ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓާ ކޮމާންޑަރު ބަދަލުކޮށްފި

ސިފައިން ހަތިޔާރާއެކު ޑިއުޓީގައި: އެސްޕީޖީގެ ކޮމާންޑަރު ވަނީ ބަދަލުކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ސިފައިން ހަތިޔާރާއެކު ޑިއުޓީގައި: އެސްޕީޖީގެ ކޮމާންޑަރު ވަނީ ބަދަލުކޮށްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދީފައިވަނިކޮށް ކުރީގެ ރައީސުންގެ ސެކިއުރިޓީ ބަލަހައްޓާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕުގެ ލީޑާޝިޕް އެއްކޮށް ބަދަލުކޮށްފި އެވެ.

މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި އެސްޕީޖީގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު އަދި ފަސްޓް ސާޖަންޓުގެ މަގާމަށް އާ ބޭފުޅުން ހަމަޖެއްސުން ހިމެނެ އެވެ.

އެސްޕީޖީގެ އާ ކޮމާންޑަރަކަށް އައްޔަން ކޮށްފައިވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. އޭނާ ސިފައިންގެއިން ވަކިކޮށްފައި ވަނިކޮށް އަލުން ވަޒީފާ ދީފައި ވަނީ ކޯޓުން ހުކުމްކޮށްގެނެވެ.

އެސްޕީޖީގެ ކޮމާންޑަރަކަށް ކުރިން ހުރީ ކާނަލް ނަސްރުއްﷲ އިބްރާހިމް މަޖުދީ އެވެ.

އެސްޕީޖީގެ ޑެޕިއުޓީ ކޮމާންޑަރަކަށް މިއަދު އައްޔަން ކުރީ މޭޖާ މޫސާ އަމީޒެވެ. އަދި އެސްޕީޖީގެ ފަސްޓް ސާޖެންޓްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަސްޓް ސާޖެންޓް އަބްދުﷲ ޖަމީލެވެ.

ކުރީގެ ރައީސުންގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި މިނިސްޓަރުންގެ ސެކިއުރިޓީވެސް ބަލަހައްޓަނީ އެސްޕީޖީންނެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސިފައިންގެ ސެކިއުރިޓީއާމެދު ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހެދުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް ގެންދަވަނީ މަސައްކަތް ކުރަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލީ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ސައިކަލުގެ މަޑިދަށުގައި ބާއްވައިގެންނެވެ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން އެމަނިކުފާނު ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް ފޯރުމާ އެކު އައިއީޑީ ގޮއްވާލުމުން ލިބުނު ޒަހަމްތަކާ އެކު ބިންމައްޗަށް ވެއްޓިވަޑައިގަތީ އެވެ. އެކުގައި ތިއްބެވި ސެކިއުރިޓީންނަށް ވެސް އަނިޔާވި އެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.

ބާރުގަދަ މި ހަމަލާގެ އެއްވެސް މައުލޫމާތެއް އިންޓެލްއަށް ލިބިފައިނެތްކަން ސިފައިންނާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

ނުރައްކާތެރި ހަމަލާގެ ތުހުމަތުގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox