ޔޯގާ ގުރޫގެ ވާހަކަތަކާ މެދު ޑޮކްޓަރުން ހިތްހަމަނުޖެހިއްޖެ

އިންޑިއާގެ ޔޯގާ ގުރޫ ބާބާ ރާމްދޭވް.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ޔޯގާ ގުރޫ ބާބާ ރާމްދޭވް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ޒަމާނީ ބޭސްވެރިކަމަށް ފާޑުކިޔައި ގިނަ ވާހަކަތަކެއް ދެއްކި އިންޑިއާގެ ޔޯގާ ގުރޫ ބާބާ ރާމްދޭވްއާ މެދު ޑޮކްޓަރުން ހިތްހަމަނުޖެހިއްޖެ އެވެ.

ޔޯގާ ޕްރޮމޯޓް ކުރުމަށް އުޅޭ ރާމްދޭވް ދާދި ފަހުން ބުނެފައިވަނީ ކޮވިޑުގެ އެތައް ހާސް ބަޔަކު މަރުވީ ޒަމާނީ ބޭސްވެރިކަމަށް ފަހު ކަމަށެވެ. އަދި ކޮވިޑް ބަލި މީހުންނަށް އޮކްސިޖަން ސިލިންޑަރު ހޯދަން އުޅޭތީ ވެސް މަލާމާތް ކުރި އެވެ.

އެ ވާހަކަތަކާ ގުޅިގެން އިންޑިއާގެ ހެލްތު މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވުމުން އެ ވާހަކަތައް އަނބުރާ ގެންދާ ކަމަށް ރާމްދޭވް ބުންޏެވެ.

ނަމަވެސް އަނެއްކާވެސް މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ޒަމާނީ ބޭސްވެރިކަމުން ބައެއް ބަލިތަކަށް ފަރުވާއެއް ހޯދިފައި ނުވާތީ ހަޖޫ ޖަހާފަ އެވެ.

އިންޑިއާގެ ސިއްހީ ނިޒާމުގައި އެންމެ ސަމާލުކަމެއް ދެނީ ޒަމާނީ ބޭސްވެރިކަމަށް ނަމަވެސް، އަޔުރްވެދާ އާއި ހޯމިއޮތެރަޕީ ފަދަ ފަރުވާތައް ވެސް ވަރަށް މަގްބޫލެވެ.

އެފަދަ ފަރުވާތައް ޕްރޮމޯޓްކޮށްގެން ރާމްދޭވް ފަދަ ގިނަ ބަޔަކު އަންނަނީ ބޮޑެތި ވިޔަފާރިތައް ހިންގަމުންނެވެ. ފަރުވާގެ ހިދުމަތުގެ އިތުރުން އެކި ބާވަތުގެ ފަތްޕިލާވެލިން ހަދާފައިވާ ބޭސް ވެސް އެ ވިޔަފާރިތަކުން ވިއްކަ އެވެ.

ހެލްތު މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އޮފް އަޔުރްވެދާ، ޔޯގާ އެންޑް ނެޓުރޮޕަތީ، އުނަނީ، ސިއްދާ އަދި ހޯމިއޮޕަތީ އެއް ވެސް އިންޑިއާގައި ހުރެ އެވެ. އެއީ އިންޑިއާގެ ސަގާފީ ބޭސްވެރިކަން ކުރިއަރުވާ މިނިސްޓްރީ އެވެ.

ރާމްދޭވް ފަދަ މަގްބޫލް މީހަކު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ޒަމާނީ ބޭސްވެރިކަމަށް ފާޑުކިޔުމުން އިންޑިއަން މެޑިކަލް އެސޯއިއޭޝަން (އައިއެމްއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެއީ އެތައް މިލިއަން ބަޔަކު ސަޕޯޓް ކުރާ ރާމްދޭވްގެ ފަރާތުން ފެނުނު ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ސިފަކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox