ނެޓު ހެޔޮކުރުން: އަޑު ކެނޑި، މަންޒަރު ރޫޅުން ނިމުމަކަށް؟

މިއަދު ފިކްސްޑް ބްރޯޑްބޭންޑުގެ މައިގަނޑު ތިން ޕެކޭޖަކަށް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައި. -އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

މިއަދު ފިކްސްޑް ބްރޯޑްބޭންޑުގެ މައިގަނޑު ތިން ޕެކޭޖަކަށް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައި. -އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އިންޓަނެޓުގެ އަގު ބޮޑެވެ؛ ކައިރި ބައެއް ގައުމުތަކާއި ރާއްޖޭގެ އިންޓަނެޓުގެ އަގުގެ ފަރަގު ދައްކައި ޝަކުވާކުރަމުން، އަގަށް ބަދަލު ގެނެސްދޭން އާދޭސްކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މިކަން ވައުދެއްގެ ގޮތުގައި ފުއްދަވަން ނިންމެވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ދެބައިވި އިރު ވެސް އަގު ހެޔޮނުވުމުގެ ރުޅި ބޭލި އެވެ. ކޮވިޑުގެ މި ހަލާތަކާ އެކު އިންޓަނެޓަށް ބަރޯސާވުން ބޮޑުވެ އެމަނިކުފާނު ޕްރެސް ކޮންފަރެންސްތައް ވެސް އޮންލައިންކޮށް ބައްވާއިރު "އަޑު ކެނޑި، މަންޒަރު ރޫޅޭ" ކަމުގެ ކޮމެންޓްތައް ސޯޝަލްމީޑިއާގައި ކުރެ އެވެ.

އިންޓަނެޓުގެ އަގު ހެޔޮވުން "ލަސް ސްޕީޑުގައި"ކަމަށް ކުރާ ޝަކުވާތައް، އާ އަގުތައް އިއުލާންކޮށް ސަރުކާރުން މިއަދު ހުއްޓުވައިފި އެވެ. އެކަމަކު މިހާރު ކުރާ ސުވާލަކީ ހަމަ ހަގީގަތަށް ވެސް އަގު ހެޔޮވެއްޖެ ހެއްޔެވެ؟

މީގެ ކުރިން ވެސް އިންޓަނެޓުގެ އަގު ހެޔޮކުރި އެވެ. އެކަމަކު އެ "ބަދަލު" އޮތީ ނަމެއްގަ އެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިއުލާންކުރި ގޮތުގައި، އަންނަ ޖުލައި މަހުން ފެށިގެން ފުރަތަމަ ހެޔޮ ކުރަނީ ހިދުމަތުގެ މައި ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫން ދެމުންދާ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ތިން ޕެކޭޖެކެވެ. މިއީ، ގޭބީސީތަކުން އެންމެ އާއްމުކޮށް ބޭނުންކުރާ ޕެކޭޖްތަކެވެ.

އަގު ހެޔޮކޮށްފައިވާ ކަމަށް ބުނެފައި ވަނީ 5 އެމްޕީބީއެސް، 15 އެމްޕީބީއެސް އަދި 25 އެމްޕީބީއެސް ސްޕީޑުގައި ދެމުންދާ ޕެކޭޖުތަކަށެވެ.

އެކަމަކު މިއަދު އިއުލާނުކުރި ބަދަލުން އެ ޕެކޭޖުތަކުގެ އަގު ހަގީގަތުގައި ވެސް ހެޔޮ ވީތޯ ވަޒަން ކުރެވޭނީ ދެ ކުންފުނިން މިހާރު ދެމުންދާ އަގުތައް ވަރުން އެޅުވުމުންނެވެ.

ދިރާގުން އެ ޕެކޭޖުތައް މިހާރު ދޭ އަގު

  • 5 އެމްޕީބީއެސް - 40 ޖީބީ - 350ރ.
  • 15 އެމްޕީބީއެސް - 100 ޖީބީ - 690ރ.
  • 25 އެމްޕީބީއެސް - 200 ޖީބީ - 990ރ.

އުރީދޫން އެ ޕެކޭޖުތައް މިހާރު ދޭ އަގު

  • 5 އެމްޕީބީއެސް - 30 ޖީބީ - 349ރ.
  • 15 އެމްޕީބީއެސް - 75 ޖީބީ - 549ރ.
  • 25 އެމްޕީބީއެސް - 120 ޖީބީ - 749ރ.

އެ ދެ ކުންފުނިން އެ ސްޕީޑުތަކުގައި ދޭ ޕެކޭޖުތަކުގައި ކުދި ކުދި ތަފާތުތައް އުޅޭކަން ފާހަގަކުރެވެ އެވެ. އެ ގޮތުން ޑޭޓާ އެލަވަންސް ތަންކޮޅެއް ކުޑަކޮށް އަގަށް ބަދަލު ގެނެސްފައިވެ އެވެ.

ހަހަހަ
ހަހަހަ

ދިރާގު އާއި އުރީދޫ އިން މިހާރު ޕެކޭޖުތައް ދޭ އަގާއި ޖޫން މަހުން ފެށިގެން ހެޔޮވާ އަގުތައް. -އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

މި ތިން ޕެކޭޖު ހިޔާރުކޮށްފައިވަނީ، ކުރެވުނު ފުޅާ މަޝްވަރާތަކުގެ އަލީގައި، އާއްމު ގޭބީސީތަކުގައި އެންމެ މަގުބޫލުކަން ބޮޑު ޕެކޭޖުތަކަށް ބަލައިގެން ކަމަށް ސަރުކާރުން ބުނެ އެވެ.

އެގޮތުން ދެ ކުންފުނިން އެ ޕެކޭޖުތައް މިހާރު ދޭ އަގުތަކަށް ބަލާއިރު، ޖުލައި މަހުން ފެށިގެން 5 އެމްޕީބީއެސްގެ ޕެކޭޖަކުން ގާތްގަނޑަކަށް 100ރ. އަގު ހެޔޮވާނެ އެވެ.

އަދި 15 އެމްޕީބީއެސް ސްޕީޑުގައި 100 ޖީބީ ލިބޭ ދިރާގުގެ ޕެކޭޖުން 190ރ. ސަލާމަތްވާއިރު، އެ ސްޕީޑުގައި 549ރ. އަށް އުރީދޫން ލިބުނު 75 ޖީބީ، 49ރ. ހެޔޮކޮށް އިތުރު 25 ޖީބީ ލިބޭނެ އެވެ.

މީގެ އިތުރުން، 25 އެމްޕީބީއެސް ސްޕީޑުގައި 200 ޖީބީ މިހާރު ދިރާގުން 990ރ. އަށް ލިބޭ ޕެކޭޖު، ޖުލައި މަހުން ފެށިގެން 700ރ. އަށް ލިބޭނެ އެވެ.

ހަމަ އެ ސްޕީޑުގައި މިހާރު އުރީދޫން 120 ޖީބީ ލިބެނީ 749ރ. އަށެވެ. އެކަމަކު މި ގެނެވުނު ބަދަލުން 25 އެމްޕީބީއެސްގެ ސްޕީޑުގައި 200 ޖީބީ 700ރ. އަށް ހެޔޮ ވާނެ އެވެ.

ތުރޮޓުލް ސްޕީޑް މަތި، ހަރަދު އިތުރަށް ކުޑަވާނެ

ޕެކޭޖުތަކުގެ އަގުތައް ބޮޑުވުމުގެ ކަންބޮޑުވުމުގެ އިތުރުން، މަސް ދެބައި ވާއިރު ނަގާ ޕެކޭޖަށް ލިބޭ ޑޭޓާ ހުސްވެ، ތުރޮޓުލް ކުރުމުގެ ސަބަބުން އިންޓަނެޓުގެ ސްޕީޑު ދަށްވެ، އޭގެ އެއްވެސް ބޭނުމެއް ނުހިފޭ ހިސާބަށްދާ ކަމީ ވެސް އާއްމުންގެ ބޮޑު ޝަކުވާ އެކެވެ.

މިހާރު އުރީދޫގެ އިތުރުން ދިރާގުން ވެސް މި ތިން ޕެކޭޖުގައި ވެސް ދޭ ޖީބީ ކޮޅު ހުސްވުމުން، 1 އެމްޕީބީއެސްއަށް އިންޓަނެޓުގެ ސްޕީޑު ތުރޮޓުލް ކުރެ އެވެ. އެކަމަކު ގިނަ ވަގުތުތަކުގައި އެވަރަށް ވެސް ސްޕީޑެއް ނުލިބެ އެވެ.

އޭގެ ސަބަބުން އީމެއިލް އެއްހާ ހިސާބު ވެސް ފޮނުވާލަން ޖެހިއްޖެ ނަމަ، އެޑްއޮންގެ ނަމުގައި އިތުރު ޑޭޓާ ނަގަން މަޖުބޫރު ވަނީ އެވެ.

އެއާއެކު، ކޮންމެ މަހަކު ޕެކޭޖަށް ދައްކާ އަގު އިތުރަށް، އެކި ފަހަރު މަތިން ނަގާ އެޑްއޮންތަކާއެކު އިންޓަނެޓުގެ ބިލު އިންތިހާއަށް ބޮޑުވެގެން ދެ އެވެ.

ދިރާގު އެޑްއޮން ބައެއް އަގުތައް

  • 3 ޖީބީ - 30ރ.
  • 8 ޖީބީ - 50ރ.
  • 20 ޖީބީ - 100ރ.

އޫރީދޫ އެޑްއޮން ބައެއް އަގުތައް

  • 4 ޖީބީ - 50ރ.
  • 10 ޖީބީ - 100ރ.
  • 25 ޖީބީ - 200ރ.

އެ މައްސަލައަށް ހައްލެއް ގެންނަން ވެސް މިއަދު އިއުލާނުކުރި ބަދަލުތަކުގެ ތެރޭގައި ސަރުކާރުން ވަނީ ވިސްނައިފަ އެވެ.

އެގޮތުން، ފިކްސްޑް ބްރޯޑްބޭންޑު ހިދުމަތުގެ ދަށުން ދޭ މި ޕެކޭޖުތަކުގެ ސްޕީޑު، ޑޭޓާ ހުސްވުމުން 2 އެމްޕީބީއެސް އަށް ވުރެ ދަށް ނުކުރެވޭ ގޮތަށް މި ވަނީ ބަދަލުކޮށްފަ އެވެ.

އަދި 300ރ. އިން މަތީގެ ޕެކޭޖުތަކުގެ ތުރޮޓުލް ކުރެވޭ ސްޕީޑު ޖުލައި މަހުން ފަށިގެން 5 އެމްމީޕީބީ އެސް އަށް ވުރެ ދަށް ނުކުރެވޭނެ އެވެ.

އޭގެ މާނައަކީ 15 އެމްޕީބީއެސް އާއި 25 އެމްޕީބީއެސްގައި ދޭ ޕެކޭޖުތަކަށް ދޭ ޑޭޓާ އެލަވަންސް ހުސްވިޔަސް 5 އެމްޕީބީއެސްއަށް ވުރެ ދަށް ކުރުން ޖުލައި މަހުން ފެށިގެން މަނާވާނެ އެވެ.

އަދި ތުރޮޓުލް ސްޕީޑު ވަރަށް ގާތުން ބަލައި، މިހާރު ކަނޑައަޅާފައިވާ އުސޫލާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ކޮމިޔުނިކޭޝަން އޮތޯރިޓީން މިއަދު ވަނީ ދީފަ އެވެ.

މިއަދު އިއުލާނުކުރި ބަދަލުތަކުގެ ތެރޭގައި މޯބައިލް އިންޓަނެޓުގެ ހިދުމަތަށް ވެސް ބައެއް ބަދަލުތައް ގެންނާނެ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

އެ ބަދަލުތައް ވެސް އެނގެން ކުރެވޭ އިންތިޒާރު ބޮޑެވެ.

އެކަމަކު މިއަދު މިއޮތީ ފިކްސްޑް ބްރޯޑްބޭންޑުގެ ވާހަކަ އެވެ. މިއީ ރައްޔިތުން ބޭނުންވެފައި ތިބި ބަދަލުތޯ އާއި އިންޓަނެޓުގެ އަގު ހަގީގަތުގައި ވެސް ހެޔޮ ވެއްޖެތޯ މިހާރު ވެސް ބަހުސް ފެށިގެން ކުރިއަށް އެބަދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox