވެ.

"ތަގައްޔަރުވެފައިވާ ކަނޑުގެ ލޮނުފެނާއި ބޯޓުގެ ބައެއް ކުނީގެ ސާމްޕަލް މިހާރު ވާނީ ފޮރެންސިކް ތަހުލީލަށް ނަގާފައި،" ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހާނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް އަދިވެސް އެއްކޮށް ނިއްވާލެވިފައެއް ނުވެ އެވެ.

ބޯޓުގެ ވެރި ފަރާތް ކަމުގައުވާ "އެކްސް-ޕްރެސް ފީޑާޒް" އިން ބުނީ އޭގެ ފިޔުލް ޓޭންކުތަކަށް އެއްވެސް ގެއްލުމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް ބޯޓުގައި ހުރި މުދަލުގެ ބޮޑު ބައިގައި ވަނީ އަނދައިހުލިވެފަ އެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި، ސޯޑިއަމް ހައިޑްރޮކްސައިޑާއި، ލުބްރިކަންޓް އަދި އެހެން ކެމިކަލް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox