ކޮވިޑުގައި މަރުވާ ޓާޓާ ސްޓީލް މުވައްޒަފުންގެ އާއިލާތަކަށް މުސާރަ ދޭނެ

ޓާޓާ ސްޓީލް ފެކްޓްރީގެ ބޭރުގައި މުވައްޒަފަކު.-- ފޮޓޯ: ބިޒްނަސް ސްޓޭންޑަޑް

ޓާޓާ ސްޓީލް ފެކްޓްރީގެ ބޭރުގައި މުވައްޒަފަކު.-- ފޮޓޯ: ބިޒްނަސް ސްޓޭންޑަޑް

ކޮވިޑް ޖެހިގެން އިންޑިއާގައި މަރުވާ ޓާޓާ ސްޓީލް މުވައްޒަފުންގެ މުސާރަ އާއިލާތަކަށް ދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓާޓާ ސްޓީލުން ބުނީ މަރުވާ މުވައްޒަފަށް 60 އަހަރު ފުރޭނެ ދުވަހާ ހަމައަށް އެ މީހެއްގެ މުސާރަ އާއި ހައުސިން އަދި މެޑިކަލް އެލަވަންސްތައް ދެމުން ދާނެ ކަމަށެވެ.

އޭގެ އިތުރުން ބަލިމަޑުކަމުގެ ތެރޭގައި މަރުވާ ފްރަންޓްލައިން މަސައްކަތްތެރިންގެ ދަރިން ގްރެޖުއޭޓްވުމާ ހަމައަށް ތައުލީމީ ހަރަދުތައް ވެސް ބަލަހައްޓައިދޭން ޓާޓާ ސްޓީލުން ވަނީ ވައުދުވެފަ އެވެ.

ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން މިހާތަނަށް އިންޑިއާގައި 300،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކަ އެވެ. ނަމަވެސް އަސްލު އަދަދު އެއަށްވުރެ މަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޓާޓާ ސްޓީލްގެ އިތުރުން އިންޑިއާގެ އެހެން ބައެއް ބޮޑު ކުންފުނިތަކުން ވެސް ވަނީ ކޮވިޑުގައި މަރުވާ މުވައްޒަފުންގެ އާއިލާތަކަށް މާލީ ގޮތުން އެހީވާނެކަން އިއުލާނުކޮށްފަ އެވެ.

އެގޮތުން އޯޔޯ ރޫމްސް ހޮސްޕިޓެލިޓީ ގްރޫޕުން ބުނީ ކޮވިޑުގައި މަރުވާ މުވައްޒަފުންގެ މުސާރަ އަށް މަސް ވަންދެން އާއިލާއަށް ދޭނެ ކަމަށާއި އެމީހުންގެ ދަރިންގެ ތައުލީމީ ހަރަދު ފަސް އަހަރަށް ބަލަހައްޓައިދޭނެ ކަމަށެވެ.

ބިއްލޫރި އުފައްދާ ބޮރޮސިލް ކުންފުނިން ބުނީ އެ ތަނުގެ މުވައްޒަފަކު ކޮވިޑުގައި މަރުވެއްޖެ ނަމަ ދެ އަހަރު ވަންދެން އާއިލާއާ މުސާރަ ހަވާލުކުރަމުން ދާނެ ކަމަށެވެ.

އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅުގައި ސިއްހީ ނިޒާމު ހުއްޓުމަކަށް އައިސްފައި ވާއިރު އިގްތިސާދީ ގޮތުން ވެސް ބޮޑު ލޮޅުންތަކެއް ވަނީ އަރާފަ އެވެ.

އެ ގައުމުގައި މިހާތަނަށް 26 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވެ އެވެ. މި ވަގުތު ދުނިޔޭގައި ކޮވިޑުގެ އެޕިސެންޓަރު ނުވަތަ އެންމެ ހާލަތު ގޯސް ތަނަކީ އިންޑިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox