ގުޅިފަޅުން އިތުރު ގޯތި ދޭން ޕްލޭން ބަދަލުކުރަން މަޝްވަރާ ކުރަނީ

ގުޅީފަޅު: މިތަން ހިއްކައި މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ބަދަލުކުރަން ވަނީ ނިންމާފައި: ފޮޓޯ / ދަބިޒްނަސްޕޯޓްޑޮޓްކޮމް

ގުޅީފަޅު: މިތަން ހިއްކައި މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ބަދަލުކުރަން ވަނީ ނިންމާފައި: ފޮޓޯ / ދަބިޒްނަސްޕޯޓްޑޮޓްކޮމް

މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރަން ހިންގާ މަޝްރޫއުގައި ހިމެނޭ ގުޅިފަޅުން އިތުރު ގޯތި ދޫކުރަން ޕްލޭނަށް ބަދަލު ގެންނަން މަޝްވަރާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު ނިންމާފައިއޮތީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ގުޅިފަޅު ހިއްކައި އެތަނުން ގޯއްޗާއި ފްލެޓު ދޫކުރުމަށެވެ.

ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުން އެ ނިންމުން ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައިވަނީ ގުޅިފަޅުގަ އެވެ.

އެކަމާ ދެކޮޅަށް އެންމެ ހަރުއަޑުން ވަކާލާތު ކުރައްވަމުން މޭޔަރު ކަމަށް އިންތިހާބުވުމާއެކު، ކުރިން އޮތް ގޮތަށް ގުޅިފަޅަކީ ގެދޮރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްގީކުރަން މުއިއްޒު އިސްވެ ހުންނަވައިގެން އާ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ރައީސް ސޯލިހާ މިއަދު ބައްދަލުކުރެއްވުމަށްފަހު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ޕޯޓު މަޝްރޫއު ހިންގުން ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ގުޅިފަޅުގައި ޕޯޓު އެޅުމަށް ނިންމީ ފަންނީ ގިނަ ބޭފުޅުންގެ މަޝްވަރާތަކުގެ އިތުރުން ކުރީ ސަރުކާރުގައި ނިންމާފައި އޮތް ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ނަމަވެސް، ގުޅިފަޅުގައި ލައިޓް އިންޑަސްޓްރިއަލް ތަނެއްގެ ގޮތުގައި ތަރައްގީ ކުރަން ފުރަތަމަ ނިންމީ އޭރު ތިލަފުށީގައި ކުނި އަންދާތީ ކަމަށާއި، ނަމަވެސް ފަހުން އެހެން ގޮތަކަށް ކުނި މެނޭޖުކުރެވޭ ގޮތް ވުމުން އެތަނުގައި ޕޯޓު އެޅުމަށް ނިންމާފައިވާ ކަމަށް ރައީސަށް ދެންނެވި ކަމަށެވެ.

"މާލެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަމަކީ ދާއިމީ ގެދޮރުވެރިކަން ނޫނީ ގޯތި ލިބޭނެ ގޮތެއް ނެތުން. އެހެންވީމާ މާލޭގެ ރައްޔިތުން އެންމެ ބޭނުންވަނީ ގުޅިފަޅު ހިއްކައިގެން ގޯތި ލިބޭނެ ރެޒިޑެންޝަލް ސިޓީއަކަށް ވެގެންދިޔުން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ގުޅިފަޅު ޑިޒައިން ކުރެވިފައިއޮތީ ޕޯޓު ހަދަންކަމުން، މިހާރު އެކަމަށް ހެދިފައިވާ އެއްބަސްވުމަށް ބަދަލެއް ގެނައުމަކީ ފަސޭހަ ނިންމުމަކަށް ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެކަމަކު މިހާރު މާލެ ރައްޔިތުން އުޅޭ ނިކަމެތި ހާލަށް ބަލައި، އެންމެ ރަނގަޅު ގޮތަކީ ގުޅިފަޅަކީ ގެދޮވެރި މަންޒިލެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށް ރައީސަށް ތަކުރާރުކޮށް ދެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގުޅިފަޅުގެ ޕްލޭން ފައިނަލް ކުރުމުގަ ސިޓީ ކައުންސިލް ވަރަށް މުހިއްމު ދައުރެއް އަދާކުރަންޖެހޭ ފާހަގަކުރައްވައި، މިހާރު ހެދިފައި އޮތް ޕޯޓު އެޅުމުގެ ޕްލޭނަށް ބަދަލު ގެންނަން ކައުންސިލާ އެކީގައި މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތަކުގައި ދަންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިކަމަށް މޭޔަރު ވިދާޅުވި އެެވެ.

މި ސަރުކާރުން ގުޅިފަޅުގައި ޕޯޓު ހެދުމުގެ ޕްލޭން ހާމަކުރުމާއެކު ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އެތަނުން ވަކި ސަރަހައްދަކުން 1،200 ގޯތި ދޫކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

މުއިއްޒު މިރޭ ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ 1،200 ގޯތީގެ ޖާގަ ކަނޑައެޅިފަ އޮތް ނަމަވެސް، އެ ނިންމުން ބަދަލުކުރުމުގެ ވިސްނުން ރައީސް މިއަދު ހާމަކުރެއްވި ކަމަށެވެ.

"އެތަނުގަ މިހާރު ވެއާހައުސް ނޫނީ ގުދަން ކުރުމަށް އޮތް ޖާގަ މާލެ ސަރަހައްދުގެ އެހެން ތަނަކަށް ބަދަލުކޮށް، އެތަނުގަ 30،000 އެއްހާ ރައްޔިތުންނަށް އެޅެވޭ ވަރުގެ ޖާގައެއް ސިޓީ ކައުންސިލާ އެކީގައި މަސައްކަތްކޮށް އެ ބަދަލު ގެންނަން ސިޓީ ކައުންސިލާ އެކީގައި އިށީންނަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި 30،000 ރައްޔިތުންނަށް ގެދޮރު ބިނާކުރެވޭނަމަ، އެއީ ގާތްގަނޑަކަށް 5،000 ގޯތި އަދި އިތުރު ފްލެޓުތައް އެޅޭނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.

ނަމަވެސް، އެވަރުން ފުއްދައި ނުލައްވައި، ގުޅިފަޅަކީ ގެދޮވެރި މަންޒިލެއްގެ ގޮތުގައި ކައުންސިލުން ނިންމާފައި ނިންމުމުގެ މަތީގައި ތިބޭނެ ކަމަށް މުއިއްޒު ނުސީދާކޮށް ވިދާޅުވި އެވެ.

"މިއީ ފެށުމެއް. މި ފެށުމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ގޮތަށް ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ބަދަލުވެ، ޕޯޓު ތިލަފުއްޓަށް ބަދަލުވެގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން."

ޕޯޓު ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.

އެތަން ހިއްކުމުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިފައިވާއިރު، ލޯނު ހަމަޖެހުމުން ދެވަނަ ފިޔަވަހި ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޕްލޭނިން އަދި ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox