ނެޓުގެ މި ހެޔޮ އަގަކީ ޑިޖިޓަލް ރާއްޖޭގެ ފެށުން: މިނިސްޓަރު

މިއަދު އިންޓަނެޓަށް ގެނެވުނު ބަދަލުތައް މިނިސްޓަރު ޝައުނާ އިއުލާނުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

މިއަދު އިންޓަނެޓަށް ގެނެވުނު ބަދަލުތައް މިނިސްޓަރު ޝައުނާ އިއުލާނުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

މަސް ދެބައި ވާއިރު ނެޓު ހުސްވެ އެވެ؛

އޭގެ ފަހުން ދެން ލިބޭ ހިދުމަތުގެ ފެންވަރު ދަށްވެ, ކުޑަމިނުން ޖީމެއިލް ވެސް ހުޅުވައެއް ނުލެވެ އެވެ. ވައިބާއިން ފެމިލީ ގްރޫޕަށްލާ ފޮޓޯ ޑައުންލޯޑެއް ވެސް ނުކުރެވެ އެވެ. ގޫގްލް ކްލާސްރޫމް ބޭނުން ނުކުރެވެ އެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުން ހުރި އިންޓަނެޓުގެ ހިދުމަތާ ގުޅޭ ހައްތާ ވެސް ބޮޑެތި މައްސަލަތެކެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ހަގީގީ ދިރިއުޅުމުގެ ކޮންމެ ދުވަހަކު އެ ދަތިތައް ދިމާވެ އެވެ. އެކަމަކު އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސް ޖުލައި މަހުގެ އެކަކުން ފެށިގެން ރައްޔިތުންނަށް ފާހާގަކުރެވޭ މިންވަރަށް އިންޓަނެޓު އަގު ހެޔޮވާނެ ކަމަށް ވިދާޅުވި އެވެ.

"އިންޓަނެޓް ޕެކޭޖްތަކުގައި ހިމެނޭ ޑޭޓާ ހުސްވުމުން ތްރޮޓަލް ވުމަށް ވެސް ވަރަށް ރަނގަޅު ހައްލެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރަން ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި، އިންޓަނެޓަކީ އަސާސީ ހިދުމަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަކު އަނެކަކާ ދުރުގައި ތިބެންޖެހިފައިވާ މިފަދަ ދުވަސްވަރެއްގައި އިންޓަނެޓުގެ ބޭނުތެރިކަން އިހުނަށް ވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށެވެ. އަތްފޯރާ އަގެއްގައި އަދި އެކަށީގެންވާ ފެންވަރެއްގައި އިންޓަނެޓް ހިދުމަތް ރައްޔިތުންނަށް ޖުލައި މަހުން ފެށިގެން ލިބޭނެ ކަަމަށް ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގު މިއަދު ހެޔޮކުރީ އެ ވައުދު ފުއްދަން ގިނަ މަސައްކަތްތަކަަށް ފަހު އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދަކީ "ތާރީހީ ދުވަހެއް" ކަމަށެވެ.

"އިންޓަނެޓު ހިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތައް ގެނައުމަށް ކަމާ ބެހޭ އެކިއެކި ފަރާތްތަކާ އެކު މަޝްވަރާތަކެއް ކުރެވުނެ. މިގޮތުން އިންޓަނެޓް ހިދުމަތް ލިބިގަންނަ ދާއިރާގެ ތަޖުރިބާކާރުންނާ އެކު އެކި ފެންވަރުގައި މަޝްވަރާކުރި. ހަމަ އެއާއެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާ ވެސް މަޝްވަރާ ކުރި،" ޝައުނާ ވިދާޅުވި އެވެ.

އިންޓަ
އިންޓަ

އިންޓަނެޓު އަގު ހެޔޮ ކުރަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތު. -ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ މި މަޝްވަރާތަކުން ފާހަގަވީ ބައެއް ފަރާތްތަކަށް އިންޓަނެޓުގެ އަގަކީ އެންމެ ބޮޑު މައްސަލައަށް ވީއިރު، އަނެއްބައި ފަރާތްތަކަށް ބޮޑު މައްސަލައަކަށްވީ، ތްރޮޓުލް ވުމާއި ސްޕީޑް ނުލިބުން ފަދަ ހިދުމަތުގެ ފެންވަރާ ގުޅޭ ކަންކަން ކަމަށެވެ.

"ހާލަތު އެބަ އެނގޭ. މަހުގެ މެދާ ހަމައަށް ދާއިރު ނެޓު ހުސްވުން. އަދި އެއަށް ފަހު ދެން ލިބޭ ހިދުމަތުގެ ފެންވަރު ދަށްވެ, ކުޑަމިނުން ޖީމެއިލް ވެސް ހުޅުވާނުލެވުން،" މިނިސްޓަރު

"ކޮވިޑް ބަލި މުޅި ރާއްޖެއަށް ފެތުރި, ރަށު ބަންދާއި ގޭ ބަންދުވެފައި ތިބެން ޖެހުމާ އެކު މި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގަށް ހެޔޮ ބަދަލުތައް ގެންނާން މިއަށްވުރެ ވަކި މުނާސަބު ވަގުތެއް ނެތް."

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަށް ބަލައި ސަރުކާރުގެ އަމާޒަކަށްވީ އިންޓަނެޓުގެ ހިދުމަތަށް ޖުމްލަކޮށް ހެޔޮ ބަދަލެއް ގެނައުމެވެ. މިއަދު މި އާއްމުކުރި ބަދަލުތަކުގައި ގޭގެއަށް ދޭ އިންޓަނެޓް ހިދުމަތުގެ އަގުތައް ފާހަގަކުރެވޭ ވަރަށް ހެޔޮވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އަދި އިންޓަނެޓް ޕެކެޖްތަކުގައި ހިމެނޭ ޑޭޓާ ހުސްވުމުން ތްރޮޓުލް ވުމަށް ވެސް ވަރަށް ރަނގަޅު ހައްލެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އިންޓަނެޓް ހިދުމަތް އަޅުގަނޑުމެން ބޭނުންކުރަނީ ހަމައެކަނި ގޭގައި ތިބެގެނެއް ނޫން. ގެއިން ބޭރުގައި މޯބައިލް ފޯނުން ވެސް ނެޓަށް ވަންނަމު. ހަމައެހެންމެ ގޭގެއަށް އިންޓަނެޓް އަދި ނުލިބޭ ރަށްރަށުގައި ވެސް އިންޓަނެޓް ބޭނުންކުރަން ޖެހޭ. އެހެންކަމުން މޯބައިލް އިންޓަނެޓާއި މޯބައިލް ބްރޯޑްބޭންޑް ހިދުމަތްތައް ބޭނުންކުރައްވާ ފަރާތްތަކަށް ވެސް ނެޓު ހެޔޮކުރުމުގެ ތެރެއިން ލުއިތައް ލިބިގެންދާނެ."

ރާއްޖެ އުފެދިފައިވާ ގޮތުން ވެސް ޓެކްނޮލޮޖީއަށް ބަރޯސާނުވެ ތަރައްގީނުކުރެވޭނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ ރާއްޖެ އަރާ ހަމަކުރުމެވެ.

"އެއް އޮފީހުން އެއް ތައްގަނޑު ޖަހައިގެން އަނެއް އޮފީހުން އިނގިލީގެ ނިޝާން ޖަހައިގެން އަނެއް އޮފީހަށް އައިޑީކާޑުގެ ކޮޕީ ހުށަހަޅައިގެން ނޫނީ ހިދުމަތެއް ލިބޭ ވަރު ނުވޭ. ރައްޔިތުންގެ ވަރަށް ގިނަ ވަގުތު ހޭދަވަނީ މި ދެންނެވި ފަދަ ތަކުލީފްތައް ތަހައްމަލު ކުރުމުގައި،" މިނިސްޓަރު

ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެކަންކަން ހުއްޓުމަކަށް ގެނެސް ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ގޮތަކަށް މުޅި ސަރުކާރު ގުޅާލުން ކަމަށެވެ. އެގޮތުން ޑިޖިޓަލް އައިޑީގެ ހިދުމަތްތައް ދޭން ފަށައި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތަކާއި މާލޭގެ ޓާޝަރީ ހޮސްޕިޓަލްތައް ގުޅާލުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

މި ކަންކަން ނިމިގެން އަންނައިރު, މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލެއަށް ރައްޔިތުން ކުރަން ޖެހޭ ދަތުރުތައް މަދުވާނެ އެވެ. ކޮވިޑް ރޯގާގެ ދަތިތަކުން އަޅުގަނޑުމެންނަށް ދަސްވި އެންމެ ބޮޑު އެއް ކަމަކީ ގޭގައި ހުރެގެން ވެސް މަސައްކަތް ކުރެވޭނެ ކަން ކަމަށާއި ކައުންސިލަތަކަށް ރަށުގައި ތިބެގެން ވެސް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކާއެކު ބައްދަލުވެވޭނެ ކަމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަނެޓުގެ ހިދުމަތަށް ގެނެވުނު ހެޔޮބަދަލަކީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން ދީ އިންޓަނެޓް އަގުހެޔޮކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާކަމީ މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީ ސަރުކާރާއި އެކުގައި މަސައްކަތްކުރުންމަތީ ދެމިތިބ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

އެކަމަށްޓަކައި ދިރާގާއި އުރީދު އާއި އުރީދު އަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. މަސައްކަތް ވިލަރެސް ކުރުމުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެއްވި އެހީތެރިކަމާއި ޓެކް ކޮމިއުނިޓީއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox