ރޯވެފައިވާ ބޯޓުގެ ތެލުން ލަންކާ ގޮނޑުދޮށް ތަގައްޔަރުވވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސިފައިން ބީޗު ސާފު ކުރަނީ.-- ފޮޓޯ: ރޮއިޓާޒް

ސްރީލަންކާގެ ކަނޑުގެ ސިފައިން ބީޗު ސާފު ކުރަނީ.-- ފޮޓޯ: ރޮއިޓާޒް

ސްރީ ލަންކާ ކައިރިން ރޯވެ އަނދަމުންދާ މުދާ އުފުލާ ބޯޓަކުން ފައިބާ ތެލާއި ކުނީގެ ސަބަބުން އެ ގައުމުގެ ހުޅަނގުގެ ގޮނޑުދޮށް ތަގައްޔަރުވެއްޖެ އެވެ.

ފަތުރުވެރިންގެ މެދުގައި މަގްބޫލް ނެގޯމްބޯގެ ގޮނޑުދޮށް ތަގައްޔަރުވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް އާއްމުވުމުން އެ ގައުމުގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ "އެކްސް-ޕްރެސް ޕާލް" ބޯޓުގައި ހުރީ ކެމިކަލް އާއި ކޮސްމެޓިކްސް އެވެ. މި ބޯޓުގައި ރޯވެ އަނދަމުންދާތާ މިހާރު އަށް ދުވަސް ވެއްޖެ އެވެ.

އަލިފާންގަނޑު ނިއްވާލަން ލަންކާގެ ކަނޑުގެ ސިފައިން މަސައްކަތް ކުރަމުން ދަނީ އިންޑިއާ ކަނޑުގެ ސިފައިންނާ ގުޅިގެންނެވެ. މި ހާދިސާގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިދާނެތީ ކަމުގެ ތަޖުރިބާކާރުން ވެސް ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

ބޯޓު އަޑިއަށް ގޮސްފި ނަމަ އެތައް ސަތޭކަ ޓަނުގެ ތެޔޮ ކަނޑަށް ލީކުވުމުގެ ފުރުސަތު އެބަ އޮތެވެ. އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރު ކުރާނެ އެވެ.

އަލިފާންގަނޑު ނިއްވާލަން ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ގަދަ ވަޔާއެކު ކަނޑު ގަދަވެފައި ވާތީ މަސައްކަތަށް ދަނީ ހުރަސް އެޅެމުންނެވެ.

މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ލަންކާގެ ޕޯޓްސް އޮތޯރިޓީގެ ޗެއާމަން ދާޔާ ރަތްނަޔަކެ ބީބީސީއަށް ވިދާޅުވި އެވެ. ނަމަވެސް އަދިވެސް ހޫނުގެ އަސަރު ކުރާތީ ބޯޓަށް އެރޭ ގޮތެއް ނުވެ އެވެ.

ކަނޑުގެ ސިފައިން ބޭނުންވަނީ ލަންކާއާ ދުރަށް ކަނޑުގެ ފުން ހިސާބަކަށް އެ ބޯޓު ގެންދިޔުމަށެވެ. ރަތްނަޔަކެ ވިދާޅުވީ އެކަން ކުރުމަށް ތަޖުރިބާކާރުންގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.

ނެގޯމްބޯ ބީޗުގައި ކަނޑުގެ ސިފައިން.-- ފޮޓޯ: ރޮއިޓާޒް
ނެގޯމްބޯ ބީޗުގައި ކަނޑުގެ ސިފައިން.-- ފޮޓޯ: ރޮއިޓާޒް

ނެގޯމްބޯ ބީޗުގައި ކަނޑުގެ ސިފައިން.-- ފޮޓޯ: ރޮއިޓާޒް

ފަތުރުވެރިކަމަށް މަގްބޫލް ނެގޯމްބޯގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު އާމްދަނީ ހޯދަނީ މަސްވެރިކަމުންނެވެ. އެހެންވެ. ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރިއްޖެ ނަމަ އާއްމުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި މަސް ބޭނުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މިހާރު ވެސް ގޮނޑުދޮށަށް ކޮންމެވެސް ވަރަކަށް ތެޔޮ ފެތުރިފައި ވާއިރު، ކުދިކުދި ޕްލާސްޓިކް ޕެލެޓް ކޮޅުތައް ކުނީގެ ގޮތުގައި ވަނީ ލައްގައިފަ އެވެ. އެ ޕްލާސްޓިކްތައް ގިނަ ދުވަސް ވުމުން އިތުރަށް ކުދިކުދިވެ، ކަނޑުގެ ދިރުންތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑު ކަމަށް ޕްރޮފެސަރ ޖާގަތު ގުނަވަރްދެނަ ބީބީސީއަށް ވިދާޅުވި އެވެ.

ލަންކާގެ މެރީން އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާމަން ދަރްޝަނީ ލަހަންދަޕުރާ އޭއެފްޕީއަށް ވިދާޅުވީ ބޯޓު ލަންކާ ސަރަހައްދަށް ވަތް އިރު އޭގެން ނައިޓްރިކް އެސިޑު ލީކުވަމުން ދިޔަކަން ކްރޫއަށް އެނގޭ ކަމަށާއި އަވަހަށް ފިޔަވަޅު އެޅި ނަމަ އަލިފާން ރޯނުވީސް ކަމަށެވެ.

ލަންކާ އޮފިޝަލުން ވަނީ ބޯޓުގެ ކެޕްޓަނާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ. ބޯޓުގައި ރޯވެ އަނދަން ފެށުމުން ކެޕްޓަނާއި ފަޅުވެރިން ސަލާމަތް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox