މި ހާލަތުގައި އދ.ގެ އިންތިހާބު އިސްކުރައްވާތީ ޝާހިދަށް ފާޑުކިއުން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓި، ސިއްހީ ހިދުމަތްތެރިންނަށް ބާރުބޮޑުވުމުގެ އިތުރުން ވެކްސިނަށް ވެސް ޖެހި ބޭރުގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އިންތިހާބު އިސްކުރައްވައި އެމެރިކާގައި ހުންނެވުމުން އިދިކޮޅުގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

މި އިންތިހާބުގައި ޝާހިދާ ވާދަކުރައްވާނީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލެވެ.

Advertisement

ކޮވިޑުގެ ހާލަތުގައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދައުލަތުގެ އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޝާހިދުގެ އެ ކެމްޕޭނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މި އަހަރުގެ ބަޖެޓުގައި ހިމެނުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އަންނަ މަހު އިންތިހާބު އޮންނައިރު، ޝާހިދު އެމެރިކާގައި ހުންނަވާތާ މިހާރު މަސް ދުވަހަށް ވުރެ ގިނަ ވެއްޖެ އެވެ.

އެ ދަތުރުގައި ބޮޑެތި ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ހަރަދުވަމުންދާއިރު، އެ އިންތިހާބާ ގުޅުވައިގެން ޝާހިދަށް އަމާޒުވެފައިވާ ފާޑުކިޔުންތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ދެރަވަރު ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޝާހިދު މިވަގުތު އެންމެ ބޮޑަށް ކުރައްވަން ޖެހި ވަޑައިގަންނަވާނެ މަަސައްކަތަކީ ދުނިޔޭގެ ހުރިހާ ހިސާބަކުން އެހީތެރިކަން ހޯދަން ކުރައްވަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑަކަށް މިއަދު ގަބޫލެއް ނުކުރެވޭ ދިވެހިން ބޭނުންވާނެ ގޮތެއް ކަމަށް މިހާ ހާލުގައި ރާއްޖޭގެ ރައްޔިތުން ތިބިއިރު އދ. ގެ ގޮނޑިއެއް ހޯއްދެވުމަށްޓަކައި ރައްޔިތުންގެ ފައިސާ ހޭދަ ކޮށްގެން އަބްދުﷲ ޝާހިދު އެކޮޅުގައި ހުންނެވުމަކީ އަޅުގަނޑު ދެކޭގޮތުގައި އެއްގޮތަކަށް ވެސް ބޭނުންވާނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީޑިޔާއާ ބައްދަލުކުރައްވައި ކެބިނެޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ވަކިވަކި މިނިސްޓްރީތަކުގެ ނަންތައް ވިދާޅުވިއިރު، ފޮރިން މިނިސްޓްރީގެ ނަން ވިދާޅުނުވި ކަން ވެސް ޝަރީފްގެ ވާހަކައިގެ ތެރެއިން ފާހަގަކުރެއްވި އެވެ.

"ރައީސް ވަރަށް ބޮޑަށް އަސަރު ކުރައްވާފައި ހުންނެވުމުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ޝާހިދުގެ ނަން ވިދާޅުނުވީ" ޝަރީފް ވިދާޅުވި އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކޮންޓްރޯލެއް ނެތި ބަލިފެތުރެމުންދާއިރު މުޅި ސިއްހީ ނިޒާމަށް ވަނީ ބުރޫއަރައިފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވެސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިން ހޯދުމުގެ މަސައްކަތް ރަހުމަތްތެރި ގައުމުތަކާ ވާހަކަ ދައްކައިގެން ކުރެވެމުންދާ ކަމަށެވެ. އަދި ކޮވިޑު ވެކްސިން ހޯދަން ވެސް އެކި ގައުމުތަކުގައި އެދިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހުއްޓުމެއް ނެތި ޝާހިދު މަސައްކަތް ކުރައްވާ

އެ ހުރިހާ ކަމެއްގެ ފާޑުކިޔުން ފޮރިން މިނިސްޓަރަށް އަމާޒުވެފައިވާއިރު، ޝާހިދު އެމެރިކާ މަޑުކުރައްވަން ނިންމެވީ ކޮވިޑުގެ ހާލަތުގެ ސަބަބުން ރާއްޖެ ވަޑައިގެންފިނަމަ، އިންތިހާބަށް އަލުން އެކޮޅަށް ވަޑައިނުގެންނެވިދާނެތީކަން އެނގިފައިވެ އެވެ.

އެ ފާޑުކިޔުންތަކާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު "އަދަދު"އަށް ވިދާޅުވީ ޝާހިދު އެމެރިކާގެ ނިޔޯކުގައި ހުންނެވި ސަރުކާރުގެ ރަސްމީ މަސައްކަތެއްގައި ކަމަށެވެ.

އަދި އެކޮޅުގައި ހުންނެވި ނަމަވެސް، ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވައި މަސައްކަތްތައް ހުއްޓުމެއްނެތި ޝާހިދު ކުރައްވަމުން ގެންދަވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

"ކޮވިޑް-19ގެ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުން ހޯދަން ޖެހޭ އެހީތައް ހޯއްދެވުމާއި، ހާރިޖިއްޔާ ހިންގެވުމުގެ މަސައްކަތް މިނިސްޓަރު ޝާހިދު ގެންދަވަނީ ކުރައްވަމުން،" އޭނާ ވިދާޅުވި އެވެ.

އދ. އާންމު މަޖިލީހުގެ ރައީސުން އިންތިހާބު ކުރަނީ ރޮޓޭޝަނުގެ އުސޫލުންނެވެ. މިގޮތުން އިންތިހާބުކުރަނީ ކޮންމެ އަހަރަކުވެސް އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.

މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ.

މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފައި އެވެ.

އިންތިހާބުގެ ކުރިން ކެންޑިޑޭޓުން އެބޭފުޅުންގެ "ވިޝަން ސްޓޭޓްމަންޓް" ނުވަތަ ތަސައްވަރު އދ. ގެ އާންމު މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އަދި މެންބަރު ގައުމުތަކާއެކު ނުރަސްމީ ވާހަކަތައް ދައްކަވަންޖެހިވަޑައިގަންނަވަ އެވެ.

އދ. އާންމު މަޖިލީހުގައި މެންބަރު ހުރިހާ 193 ގައުމު ބައިވެރިވެ އެވެ. މި މަޖިލީހަކީ އދ. ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ކަނޑައަޅާ ފަރާތެވެ. އަދި މި މަޖިލީހުގައި މެންބަރު ހުރިހާ ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވެސް މަސައްކަތް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox