ކޮވިޑުގެ ރިލީޒް ޑޮކިއުމެންޓް ދޫކުރުން ހުއްޓާލައިފި

May 26, 2021, 10:40 AM
ކޮވިޑުގެ ފަރުވާދޭ ސިއްހީ ހިދުމަތްތެރިންތަކެއް: ކޮވިޑުގެ ރިލީޒް ޑޮކިއުމެންޓް ދޫކުރުން ވަނީ ހުއްޓާލާފައި. -- ފޮޓޯ/ އަދަދު

ކޮވިޑުގެ ފަރުވާދޭ ސިއްހީ ހިދުމަތްތެރިންތަކެއް: ކޮވިޑުގެ ރިލީޒް ޑޮކިއުމެންޓް ދޫކުރުން ވަނީ ހުއްޓާލާފައި. -- ފޮޓޯ/ އަދަދު

ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރާ މީހުން ބަލިން ރަނގަޅުވުމުން ރިލީޒް ޑޮކިއުމެންޓް ދިނުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ހުއްޓާލައިފި އެވެ.

އެޗްއީއޯސީން މިއަދު ބުނީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިއުމުގައި އެކަހެރިވާން ކަނޑައަޅާ މުއްދަތު ހިމެނޭނެ ކަމަށެވެ. އެ މީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނީ އެ ލިއުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

އެޗްއީއޯސީން ބުނިގޮތުގައި ޕޮޒިޓިވްވާ މީހުންގެ ބަލި ހާލަތާ ގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވާނެ އެވެ. މިގޮތުން، 14 ދުވަހުގެ މުއްދަތު ނިމޭއިރު ހުން އައުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަ ނަމަ އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެންދާނެ އެވެ.

އަދި ފަރުވާއަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއް ނަމަ އެކަހެރިކުރާ މުއްދަތު 14 ދުވަހަށް ވުރެން އިތުރުނުވާނެ ކަމަށާއި އެފަދަ މީހުން އެކަހެރިކުރެވޭ ޖުމްލަ މުއްދަތު ބަޔާންވާނި ޑޮކްޓަރުގެ އިރުޝާދުގެ މަތިން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ވަނީ ގޭގައި އެކަހެރިވެގެން ތިބޭ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ލަފަޔާ ފަރުވާހޯދަން އިލްތިމާސްކޮށްފަ އެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި ވަނީ ގޯސްވެފަ އެވެ. މި މަހު އެކަނި ވެސް 28،600 މީހުން ޕޮޒިޓިވްވެ 71 މީހަކު މަރުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox