ތޮއްޖެހިގެން ދެ ހަފުތާގެ ސާމާނު ޖަމާކޮށްފި!

އެސްޓީއޯ ސުޕާމާޓު ތެރޭގައި ފައިސާ ދައްކަން ބަޔަކު ކިޔޫ ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެސްޓީއޯ ސުޕާމާޓު ތެރޭގައި ފައިސާ ދައްކަން ބަޔަކު ކިޔޫ ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"ކަރަންޓު މީޓަރަކަށް މި ލިބެނީ އެންމެ ދެ ފާސް. ދެން ގޭގައި ބައިވަރު މީހުން އުޅޭއިރު އެ ފާސް ޝެއާ ކޮށްގެން ނުކުމެ ބާޒާރުކުރަން ވަރަށް އުނދަގޫވާނެ. އެހެންވެ ގެއަށް ބޭނުންވާ ސާމާނު ކޮޅެއް ގަނެލަން އައިސް މިހުރީ،" މިފްކޯ މަސް ފިހާރަ ދިގު ކިޔޫގައި ހުރި މީހަކު ބުންޏެވެ.

މިއަދު މެންދުރުން ފެށިގެން މަގުތަކުގައި ތޮއްޖެހުނީ އެހެން މީހުންނެކޭ އެއްގޮތަށް ދެ ހަފުތާގެ ގޭބަންދުގެ ސާމާނު ޖަމާކުރާށެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން މާދަމާ އިން ފެށިގެން މާލެ ތެރޭގައި އަނެއްކާ ފިޔަވަޅުތައް ވަރުގަދަކުރަނީ އެވެ.

ކުރިން ވެސް މިފަދަ ބަންދެއް ތަޖުރިބާކުރަން ޖެހުނެވެ؛ މިއަދު މާލެ ތެރެއިން އިއާދަވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މެންދުރުން އަނބުރަން ދިޔައިރު ފެނުނު މަންޒަރެވެ.

އެކަން ތަކުރާރުވިޔަ ނުދޭން، ކާފިއު ގަޑީގެ ރަނގަބީލު ޖެހި، ފުލުހުންނާއި ސިފައިން ފޯރި މަރަން ނުކުތުމުގެ ކުރިން އެހެން މީހުންނެކޭ އެއްގޮތަށް ގެއަށް ސާމާނު ވައްދަން ހުރިހާ ފިހާރަތަކެއްގައި ގިނަ ބަޔަކު ތޮއްޖެހުނީ އެވެ.

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާދަމާ މުޅި މާލެ ސަރަހައްދު އަނެއްކާވެސް ޒާތެއްގެ ލޮކްޑައުނަކަށް ދާތީ އެވެ.
ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާދަމާ މުޅި މާލެ ސަރަހައްދު އަނެއްކާވެސް ޒާތެއްގެ ލޮކްޑައުނަކަށް ދާތީ އެވެ.

އެސްޓީއޯ ސުޕާމާޓުން މީހަކު ބާޒާރުކޮށްގެން ނުކުންނައިރު، ގިނަ ބަޔަކު ނުވަދެވި ކިޔޫ ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސުޕަމާކެޓެއްތޯ މާޓެއްތޯ ނޫނީ ކަންމަތީ ފިހާރައެއްތޯ އެއް ނުބަލަ އެވެ. ކޮސްމެޓިކްސް އާއި ތަރުކާރީ ވިއްކާ ފިހާރަތައް ވެސް ހަމަ އެއް ހާލެއްގަ އެވެ. ބޭސް ފިހާރަތައް އަދި ވަކިން ބާރުބޮޑެވެ.

މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ގެއަށް ބޭނުންވާހެން ހީވާ ކޮންމެ އެއްޗެއް ވަށިގަނޑަށް އަޅާލަނީ އެވެ. އެ މީހަކާއި އެ މީހެކެވެ. ފިހާރަކައަށް ވަދެވޭ މީހުންގެ އަދަދު ކަނޑައަޅައި ދޮރުގައި ތަތްކޮށްފައިވާ ސްޓިކާއެއް ވެސް މިއަދަކު ނުފެނެ އެވެ.

ބަލާކަށް ބޭނުންމެއް ވެސް ނުވެ އެވެ. އަތު ޖެހުނު އެއްޗެއް ގަނެގެން، އަތް ފުރާ ކޮތަޅު ހިފައިގެން މީހުން ކޮޅު ކޮޅަށް ދުވަނީ އެވެ. ފެން ކޭސްތަކާއި ބަސްތާތައް ކޮނޑުއަޅައިގެން ދާ ތަނެވެ. ފިހާރަތަކުގެ އިތުރުން މަގުތައް ވެސް ފުނިޖެހި ބަރުގޮނުގެ އަޑުން މުޅި މާލެ އޮތީ ގުގުމާލައިފަ އެވެ.

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާދަމާ މުޅި މާލެ ސަރަހައްދުގެ ފިޔަވަޅުތައް ދެ ހަފުތާއަށް ހަރުކަށި ކުރާތީ އެވެ.

ggg
ggg

މިއަދުގެ މެންދުރުފަހު މާޖީދީ މަގު ތޮއްޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އެހާ ފޯރި ނަގާފައި، އަރުވާ ޖަހައިގެން މީހުން ނުކުތް އިރު ގިނަ ފިހާރަތުން ޑެލިވަރީކޮށްދެ އެވެ. އެކަމަށް ހުރަހެއް ވެސް ނެތެވެ. އެކަމަކު މީހުން އުޅުނު ގޮތުން ހީވީ މާލޭގައި ދުވަހަކު ވެސް ޑެލިވަރީ ނުކޮށްދޭ ހެންނެވެ.

"ގޭގަ އެބަތިބި ކުޑަ ދެ ކުދިން. އެ ކުދިންނަށް ބޭނުންވަނީ ވަކި ކަހަލަ އެއްޗެހިތަކެއް. އެކި ފިހާރަތަކުން ލިބެން ހުންނަ އެއްޗެހި އެއީ،" މަޖީދީމަގުގައި ހުންނަ އެމްއެޗްއޭ ފިހާރައަށް ވަންނަން ކިޔޫގައި ހުރި މީހަކު ބުންޏެވެ.

އެއީ އޭނާ މިއަދު ވަން ހަތަރު ވަނަ ފިހާރަ އެވެ. އެޗްއެޗްއޭ ދޮށުގައި އެ ތަނަށް ވަންނަ ކެތްމަދުވެފައި ހުރި އިރު އޭނާގެ އަތުގައި ބޮޑު ދެ ކޮތަޅު ފުރާ ސާމާނު އޮތެވެ.

މިއަދު މާލެ ތެރެއިން އިއާދަވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މެންދުރުން އަނބުރަން ދިޔައިރު ފެނުނު މަންޒަރެވެ.

މިފަހަރު ލޮކްޑައުން އޭ ނުކިޔަސް ކުރީގެ މާޒީ އިއާދަވާން ގިނަ ބަޔަކު ބޭނުންނުވީ އެވެ. ގޭގައި ގުދަން ކުރަން ތަކެތި ނުގަންނަން ސަރުކާރުގެ ބަސް އަހައިގެން ލިބުނު ލަނޑު ތަކުރާރުވެދާނެ ކަމުގެ ބިރަށެވެ.

އެއީ ފިހާރައަކުން ނުކުތް އެހެން މީހަކު ބުނި ވާހަކަ އެވެ.

"ކުރީ ލޮކްޑައުންގަ އެއްޗެއް ނުގަނެ ހުރީ ސަރުކާރުން އެހެން އެދުނީމަ. އެކަމަކު އޭރު ޑެލިވަރީއެއް ނުކޮށްދެވުނު. ގޭގެ ހުރިހާ އެއްޗެއް ހުސްވީ. މިފަހަރު އެ ރިސްކެއް ނުނެގޭނެ،" އެ މީހާ ބުންޏެވެ.

އޭނާ ހިއްސާކުރީ މިއަދު ހަވީރު 4:00 ގެ ކުރިން ނުކުންނަން ދިމާކުރި އެންމެންގެ ވިސްނުމަށް ވުން ގާތެވެ.

މި ބަލިމަޑުކަމުން އަރައިނުގަނެވި އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން މާލެ އަނެއްކާވެސް މި ދަނީ ބަންދަކަށެވެ.

މމމ
މމމ

އެސްޓީއޯ ސުޕާމާޓުގެ ތެރޭގައި ތަކެތި ގަތުމަށްފަހު ފައިސާ ދައްކަން ކިޔޫ ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރުން ބުނަނީ މާދަމާއިން ފެށިގެން ކުރަނީ ލޮކްޑައުނެއް ނޫން ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި މިއަދު މެންދުރު ފަހު ފެނުނު މަންޒަރުތައް ވަރުން އަޅުވާއިރު، ލޮކްޑައުނަކާ ވަރަށް ވައްތަރެވެ. ގިނަ މީހުން ގަބޫލުކުރަނީ ވެސް އެހެންނެވެ.

ކުރީ ފަހަރު މާލޭ ސަރަހައްދުގެ މުޅި ސަޕްލައި ނިޒާމަށް ބުރޫއަރައި، ކާބޯތަކެއްޗާއި ބޭހަށް ޖެހުނު ހިތި ތަޖުރިބާ ކުރަން އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ.

އެކަން އެގޮތަށް ނުވާނެ ކަމަށް މިއަދު މަގުތަކަށް ނުކުތް ގިނަ މީހުން ގަބޫލުނުކުރިޔަސް، އެންމެންގެ ވެސް އުއްމީދަކަށްވާނީ އެ ނިކަމެތި ހާލަތު މިފަހަރު ތަކުރާރުނުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox