ހަފްތާއެއް ތެރޭ އިންޑިއާއަށް ދެ ވަނަ ތޫފާން އަރައިފި

ހުޅަނގު ބެންގޯލްގައި ފެންބޮޑުވެފައި.-- ފޮޓޯ: ރޮއިޓާޒް

ހުޅަނގު ބެންގޯލްގައި ފެންބޮޑުވެފައި.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ހުޅަނގު އައްސޭރި ފަށަށް ބާރުގަދަ ތޫފާނެއް އެރިތާ މާ ގިނަ ދުވަސް ނުވަނީސް އިރުމަތީ އައްސޭރި ފަށަށް ވެސް ބާރުގަދަ ތޫފާނެއް އަރައިފި އެވެ.

ތޫފާން ޔާސްއަކީ މި ހަފްތާގައި އިންޑިއާއަށް އެރި ދެ ވަނަ ތޫފާނެވެ. އެ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މި ހަފްތާގެ ކުރީކޮޅު ތޫފާނު ޓައުކްޓޭ އިންޑިއާގެ ހުޅަނގު އައްސޭރި ފަށަށް އެރުމުން ލިބުނު ގެއްލުންތަކުގައި 150 މީހުން މަރުވި އެވެ. އެއީ 20 އަހަރު ތެރޭ އެ ހިސާބަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.

Advertisement

ތޫފާން ޔާސް އެންމެ ފުރަތަމަ އެރީ އޮރިއްސާ އަށެވެ. އެ ތަނުގައި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ބައެއް އިމާރާތްތަކަށް ގެއްލުންވެފައި ވެ އެވެ.

އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ އައްސޭރި ފަށުގައިވާ ބިންތިރި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން އުދަ އަރަމުން ދާތީ އެއްކޮށް ފެންބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން ވެސްޓް ބެންގޯލް އާއި އޮރިއްސާގެ ގިނަ އަވަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އެ ތަންތަނުގައި ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރަން ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތޫފާން ޔާސްގައި ގަޑިއަކު 140 ކިލޯމީޓަރު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ. ގަޑިއަކު 155 ކިލޯމީޓަރުގެ ވައި ޖެހުމަށް ފަހު ތޫފާނުގެ ބާރު ދަށް ވާން ފަށާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޮރިއްސާ އާއި ވެސްޓް ބެންގޯލް ސްޓޭޓުގެ އޮފިޝަލުން ބުނީ އައްސޭރި ފަށުގެ ހިސާބުތަކުގައި އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މިހާރު ވެސް އެތައް މިލިއަން ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި ވާއިރު، އެ މީހުން ބައިތިއްބަން 1،200 ވަގުތީ ހިޔާ ވަނީ ހަދާފަ އެވެ. އެ ތަންތަން ހެދީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު އެވެ.

ނަމަވެސް ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުން ފަދަ ކަންކަމަށް ހިޔާތަކުގައި މީހުން އަމަލު ނުކޮށްފި ނަމަ ބަލި ފެތުރިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

އޮރިއްސާ އާއި ވެސްޓް ބެންގޯލްގެ އިތުރުން އަންދްރަ ޕްރަދޭޝް އާއި ޖާރްހަންދް އަދި ޓަމިލް ނާޑޫއަށް ވެސް ތޫފާނުގެ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox