ވަޓްސްއެޕުން އިންޑިއާ ސަރުކާރު ގޮވައިގެން ކޯޓަށް

އިންޑިއާގެ 400 މިލިއަން މީހުން ވަޓްސްއެޕް ބޭނުން ކުރޭ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ 400 މިލިއަން މީހުން ވަޓްސްއެޕް ބޭނުން ކުރޭ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ގަވާއިދަށް ގެނައި ބަދަލެއްގެ ދަށުން މީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރަން ޖެހޭތީ ވަޓްސްއެޕުން އިންޑިއާ ސަރުކާރު ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އިންޑިއާ ސަރުކާރުން ހެދި ގަވާއިދުގެ ދަށުން ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޕްލެޓްފޯމުތަކުގެ ކޮންޓެންޓު ރެގިއުލޭޓް ކުރާނެ ފިޔަވަޅުތަކެއް ކަނޑައަޅާފައި ވެ އެވެ. އެގޮތުން ޗެޓު ލޮގުތައް ޓްރޭސް ކުރެވޭނެ ގޮތް ހަދަން ވަޓްސްއެޕަށް މަޖުބޫރެވެ.

ވަޓްސްއެޕުން ބުނީ އެއީ އެ އެޕްލިކޭޝަނުން ފޮނުވާ ކޮންމެ މެސެޖެއްގެ އިނގިލީގެ ނިޝާން ރައްކާ ކުރުން ކަހަލަ ކަމެއް ކަމަށެވެ. ހަތަރު ސަތޭކަ މިލިއަން މީހުންނާ އެކު ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާ އެވެ.

ވަޓްސްއެޕުން ދިއްލީ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ ޗެޓެއްގެ އޮރިޖިން ނުވަތަ ފެށުނު ގޮތް ޓްރޭސް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

ޗެޓުތައް ފެށުނު ގޮތް ޓްރޭސް ކުރުމަކީ މީހުން ނުބުނާ އަދި ނުކުރާ ކަންކަމުގެ ތުހުމަތުގައި ދައުވާ އުފުލުމުގެ ފުރުސަތު ބޮޑު ވާނެ ކަމެއްގެ ގޮތުގައި ވަޓްސްއެޕުން ސިފަކުރެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އިއުލާނު ކުރި ގަވާއިދުގެ ދަށުން އިންޑިއާ ސަރުކާރުން ވަކި ކޮންޓެންޓެއް ނެގުމަށް އަންގާތާ 36 ގަޑިއިރު ތެރޭގައި އެގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ.

ފަސް މިލިއަނަށް ވުރެ ގިނަ އިންޑިއާ މީހުން އުޅޭ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކޮމްޕްލަޔަންސް އޮފިސަރަކާއި، ނޯޑަލް ކޮންޓެކްޓު އޮފިސަރަކާއި ރެޒިޑެންޓް ގްރީވެންސް އޮފިސަރެއް އައްޔަނު ކުރުން ވެސް މަޖުބޫރެވެ.

އޭގެ އިތުރުން ވަކި މެސެޖެއް ދައުރު ވާން ފެށި ގޮތް ހޯދަން ކޯޓުން ނުވަތަ ސަރުކާރުން އެދެފި ނަމަ އެކަން ކޮށްދޭން ވެސް މަޖުބޫރު ވާނެ އެވެ.

ޓްވިޓާ އާއި ފޭސްބުކް އަދި ވަޓްސްއެޕް ފަދަ ޕްލެޓްފޯމުތަކަށް އެ ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން ތިން މަސް ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox