ޔޫރޮޕާ ލީގު: ތަށި ހޯދައި އެމެރީ އާސެނަލަށް ޝުކުރު އަދާކޮށްފި

May 27, 2021, 5:35 AM
އެމެރީ ޔޫރޮޕާ ލީގުގެ ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

އެމެރީ ޔޫރޮޕާ ލީގުގެ ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ގަޑާންސްކް، ޕޮލެންޑް (މެއި 27) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ވިޔަރެއާލަށް މުބާރާތުގެ ތާރީހީ ކާމީޔާބީ ހޯދައިދިން މެޗަށް ފަހު އެ ޓީމުގެ ކޯޗު އުނާއި އެމެރީ އޭނާގެ ކުރީގެ ކްލަބަށް އާސެނަލަށް ޝުކުރު އަދާކޮށްފި އެވެ.

ރޭ ވިޔަރެެއާލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ކުޅުން ނިމުނުއިރު، އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ވިޔަރެއާލް މޮޅުވީ ޕެނަލްޓީ ޖަހައިގެން 10-11 އިންނެވެ.

ސެވިއްޔާ ގޮވައިގެން ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ހޯދި އެމެރީ، ވިޔަރެއާލަށް ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނީ މުޅި މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލުގައި މިހާތަނަށް އެމެރީ ބަލިވީ އެންމެ ފަހަރަކު އެވެ. އެއީ 2019 ވަނަ އަހަރު އާސެނަލް ގޮވައިގެން ކުޅުނު ފައިނަލްގަ އެވެ. އެ ފަހަރު އާސެނަލް ބަލިވީ ޗެލްސީ އަތުންނެވެ.

އާސެނަލާ އެކު ޔޫރޮޕާ ލީގު ފައިނަލުން ބަލިވިތާ ހަ މަސް ތެރޭ އެ ޓީމުގެ ކޯޗުކަން އެމެރީ އަށް ގެއްލުނެވެ. އެމެރީ އަކީ ބާވީސް އަހަރަށް ފަހު އާސެނަލްގެ ކޯޗުކަމުން އާސެން ވެންގާ ވަކިވުމުން ބަދަލުގައި ގެނައި ކޯޗެވެ. އެމެރީ ވިޔަރެއާލާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އެމެރީ ބުނީ އާސެނަލަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި އެއީ އެ ޓީމުގައި ހޭދަކުރި ދުވަސްތަކުގަޔާއި ވަކިވުމަށް ފަހު ކޯޗެއްގެ ގޮތުގައި ޑިވެލޮޕްވާން ކަންތައްތަކެއް ދަސްވި ކަމަށެވެ. އެމެރީ މި ފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުން ވިޔަރެއާލަށް ފުރުސަތު ހޯދައިިދިނީ ސެމީގައި އާސެނަލް ކަޓުވާލުމަށް ފަހު އެވެ.

"ކުޅިވަރުގައި އެހާ ބޮޑަށް ބަދަލުހިފުމުގެ ރޫހެއް ނޯންނާނެ. އަހަރެން ފުޓްބޯޅައިގެ ކޮންމެ ނަތީޖާ އަކުން ވެސް ބަލަނީ ރަނގަޅު ފަޅިއަށް. ކޮންމެ ތަނެއްގައި ވެސް އަހަރެން ބަލަނީ ފުޓްބޯޅައިގެ ތަފާތު ކަންތައްތަކެއް ދަސްކުރަން. ތެދެއް. އާސެނަލް ގޮވައިގެން އަހަރެން ޔޫރޮޕާ ލީގު ފައިނަލުން ބަލިވީ. އެކަމަކު އެއީ ނާކާމިޔާބީ އަކަށް ވުރެ ބޮޑަށް މި ފައިނަލުން މޮޅުވާން ދަސްވި ކަމެއް ނޫނީ ހުޅުވުނު ދޮރެއް ކަމަށް ބަލަނީ،" އެމެރީ ބުންޏެވެ.

ކުރިން ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން އެމެރީ ބުނީ ހަގީގަތުގައި އާސެނަލުން ވަކިވެ، ވިޔަރެއާލްގެ ހުށަހެޅުން ލިބުމާ ހަމައަށް ހޭދަކުރި މުއްދަތުގައި ވަރަށް ރަނގަޅަށް އާ ޕްރޮޖެކްޓެއްގައި ކުރިއަށްދާން ތައްޔާރުވެވުނު ކަމަށެވެ.

އެމެރީ ބުނީ އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އަބަދުވެސް އޮންނާނީ ކުޅުންތެރިންނާ ގުޅިފައި ކަަމަށެެވެ. އެކަމަކު ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ އެކި މީހުންގެ އެހީތެރިކަން ވެސް ހަނދާން ކުރާ ކަމަށް އެމެރީ ބުންޏެވެ.

"އަހަރެންގެ ވިސްނުމަކީ އަބަދުވެސް އަހަރެންގެ ތަޖުރިބާގެ އެހީގައި މަސައްކަތް ކުރިއަށް ގެންދިއުން. ހަމައެކަނި ކޯޗަކަށް ފެންނަން މި ހުންނަނީ އަހަރެން. އެކަމަކު މި ޓީމުތައް ކާމިޔާބު ހޯދަން އަހަރެންނާ އެކު ގިނަ ބަޔަކު މަސައްކަތް ކުރޭ. އެ ގޮތަށް ވީ ސެވިއްޔާގައި. ޕީއެސްޖީގައި އަދި އާސެނަލްގައި. މިހާރު ވިޔަރެއާލްގައި ވެސް އެ ފަދަ ޓީމެއް އެބައޮތް،" އެމެރީ ބުންޏެވެ.

އެމެރީ އަކީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދި ހަަމައެކަނި ކޯޗެެވެ. އަދި އެމެރީ ވެފައިވަނި ޔޫރަޕްގެ ބޮޑު ހަތަރު މުބާރާތެއްގެ ތަށި ހޯދި ހަތަރު ވަނަ ކޯޗަށެވެ. މީގެ ކުރިން އެކަން ހާސިލްކުރީ ހޯސޭ މޮރީނިއޯ، ބޮބް ޕެއިސްލީ އަދި ޖިއޮވާނީ ޓްރައްޕަޓޯނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox